ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗު އެއްވަރުވެއްޖެ.

އޭއެފްސީ ކަޕް ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ ކްލަބް ވެލެންސިއާ އާއި އިންޑިއާގެ މޯހަން ބަގާން މިއަދު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު މޯހަން ބަގާއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ.

މެޗުގެ ލީޑުނެގި މި ލަނޑު މެޗުގެ ހަވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ފޯވާޑް ޑެރީލް ޑަފީއެވެ.

މި ނަތީޖާއާއ ެކު މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން ވެލެންސިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

ވެލެންސިއާގެ ޕްރިންސްއަށް ލިބުނު މި ފުރުސަތު ވަނީ ގޯލާއި އަމާޒުކުރެވޭ ގޮތް ނުވެފައެވެ.

ފުރަތަމަ ހާފް މޯހަން ބަގާން ލީޑުގައި އޮވެ ނިމުނުނަމަވެސް ދެވަނަ ހާފަށް ކުޅެން ނިކުމެ ވެލެންސިއާއިން ވަނީ މެޗުގެ ނަތީޖާ ނެރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ ނަތީޖާ ވެލެންސިއާއިން އެއްވަރުކުރީ މެޗުގެ 71 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ވެސްޓްއެވެ.

މި ލަނޑަށް ފަހުވެސް ވެލެންސިއާއަށް ވަނީ މެޗުގެ ލީޑުނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ވެސްޓްއަށް ލިބުނު މި ފުރުސަތު ވަނީ  ބޭކާރުވެފައެވެ.

މި ދެ ޓީމު އިންޑިއާގައި ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.