ޕަޕުއާ ނިއުގިނީ އާާއި ސޮލޮމޮން އައިލެންޑަށް ސުނާމީގެ އިންޒާރުދީފި.

ޕެސިފިކް ކަނޑުގެ އަޑިއަށް މީގެ ކުޑައިރުކޮޅެއް ކުރިން އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ޕަޕުއާ ނިއުގިނީއާއި ސޮލޮމޮން އައިލެންޑްސްއަށް ސުނާމީއެއް އަރައިފާނެކަމުގެ އިންޒާރުދީފި ދާދި ދެންމެއަކު ދީފިއެވެ.

ރެކްޓާ މިންގަޑުން 7.9 ގެ ބާރުމިނުގައި އައި މި ބެންހެލުން އައިސްފައިވަނީ ޕަޕުއާ ނިއުގިނީގެ ބޯގެއިންވިލީ ނަމަކަށް ކިޔާ ޖަޒީރާގައިވާ އަރަވާ ނަމަކަށް ކިޔާ ސަރަހައްދުގެ ހުޅަނގުން 47 ކިލޯމީޓަރު ދުރަށެވެ.

އިޝްތިހާރު Below Header ad

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ހާމަކުރިގޮތުގައި ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު ( ޕީޓީޑަބްލިއުސީ) އިން ނެރުނު އިރުޝާދުގައި ބުނެފައި ވަނީ ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ޕަޕުއާނިއުގިނީއާއި ސޮލޮމޮން އައިލެންޑްސްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެފަރާތުން ހަމަކުރި ގޮތުގައި މި ސަރަހައްދަށް އަރާ ސުނާމީގެ ރާޅުތައް ހުންނާނީ އެއްމީޓަރާއި 0.3 މީޓަރާ ދެމެދުގެ އުސްމިނެއްގައި ކަމަށް އެސެންޓަރުން ލަފާކުރެ އެވެ. ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެއްވެސް މައުލޫމާތެއް އަދި ލިބުިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.