” ޖޭމު ” ސިއްޚީ އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާއެއް !

0237

 

އިޝްތިހާރު Below Header ad

ޖޭމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ގިނައަދަދަކަށް ހެދޭ މޭވާގެ ބާވަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މަދުން ނަމަވެސް ކެއުމަށް ބޭނުންކުރާ މޭވާ އެކެވެ. މިއީ ވަނދުކޮށް ހުންނައިރު ފެހިކުލައިގައި ހުންނަ ދޮންވުމުން ރަތްކުލަ އަށް ހުންނަ މޭވާ އެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފަނި ގިރައިންނާއި، ސަރުބަތު ތައްޔާރުކޮށްގެން، އަދި ޖޭމު ހަދައިގެންނާއި އެހެނިހެން ފޮނި ކާތަކެތި ތައްޔާރުކޮށްގެން ވެސް ޖޭމު ބޭނުންކުރެއެވެ. ޖޭމަކީ ސިއްޚީ އެތަކެއް ފައިދާ ތަކެއް އޭގައި އެކުލެވޭ މޭވާއެކެވެ.

ޖޭމުން ލިބޭ ޞިއްޙީ ބައެއް ފައިދާތައް ·

ޖޭމަކީ ބަނޑުގައި އުފެދޭ ތަދު ނުވަތަ ރިހުން ލުއިކޮށް ކުޑަކޮށްދޭ އެއްޗެކެވެ. އެއީ ތަނދުކެނޑުވުމުގެ ބާރު ޖޭމުގައި އެކުލެވޭތީ އެވެ.

ޖޭމަކީ ހިކިވެ، ކުރަކިވެފައިވާ، ހަންގަނޑު އޮމާންކޮށްދޭ، އެއްޗެކެވެ. ·

ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުރެއެވެ.

ޖޭމުގައި ހަށިގަނޑަށް ފްލޭވޮނޮއިޑް ފަދަ އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. ފްލޭވޮނޮއިޑް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެންޓިއޮކްސިޑެންޓެކެވެ.

ޖޭމުގައި ހަކުރުގެ ބާވަތެއް ކަމުގައިވާ ފުރަކްޓޯސް ހުރުމަކީ އެ ބޭނުންކުރުމުން ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ.

ކުރީ ޒަމާނުގައި ކާބަފައިން ޖޭމު މަލުގެ ދިޔަ ބަނޑުގެ ރިހުން ލުއިކުރުމަށް ބޭނުންކޮށްފައި ވެއެވެ.

ޖޭމު މަލުގެ ދިޔަ ހަންގަޑު އޮމާންކޮށް މަޑުކުރުމަށް ވެސް ބޭނުންކޮށްފައި ވެއެވެ.

ޖޭމު މާ ޖަރާސީމް މަރައި ނައްތާލާ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ.

ބޮލުގައި ރިހުމާއި، އަރިދަފުސް ރޯގާ ގެ އުދަގޫ ކުޑަކުރުމަށް ބޭނުންކޮށްފައި ވެއެވެ.

އިންޑޮނޭޝިޔާގައި ޔޫރިކް އެސިޑް މަތިވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފަރުވާ ކުރުމަށް ޖޭމު ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން ޖޭމަކީ ހަށިގަނޑުން ޔޫރިކް އެސިޑް ދަށްކޮށްދީފާނެ އެއްޗެއްކަމަށް ބެލެވެއެވެ.

ދިރާސާތަކުން ވެސްދައްކާ ގޮތުން ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ޖޭމުގައި ނުވަތަ އޭގެ ފަތުގައިހުރެއެވެ.

އަދި ފަހަރުގައި މާ ބާރުގަދަ އެންޓިބަޔޮޓިކް ހަރަކާތްތައް އެކުލެވިފައި ހުރެދާނެ ކަމަށް އިތުރަށް މިދިރާސާތަކުގައި ލަފާދީފައި ވެއެވެ.        ހުމާއި ތަދުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ޖޭމު ފަތުގައި ތަދުތަކާއި ދެކޮޅަށް  މަސައްކަތްކުރުމުގެ ބާރު އަދި ހުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. މިއީ ޕެރޫގައި ގަދީމީ ބޭސްވެރިކަމުގައި ތަދާއި، ހުމާއި ދެކޮޅަށް ޖޭމު ފަތް ބޭނުންކޮށްފައިވާ ކުރުމަށް. އިތުރު ބާރެއް ފޯރުކޮށްދިން ދިރާސާ އެކެވެ.

މީގެއިތުރުން ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ފްލޭވޮނޮއިޑްތައް ޖޭމުގަހުގެ މުލުން ސައިންސްވެރިން ހޯދާފައި ވެއެވެ. އެގޮތުން ތަފާތު 12 ފްލޭވޮނޮއިޑް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި 7 ވައްތަރުގެ ފްލޭވެން އަދި 3 ވައްތަރުގެ ފްލޭވޯންސް އަދި 2 ވައްތަރުގެ ބައިފްލޭވެން ހިމެނެއެވެ. މީގެ އިތުރުން ޖޭމު ފަތުން ވެސް ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ފްލޭވޮނޮއިޑްތައް ފެނިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ފްލޭވޮނޮއިޑް އަކީ ” ގެލެންގިން -3-7 – ޑައިމީތައިލް އީތަރ” އެވެ.

މީގެއިތުރުން ޖޭމު ފަތުގެ ދިޔަ ބޭނުންކުރުމުން “އައިސޯޕްރިޓިރިނޯލް” ގެ ސަބަބުން ޖެހޭ ހާރޓް އެޓޭކް ކުރިމަތިވުމުން ރައްކާތެރިވެވިދާނެ ކަމަށް، ދިރާސާތަކުންވަނީ އެނގިފައެވެ. މިގޮތުން ހާރޓް އެޓޭކް ޖެހުމުން ރައްކާތެރިވެވޭނީ އައިސޯޕްރިޓިރިނޯލް ބޭނުންކުރުމުގެ ކުރިން ޖޭމުގެ ފަތުގެ ދިޔަ ބޭނުންކޮށްގެން ފަރުވާ ލިބިގަނެފިނަމަ އެވެ. މިގޮތަށް ޖޭމުފަތު ދިޔަ ބޭނުންކުރުމުން ހިތުގެ މަސްގަނޑު މެޔޯކާރޑިއަމް ގެއްލުންވުން ކުޑަވެ، މެޔޯކާރޑިއަމް އިން ކާރޑިއެކް އެންޒައިމްތައް ލީކުވެ ބޭރުވާ ނިސްބަތް ދަށްކުރެއެވެ.

މީގެއިތުރުންވެސް ޖޭމަކީ އެތަކެއް ގިނަ ބޭނުންތަކެއް ކުރެވޭ ބާވަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.