ޓީސީ ދޫކޮށް އިތުރު ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނިޒާމްބެގެ ނެއް.

ޓީސީ ސްޕޯޓްސް ކްލަބުގެ ކާމިޔާބު އަދި ތަޖުރިބާކާރު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) އޭނާގެ މިހާރުގެ ކުލަބު ޓީސީ ދޫކޮށް އިތުރު ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނެއްކަމަށް އޭނާ ބުނެފިއެވެ.

ނިޒާމްބެ މިހެން ބުނެފައިވަނީ އޭނާ ޓީސީއާ އެކު އެ ކްލަބާއެކީ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށްފަހުގައެވެ.

އިޝްތިހާރު Below Header ad

“އަހަރެން މިހާރުގެ ކުލަބު ދޫކޮށް އިތުރު ޓީމަކާއި ގުޅުމުގެ ވިސްނުމެއް އަދި ނުގެންގުޅެން. އަހަރެން ބޭނުމީ މި ކުލަބާއި އެކު ކުރިޔަށްދާން.  ޓީސީއާ އެކު އަހަރެންނަށް ކުރިޔަށްދެވޭނެ. ކުރިމަގު އެބައޮތް” ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ޓީސީގެ ކޮންޓްރެކްޓް އާކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅެ، ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ޓީސީން ވަނީ ހޯދާފައެވެ. އަދި އެޓީމު ވަނީ ދެ މުބާރާތެއްގެ ފައިނަލުގައި ވެސް ކުޅެފަވެއެވެ.

ޓީސީގެ ކޮންޓްރެކްޓް ނިޒާމްބެ އާކުރިއިރު އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ވަނީ އެޓީމު ދޫކޮށް އެހެން ޓީމުތަކާއި ގުޅިފައެވެ. އޭގެތެރޭގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ ނިއުރޭޑިއެންޓާ ގުޅިފައެވެ.

ނިޒާމްބެ ބުނިގޮތުން ޓީސީ އަންނަ ފުޓްބޯޅަ ސީޒަނުގައިވެސް ކާމިޔާބީއާއި ހަމައަށް ވާސިލްވާނެއެވެ.

ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށްވެސް ނިޒާމްބެ ވަބނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.