ކަށިކެޔޮ ، ސިއްޚީގޮތުން އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާގެ ބާވަތެއް !

ކަށިކެޔޮ އަކީ ރާއްޖޭގައި ވަރަށް އާންމު ބާވަތެކެވެ. ކުރީ ޒަމާނުގައި ވަރަށް ގިނައިން ބޭނުންކޮށް އުޅުނު މަސްހޫރު ބާވަތެކެވެ. ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ.

ކަށިކެޔޮ ގެ ދެބާވަތެއް ރާއްޖޭން ލިބެން ހުރެއެވެ. ދިވެހިން ކިޔާއުޅެނީ ކުދި ކަށިކެޔޮ އަދި ބޮޑު ކަށިކެޔޮލެވެ. އޭގެ ތެރެއިން ކުދި ކަށިކޭލަކީ އާންމުކޮށް ބޭނުންކޮށް އުޅޭ ބާވަތެއް ނޫނެވެ. އެހެން ނަމަވެސް ބޮޑެތިކޮށް ހުންނަ ކަށިކެޔިލަކީ އާންމުކޮށް ބޭނުންކޮށް އުޅޭ ބާވަތެކެވެ.

އިޝްތިހާރު Below Header ad

ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައްހުންނައިރު މި މޭވާ ދިވެހިން އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ.

ކަށިކެޔޮލަކީ ސިއްޚީގޮތުންވެސް އެތަކެއް ފޗައިދާތަކެއް ލިބިދޭ މޭވާގެ ބާވަތެކެވެ. އެގޮތުން ކަށިކެޔޮލުން ލިބޭ ބައެއް ސިއްޚީ ފައިދާތަކަށް ބަލާއިރު :

ކަށިކޭލުން ލިބޭ ޞިއްޙީ ފައިދާތައް

• އެންޓި އޮކްސިޑެންޓްގެ ބާރު : އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

މީގެ އިތުރުން ކަށިކެޔޮ ފަތަކީވެސް އޭގައި ކާބޯހައިޑްރޭޓް، އެލްކަލޮއިޑްސް، ސްޓީރޮއިޑްސް، ސްޓީރޯލްސް، ފީނޯލްސް، ޕްރޮޓީންސް، އަދި ގްލައިކޯސައިޑްސް ފަދަ މާއްދާތައް ހިމެނެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

• އިތުރު ފައިދާތަކަށް ބަލާއިރު ކަށިކެޔޮލަކީ ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑުގައި އަށަގެންނެވުމުގެ އިތުރުން ބެކްޓީރިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް ގަދަކޮށްދޭ އެއްޗެކެވެ.

މީގެ އިތުރުން  އެލާރޖީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި ޕްލޭޓްލެޓްތައް ޖަމާވެ ގަނޑުލޭކޮޅެއް އުފެދުމާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރާއި ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ އިތުރުން އެންޓި އޮކްސިޑެންޓްގެ ހަރަކާތްތައްވެސް އިތުރުކޮށްދެއެވެ.

އެހެން ބައެއް ފައިދާތަކަށް ބަލާއިރު ޖުޒާމު ބަލި، ކަށިވިދުރި ، ފާރުގަނޑު ފަސޭހަވުމަށް އެހީތެރި ވެދިނުމުގެ އިތުރުން ހުންތިރިކުރުމަށް އެހީތެރި ވެދިނުމުގެ އިތުރުން ހަމުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެއެވެ. އަދި މީގެއިތުރުން ކަންފަތުގައި ރިހުން ކުޑަކޮށްދިނުމާއި ބަނޑުގައި ރިހުން އަދި މޭގައި ރިހުން ފަސޭހަކޮށްދެއެވެ. އަދި މީގެއިތުރުން ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރެއެވެ.

 

މީގެ އިތުރުން ކަށިކޭލަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޖުޒާމު ބަލިފަދަ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެއްޗެކެވެ.

އަދި ކަށިކޭލު ފެން ރާއްޖެ ބަލީގެ އުދަނގޫ ހުންނަ މީހުންނަށް ދީވެސް ހަދައެވެ. އަދި މީގެއިތުރުން ކަށިކެޔޮ ބޭނުންކުރުމަކީ ހަކުރު ބަލިޖެހުމުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.