އިންތިހާބު ފަސްކުރި ހުކުމުގައި ވާ ބައެއް ކަންކަން ސާފުކުރަން އީސީ ހައިކޯޓަށް މައްސަ ވައްދައިފި.

އަންނަ އަހަރު ޖެނުއަރީ މަހު ބާއްވަން ކުރިން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ބައެއް ކަންކަން ސާފުނުވާކަމަށް ބުނެ އެކަންކަން ސާފުކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހައިކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

އީސީ އިން ހައިކޯޓަށް މިއަދު ވެއްދި މައްސަލައަކީ ސިވިލް ކޯޓުގެ ހުކުމުގައިވާ ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުނުވާކަމަށް ބުނެ އެކަން ސާފުކުރުމަށް އިލެކްޝަނުން ކޯޓަށް ހުށައެޅި މައްސަލައެކެވެ.

އިޝްތިހާރު Below Header ad

އިލެކްޝަން ކޮމިޝަނުން ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މީގެ ކުރިން ހުށައެޅުމަށްފަހު އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން ކައުންސިލް އިންތިހާބަށް ތައްޔާރުނުވެވުމުން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކުރީ އިންތިހާބު ދެ މަހަށް ފަސްކުރުމަށެވެ.

ދެމަހަށް ލޯކަލް އިންތިޚާބު ފަސްކޮށްފައިވަނީ ޕީޕީއެމްއަށް ދިމާވެފައިވަނީ ޟަރޫރީ ހާލަތެއްކަމަށް ބުނެ އެކަމުގެ ސަބަބުން އެޕާޓީއަށް ބޮޑެތި ގެއްލުންތަކެއްވާނެތީ ކަމަށް އީސީން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

އީސީން ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ގެއްލުންތަކަކީ ކޮބައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކައުންސިލް އިންތިޚާބު ލަސްކުރިނަމަވެސް އީސީން ދަނީ ލޯކަލް ކައުންސިލް އިންތިހާބަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.

ކައުންސިލް އިންތިޚާބު ކުރިން ކަނޑައެޅިފައިވާ ތާރީހަށް ނުބޭއްވިނަމަވެސް އިލެކްޝަން ކޮމިޝަނުން އިންތިޚާބަށް ތައްޔާރުވަމުންގެންދިނަޔަނަމަވެސް ކައުންސިލް އިންތިޚާބު ބާއްވާނެ ވަކި ތާރީހެއް  އިއުލާންކޮށްފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.