ބ. މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގާނެބަޔަކު ހޯދަނީ…

މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) މާޅޮހުގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހުންގާނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މާޅޮހު ކައުންސިލުގެ ރައީސް ޢަބްދުﷲ ޝުޖާޢު ވިދާޅުވީ އެ ރަށުގެ އިރު ދެކުނު ސަރަޙައްދު ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ފެބްރުއަރީ 12 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ބީލަން ފޮތް ކައުންސިލްގެ އިދާރާ އިން ލިބޭނެ ކަމަށާއި ޕްރީ ބިޑް މީޓިންގ އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 ގައި އެ އިދާރާގައި ކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ.

ސިޓީ ހޮޓާ އެޅުމަށް  އެ ސަރަހައްދުން ގާތްގަޑަކަށް 2483 އަކަފޫޓުގެ ދެ ބިމެއް 50 އަހަރަށް ދޭން ނިންމާފައިވާ އިރު، ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމުން އެ ރަށަށް އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އެ ގޮތުން އިޞާތިސާދީ މަސައްކަތްތައް ފުޅާވެ، އެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުތަކެއް ލިބި، ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އެރަށުގައި ސިޓީ ހޮޓަލެއް އަޅަން ސަރުކާރާ އެކު ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.