ދިހަހާސް ރުފިޔާގެ އަގުހުރި ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފި

ޗެމްޕިއަންޓީމަށް ދިހަހާސް ރުފިޔާ ލިބޭ ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފިއެވެ.

ތުއްތޮންބެ ކަޕްގެ ނަމުގައި މިއަދު ފެށި މި މުބާރާތް އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، މި މުބާރާތުގައި 6 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ޗެލެންޖަރސް އާއި އޯލް އެޓޭކަރސް އެވެ. މި މެޗު 0-3 ލަނޑުން ކާމިޔާބުކުރީ އޯލް އެޓޭކަރސް ޓީމެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައްލިބި ވަނީ ބޭކާރުވެފައެވެ.

މާދަމާ ހަވީރު 16:00 ގައި ބައްދަލުކުރާނީ ނިއު އެލާރޓް އާއި އެޗްއެސްޕީއެން އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ޝަރަފްވެރިކޮށްދެއްވި އިރު، މި މެޗު ބައްލަވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއުރާގެ މެމްބަރ އާއި ޔޫތް މިނިސްޓްރީގެ އިސްވެރިން ވަޑައިގެންނެވިއެވެ.

1 Comment on "ދިހަހާސް ރުފިޔާގެ އަގުހުރި ފުޓްބޯޅަ މުބާރާތެއް މާލެއަތޮޅު ގުރައިދޫގައި ފަށައިފި"

  1. އޯލް އެޓޭކް | ޑިސެމްބަރ 22, 2016 at 09:59 | Reply

    ބުރޯ އޯލް އެޓޭކް އެފްސީ ކިޔަނީ ! ނަތީޖާ އަކީ 4-0

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*