އެޑްވާންސަށް ލިބޭ ފައިސާ އިން ޖީ.އެސް.ޓީ ކަނޑައެޅުމުގައި ލުއިގޮތެއް ހަމަޖައްސާ ޤަވާޢިދަށް ބައެއް އިސްލާޙުތައް ގެނެސްފި

އެޑްވާންސަށް ލިބޭ ފައިސާއިން ޖީ.އެސް.ޓީ ކަނޑައެޅުމުގައި ލުއިގޮތެއް ހަމަޖެއްސުމާއެކު، މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުމުގެ ޤަވާއިދަށް ބައެއް އިސްލާހުތައް ގެނެސްފިއެވެ.

މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައި ވާގޮތުން ޓެކްސް އިންވޮއިސްއެއް ދޫކުރުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިއްޖެނަމަ، އެއިން ޖީ.އެސް.ޓީގެ ޢަދަދު ހިސާބުކުރަން ޖެހެނީ އެ ފައިސާ ލިބޭ ވަގުތު އެ ލިބޭ ޢަދަދެއްގެ ނިސްބަތުންނެވެ.

އިޝްތިހާރު Below Header ad

ކުރިން ޢަމަލު ކުރަމުން އައިގޮތުން، އެ ފަދަ ފައިސާއިން ޖީ.އެސް.ޓީ ހިސާބުކުރަން ޖެހެނީ އެންމެ ފުރަތަމަ ފައިސާ ލިބޭ ވަގުތު، އެ ލިބޭ ޢަދަދެއްގެ ބަދަލުގައި، އޭގެ ޖުމުލަ ޢަދަދުންނެވެ.

ޖީ.އެސް.ޓީ ޤަވާއިދުގެ 15 ވަނަ މާއްދާއަށް ގެނެސްފައިވާ އެހެން އިސްލާހުތަކުގެތެރޭގައި އަނބުރާ ރައްދު ނުކުރާ ޑިޕޮސިޓާއި ރިޓެންޝަން ފައިސާ އިން ޖީ.އެސް.ޓީގެ ޢަދަދު ހިސާބު ކުރުމުގައި ޢަމަލު ކުރަންޖެހޭގޮތް ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ޤަވާޢިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޕުޓް ޓެކްސް އުނި ނުކުރެވޭނެ ޝަރުތުތަކުގެ ތެރެއަށް، އެއާގުޅޭ އައުޓްޕުޓް ޓެކްސް ދައްކަންޖެހޭ ފަރާތުން ނުދައްކާ އޮތުން ވެސް ވަނީ އިތުރު ކޮށްފައެވެ.

އަދި ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރީފަންޑް ކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ގަވާއިދުގެ 110 ވަނަ މާއްދާވެސް ވަނީ އިސްލާހު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.