ސައިބަރޖާޔާ އާއި އެވިޑް ކޮލެޖު ގުޅިގެން އާކޯސްތަކެއް ތަޢާރަފް ކުރަނީ..

މެލޭޝިއާ ގެ ސައިބަރޖާޔާ ޔުނިވަރސިޓީ ކޮލެޖް އޮފް މެޑިކަލް ސައިންސަ ސް އާއި އެވިޑް ކޮލެޖް ގުޅިގެން މުޅިން އާ ކޯސްތަކެއް ދިވެހިރާއްޖެއަށް ތަޢާރަފް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޯސްތައް ފެށުމަށް ވާންޖެހޭ ހުރިހާ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ އިރު، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެގެ ތަޢުލީމީ ދާއިރާއަށް ވަރަށް ރަގަޅު ކުރިމަގެއް ލިބިގެންދާނޭ ކަމަށް އެވިޑް ކޮލެޖުން އުއްމީދު ކުރެއެވެ.

އިޝްތިހާރު Below Header ad

މިފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އެވިޑް ކޮލެޖުން ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަ ކަމަށާއި އަލަށް ތަޢާރަފްކުރާ ކޯސްތަކަށް ވަނުމަށްއެދޭ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.

އެ ކޮލެޖުން އަލަށް ތަޢާރަފްކުރާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

  • ބެޗްލަރ އޮނަރސް އޮފް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ
  • މާސްޓަރ އިން ޕްރޮޖެކްޓް މެނޭޖްމެންޓް
  • ބެޗްލަރ އިން ޕްރޮޖެކްޓް މެނޭޖްމެންޓް
  • ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ އިންޖިނިއަރިންގ އެވެ.

މާސްޓަރސް އޮފް ޕްރޮޖެކްޓް މެނޭޖްމެންޓާއި ބެޗްލަރސް ޑިގްރީ އިން ޕްރޮޖެކްޓް މެނޭޖްމެންޓް ކޯހަކީ އެ ކޮލެޖުން މުޅިން އަލަށް ތަޢާރަފްކުރާ ދެ ކޯހެވެ.

އެވިޑް ކޮލެޖުން ބުނީ 2017 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއިން ބެޗްލަރ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ/ސޮފްޓް ވެއަރ އިންޖިނިއަރިންގ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް %30 ޑިސްކައުންޓް އަދި މާސްޓަރސް އޮފް ޕްރޮޖެކްޓް މެނޭޖް މަންޓް ކޯހުން %20 ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެވިޑް ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މަތީ ތަޢުލީމް ޙާޞިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ތަޢުލީމް އުގެނުމުގެ ގިނަގުނަ ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށް ކަމަށްވެސް އެކޮލެޖުން ބުނެއެވެ. އަދި އިންޓަރނޭޝަނަލް ޕްރޮގްރާމްތަކާއި ލޯކަލް ޕްރޮގްރާމްތައްވެސް އެ ކޮލެޖުން އަންނަނީ ތަޢާރަފް ކުރަމުންނެވެ.

މި ކޯސްތަކާއިބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ ކޮލެޖުގެ ހޮޓްލައިން 7803228 / 7803226 ނަމްބަރު ފޯނަށް ނުވަތަ 3006768 / 3016768 ނަމްބަރު ފޯނަށް ގުޅުއްވުމަށް އެވިޑް ކޮލެޖުން އެދެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.