މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން. ކާމިޔާބުވާނެ: މުސްތަފާ

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށާއި އެކަން ކާމިޔާބު ވެސް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާލުވެއްޖެއެވެ.

އިޝްތިހާރު Below Header ad

މުސްތަފާ މިހެން ވިދާޅުވެފައިވަނީ ރޭ ކުރި ޓްވީޓެއްގައެވެ.

ޓްވީޓު ކުރައްވާ މުސްތަފާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާ ކަމަށާއި ދާދިއަވަހަށް އެމައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ މަސީހުގެ އިތުބާރު ނެއްކަމުގެ މައްސަލަ ކާމިޔާބު ކުރެވޭ ވަރަށް މެންބަރުން ވެސް މިހާރު ހަމަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެއީ ވާނެކަމެއް ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

އިތުރަށް މުސްތަފާ ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރައްވާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.