މަޖިލިސް އިންތިހާބަށް އޮބްޒާވަރުންނާއި މޮނީޓަރުންނަށްވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެނީ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ކެނޑިޑޭޓުގެ މަންދޫބުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަންސް ކޮމިޝަން، އީސީއިން ނިންމައިފި އެވެ.

އީސީއިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު އެޕްރީލް 21 އަށް ބަދަލުވެފައިވާތީ، އިންތިޚާބުގެ އޮބްޒާވަރުން،މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނުކުރުމަށް އެދި ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް، މާރިޗު 19 އިން 21ގެ ނިޔަލަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިމަހުގެ ބާއްވަން ފުރަތަމަ ތާވަލު ކުރި މި އިންތިހާބުގައި އޭރު އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން މަންދޫބުންގެ ގޮތުގައި 9900 މީހުން ހަރަކާތްތެރިވާނެ ކަމަށް އީސީއިން މީގެ ކުރިން ވަނީ ބުނެފައި އެވެ.

އެގޮތުން އޭރު އީސީއިން ބުނީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި 2،952 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި 5،018 މޮނިޓަރުން ހަރަކާތްތެރިވާއިރު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1930 މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.