އިންތިހާބުގައި ވާދަކުރުމަށް ދިން ޓިކެޓް އަތުލުމަށްފަހު، ޖާބިރު އެމްޑީޕީން ވަކިކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޕާޓީން ވަކިކުރުމަށް ނިންމީ، މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް، ބޭއަދަބީ ބަހުރުވައިން ރައްޔިތުންނާއި މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީކަމަށެވެ. އަދި އެއީ އެ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އިޝްތިހާރު Below Header ad

ޕާޓީން ވަކިކުރުމުގެ އިތުުރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އޭނާއަށް ދީފައިވާ އެމްޑީޕީގެ ޓިކެޓް އަތުލުމަށް ނިންމާފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި ޖާބިރު އަލުން އެމްޑީޕީއަށް ގުޅުމަށް އެދުނު ނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށަހަޅާ، އެމަޖިލީހުން ނިންމާގޮތެއްގެ މަތިންކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ޕާޓީއާ ގުޅުމުގެ ފުރުސަތު ދިންނަމަވެސް ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްވެސް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.