މަނަދޫ ދާއިރާއަށް “މިފަހަރު ހުސްނީ” !

މާދަމާ 27 ޖަނަވަރީ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި، ނ. މަނަދޫ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކެނޑިޑޭޓަކީ ހުސްނީ މުބާރިކް، ގަސްކަރަ، ނ. މަނަދޫ އެވެ. މަނަދޫ ދާއިރާގައި ހިމެނެނީ، މަނަދޫ، ލަންދޫ އަދި މާފަރެވެ. ހުސްނީ އަކީ ދާއިރާގައި ޕީޕީއެމްޕީއެންސީގައި އެންމެ ޙަރަކާތްތެރިކޮށް ފެނިފައިވާ ތަޢޫލީމީ، ޒުވާން ގިނަމީހުން ދަންނަ މޫނެކެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހުސްނީވަނީ މެދުނުކެނޑި 13 އަހަރު ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. ހުސްނީއަކީ ޤާނޫނީ ވަކީލުންގެ ޤުލްޝަނުން ފަރިވި އާދަޔާޚިލާފު ތޫނުފިލިކަމެއް ލިބިގެންވާ، ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. އޭނާގެ ކިބައިގައި ހުންނަ މަޑުމައިތިރިކަމާއެކު ކަންކަމާއި ކުރިމަތިލުމާއި، އިންސާފާއި ހަމަހަމަކަށް ލޯބިކުރުމުގެ ސިފައަކީ މުޅި ދާއިރާވެސް ބަލައިގަންނަ ރިވެތި ސިފައެކެވެ. އަޚުލާޤީގޮތުން ނަމޫނާއެއްގެ ގޮތުގައި ގިނަ ވަކީލުން މިސާލުޖަހާ ހުސްނީއަކީ ޤާނޫނީ ދާއިރާގެ އަބުރުވެރިކަމާއި ޝަރަފުވެރިކަން ހިފެހެއްޓެވުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވާފައިވާ ފަރާތެކެވެ.

އިޝްތިހާރު Below Header ad

ނިމިދިޔަ ރިޔާސީ އިންތިޚާބު މަނަދޫ ދާއިރާއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ހޯއްދަވައިދެއްވުމުގައި ހުސްނީ ފާހަގަކުރެވުނީ، ހަރަކާތްތެރި، ބުންވަރުހުރި، ޖޯޝުހުރި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި ލީޑަރެއްގެ ގޮތުގައެވެ.
ދާއިރާގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ޕީޕީއެމްޕީއެންސީ އަށް މަޖިލީހުގެ މަނަދޫ ދާއިރާގެ ގޮނޑި ކަށަވަރުކޮށް ދާއިރާއަށް ކުރިއެރުން އެދޭ ނަމަ މިފަހަރު ހޮވަންވީ ހުސްނީއެވެ. ހުސްނީއަށް ދާއިރާގެ ގިނަ ބައެއްގެ ތާޢީދު ލިބިފައިވާއިރު، މާދަމާ އޮންނަ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި؛ ހުސްނީ މުބާރިކްގެ ކެންޑިޑޭޓް ނަންބަރަކީ 3 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.