ވަޒީފާގެ ގިނަ ފުރުޞަތުތަކަކާ އެކު އީ.ސީގެ “ވޯކް އިން އިންޓަވިއު” 

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024ގެ މަސައްކަތާއި ގުޅިގެން ވަޒީފާގެ ފުރުޞަޠުތަކެއް ހުޅުވާލައިފިއެވެ.
މިކަމަށް ޚާއްޞަކޮށްގެން މިހިނގާ ޑިސެންބަރު މަހު 23 އަދި 24 ދެދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގައި “ވޯކް އިން އިންޓަރވިއު” ގެ ނަމުގައި ޙަރަކާތްތަކެއް ވަނީ ފަށާފައެވެ.
އިލްކްޝަނުން ހާމަކުރާގޮތުގައި މި “ވޯކް އިން އިންޓަރވިއު” އަށް އައިޑީ ކާޑާއި ތަޢުލީމާއި ތަޖްރިބާގެ ލިޔެކިޔުންތައް ހިފައިގެން އައުމުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ މަސައްކަތްތަކާ ގުޅުންހުރި ވަޒީފާތަކުގެ މަޢުލޫމާތުދީ ވަޒީފާއަށް ފޯމު ފުރައިދީ ވަޒީފާގެ އިމްތިޙާނުހެދުމާއި އިންޓަވިއު ވެސް އެތަނުން ނިމިގެން ދާނެއެވެ.

މި ތަނުގެ އެންމެ ފާހަގަ ކޮށްލެވެނީ ސެޓްފިކެޓާއި ލިޔެކިޔުންތަށް ބަލަން ތިބޭ ކުދިން އެބެލުމަށްފަހު އެމީހަކާ އެންމެ އެކށީގެންވާ ވަޒީފާއެއް ބުނޭ، އަސްލު އަޅުގަނޑު އެޕްލައިކުރަން އައި ވަޒީފާއަށްވުރެ ރަނގަޅު މަތީ ވަޒީފާއެއް ލިބުނީ .. ވަރަށް އުފާވި

އިޝްތިހާރު Below Header ad

– “ވޯކް އިން އިންޓަވިއު”ގެ ބައިވެރިއެއް-

މަދްރަސީ ދައުރު ނިމި ވަޒީފާއަކަށް ދިއުމުގެ ކުރިން 18 އަހަރުން މަތީގެ ކޮންމެ  ބޭފުޅަކަށްވެސް މަސައްކަތު ތަޖުރިބާ ހޯދާލަން މިއީ ރަނުގެ ފުރުޝަތެކެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024 ގެ މަސައްކަތްތަކާއި ގުޅިގެން އިލެކްޝަނުން ހުޅުވާލާފައިވާ ވަޒީފާތަކަކީ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު، އެސިސްޓެންޓް މެނޭޖަރ، ގްރެފިކްސް ޑިޒައިން، ސީނިއަރ އޮފިސަރ (މީޑީއާ)، ސީނިއާ އޮފިސަރ ( ފޮޓޯގްރަފީ)، ސީނިއަރ އޮފިސަރ، ލޮޖިސްޓިކް އޮފިސަރ، ލޮޖިސްޓިކް އޮފިސަރ، ޓެކް އޮފިސަރ، އޮފިސަރ، އެސިސްޓެންޓް އޮފިސަރ، ސެކިއުރިޓީ އޮފިސަރ، މަސައްކަތު މީހުން އަދި ޑްރައިވަރު ގެ ވަޒީފާ ހިމެނެއެވެ.

ރައްޔިތުންގެ މަޖްލިސް އިންތިޚާބު 2024 ގެ މަސައްކަތްތަކާ ގުޅިގެން 300 އަށްވުރެގިނަ ވަޒީފާ ވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.