އެޓޯލް ވޯޓިން ޕޯލް : ރިޔާސީ އިންތިޚާބު 2023 ގަދަ ހިފުން ބޮޑު ތަފާތަކުން ޑރ. މުޢިއްޒު ކާމިޔާބު ކުރައްވައިފި !

އެޓޯލް ވޯޓިން ޕޯލް : ރިޔާސީ އިންތިޚާބު 2023 ގަދަ ހިފުން| ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހޮވަން ބޭނުމީ..” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ވޯޓިން ޕޯލް ބޮޑު ތަފާތަކުން ޑރ. މުޢިއްޒު ކާމިޔާބު ކުރައްވައިފިއެވެ. މިއީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ތާޢީދު ކުރާ ފަރާތެއް ބެލުމަށް ސާރވޭއެއްގެ ގޮތުގައި އެޓޯލްނިއުސް އިން ކުރިއަށް ގެންދިޔަ ޕޯލްއެކެވެ. އިންތިޚާބުގެ ދެވަނަބުރަށް ގޮސްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕީއެންސީ / ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ޕޯލްގެ ނަތީޖާ ދައްކުވައިދޭ ޗާޓު:

 
 
ޕޯލްގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުޢިއްޒު މިއިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ % 70.25 އިންސައްތަ އިންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ % 29.75 އިންސައްތަ ވޯޓެވެ.

އިޝްތިހާރު Below Header ad

މިނަތީޖާތައް ދައްކާ ގޮތަށް ބަލާނަމަ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ތާޢީދު ބޮޑީ ޑރ. މުޢިއްޒުއަށެވެ. ނަމަވެސް މިފަދަ ޕޯލްތަކުގެ ބައިވެރިންގެ ޢަދަދާއި ނަތީޖާއަށް ބަލާއިރު، މިފަދަ ޕޯލްތަކުން ފެންނަ ނަތީޖާތަކަކީ ސީދާ ކަށަވަރު އަންދާޒާތަކެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ.

ޚިޔާލު ހޯދުމުގެ އެކި ސާރވޭތަކާއި، އިންތިޚާބުގެ ނަތީޖާ ލަފާކުރުމަށް ހިސާބު ޖައްސަވާ ފަރާތްތަކުގެ އެވްރެޖް ހިސާބަށް ބަލާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ލަފާ ކުރެވެނީ ޑރ. މުޙަައްމަދު މުޢިއްޒުއެވެ. އަދި އެއީ ގާތްގަނޑަކަށް މަދުވެގެން %53 ވޯޓު ހޯއްދަވައިގެންނެވެ. މިނަތީޖާއަށް ލަފާކުރެވެނީ، ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އެހެން ކެންޑިޑޭޓުންގެ ވޯޓު 3 ބަޔަކަށް ބެހިގެންދާނެ ކަމަށް ލަފާކުރެވޭތީއެވެ. އަދި ކުރިން އިބޫ ޞާލިޙަށް ތާޢީދުކޮށް ކޯލިޝަން ހަދައިގެން ތިބި އެމްޑީއޭ އިން ކޯލިޝަނުން ވަކިވެ ޑރ.މުޢިއްޒަށް ތާޢީދު ކޮށްފައިވުމަކީވެސް ނަތީޖާއަށް އަސަރު ކުރުވާނެ ކަމެކެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިއަދު (30 ސެޕްޓެމްބަރު 2023) އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.