އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖޭޕީން ނިންމައިފި

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖޭޕީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ލީޑަރު، އޮނަރަބަލް ޤާސިމް އިބްރާހީމެވެ.

އިޝްތިހާރު Below Header ad

އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓްތަކުންވެސް އަޅުގަނޑުމެންނަށް ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަކަން އަޅުގަނޑުމެންނަށް ޕްރޫފް ވާތީއާއި އެކީގަ މިފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓްކޮށް އަޅުގަނޑުމެން ތިބޭނީ،” ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރިފައިވާ ކެނޑިޑޭޓުންނެވެ. ފުރަތަމަ އިންތިޚާބުގައި ކުރި ހޯއްދަވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.16 އިންސައްތައިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.02 އިންސައްތައެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ނުލިބޭތީ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޖޭޕީން މިގޮތަށް ނިންމެވިއިރު، ގާސިމްއާއި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ޞާލިހް ދެ ދުވަހުގެ މުއްދަތަކަށް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއިއެކުގައި ވަނީ ދެވަނަ ބުރަށް ތާއީދު ހޯދެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑަައިގެންނެވީ 5،460 ވޯޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.