އިންތިހާބުގައި މަކަރު ހެދުމާއި ހަމަނުޖެހުމަށް ފުރުސަތު ނުދޭނަން – އީސީ

ރިޔާސީ އިންތިހާބު މަކަރު ހެދުމަށާއި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް އިންތިހާބުގެ ކަންކަން ފުރިހަމައަށް ކުރުމަށް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“ވޯޓުލާ މީހާ، ވޯޓުލާ މަރުކަޒަށް އައުމަށްފަހުގައި އޭނަގެ އަމިއްލަ އިހުތިޔާރުގައި ވޯޓު ކަރުދާސް ހިފައިގެން ގާނޫނާާއި ގަވާއިދުގެ އިމުގެ ތެރެއިން އޭނަ ކުރަންޖެހޭ ކަމެއް ކުރުމަށްފަހު އޭނަ ނިކުމެގެން ދިއުމާ ހަމައަށް އޭނަގެ މައްޗަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން ދެން،” އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އިސްމާއީލް ހަބީބު ވިދާލުވީ ވޯޓުލާން އަންނަ މީހާއަށް ވޯޓު ކަރުދާސް ދޫކުރާނީ ވޯޓު ކަރުދާހުގައި ތައްގަނޑެއް ޖެހުމަށްފަހު ކަމަށާއި ބޭރުން ގެންނަ ކަރުދާހެއް ވޯޓު ފޮއްޓަށް ވައްޓާލި ނަމަވެސް އެއީ ސައްހަ ކަރުދާހެއްގެ ގޮތުގައި ނުގުނޭނެ ކަމަށެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މަކަރު ނުހެދޭނެ ކަމުގެ ޔަގީން ކަމެއް ނެތް ރިޝްވަތުގެ ކަޅުފައިސާ ކިހާ ވަރަކަށްތޯ އެބަހަނީ އިބޫސޯލިހުގެ އައުވާނުން ފާޅުކަން ބިޑުކޮއް އެބަހަނީ ކަޅުފައިސާ ވަގު ސޯލިހު އިންތިޚާބް ވަގައްނަގަން އެބައުޅެ އިބޫ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.