އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ

ރިޔާސީ އިންތިހާބާ ގުޅިގެން ޑިޕްލޯއީ ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާއިރު ފުލުހުން ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކިވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އެހެންކަމުން އޮޕަރޭޝަންގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވޯޓު ފޮށި ބަހައްޓާ ތަންތަނުގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.