ރިޔާސީ ބަހުސްއަށް ފިލާކަމަށް ބުނެ ފާޑުކިޔާތީ ޕީއެސްއެމް ރިޔާސީ ބަހުސްގައި ސޯލިހު ބައިވެރި ވަނީ

ރައިސް ސޯލިހު ސަންގު ޓީވީ ރިޔާސީ ބަހުސްގައި ބައިވެރި ނުވުމުން ހޫނުފެނަށް ވެއްޓުމުން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމް ގުޅިގެން ބައްވާ ބަހުސްގައި ބައިވެރިވާން ނިންމަވައިފިއެވެ.

މިނިންމުން ނިންމެވިކަން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހާމަ ކޮފައެވެ.

އިޝްތިހާރު Below Header ad

ރައީސްގެ ތަރުޖަމާން މާރިޔާ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ޓީވީ ޗެނަލްތަކުން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޤައުމީ ޔުނިވާސިޓީން ބާއްވާ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

މީޑިއާއަށް އަރައި އިޝްތިހާރުވެވަޑައިގަތުމަށް ރައީސް ބޭނުންފުޅު ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން މީޑިއާތަކުގެ ވަކިވަކި ބަހުސްއަށް އެރުއްވުމަށްވުރެ ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުންކަަން މާރިޔާ ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ 21:00ގައި ޕީއެސްއެމްގައެވެ.

”އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން،“ މާރިޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.