ވެލިދޫ ސޮކަރކަޕް 2023: ތިންވަނަ މެޗަށް ހަމަ ހަމަ ނިމުމެއް!

ވެލިދޫ ސޮކަރކަޕް 2023 ގެ ތިންވަނަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

އައިލެންޑާރސް އެފްޓީ އާއި ލަފޯރޒާ މިއަދު ހަވީރު ބައްދަލު ކުރި މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުތެރިއަކަށް ހޮވިފައިވަނީ ލަފޯރޒާ ޖޯޒީ ނަންބަރު 50 އަލީ އަހުސާން އެވެ.

އިޝްތިހާރު Below Header ad

މިމެޗުގައި އައިލެންޑާރސް އެފްޓީ އިން ޖެހި ލަނޑު ޖަހާފައި ވަނީ އަބްދުالله އާދަމް އެވެ. މިމެޗުގައި ލަފޯރޒާ އިން ޖެހި ލަނޑު ޖަހާފައި ވަނީ އަލީ އަހުސަން އެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އައިކޮނިކް އާއި ރަދުން އެފްސީއެވެ.

މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މީގެ އަހަރުތަކެއް ކުރިން ކުޅުނު ނަމަވެސް އަލުން މިފެށީ މެދު ކެނޑުމަކަށްފަހުއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ އައިލެންޑާރސް އެފްޓީ، އައިކޮނިކް، ރަދުން އެފްސީ، ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.