ވެލިދޫ ސޮކަރކަޕް 2023 ފަށައިފި

ނ.ވެލިދޫ ސޮކަރކަޕް 2023 މިއަދު ހަވީރު ފަށައިފިއެވެ. މި މުބާރާތް ފައްޓަވައިދެއްވީ ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިންއެވެ.

މި މުބާރާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ އަދި ވެލިދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތް މީގެ އަހަރުތަކެއް ކުރިން ކުޅުނު ނަމަވެސް އަލުން މިފެށީ މެދު ކެނޑުމަކަށްފަހުއެވެ.

އިޝްތިހާރު Below Header ad

މުޅި ޖުމުލަ 5 ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ މޮޅު ދެ ޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ އައިލެންޑާރސް އެފްޓީ، އައިކޮނިކް، ރަދުން އެފްސީ، ޕަވަރޕަފް ބޯއީޒް އަދި ލަފޯރޒާ އެވެ.

ވެލިދޫ ސޮކަރކަޕް 2023 ފުރަތަމަ މެޗުގައި ބައްދަލު ކުރީ އައިލެންޑާރސް އެފްޓީ އާއި އައިކޮނިކް އެވެ. މިމެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ އައިލެންޑާރސް އެފްޓީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިލެންޑާރސް އެފްޓީ ގެ ޖޯޒީ ނަންބަރ 10 ޝާއިމް މުހައްމަދު އެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ ރަދުން އެފްސީ އާއި ޕަވަރޕަފް ބޯއީޒް އެވެ. މި މުބާރާތުގެ މެޗުތައް ނ.ވެލިދޫ ކައުންސިލް ޕޭޖުން ލައިވް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.