މެޗު އެއްވަރުވެ އާސެނަލް ފޭނުންނަށް މާޔޫސް ކަމެއް

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ސައުތު ހަމްޕްޓަނާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ އާސެނަލް ޕްރިމިއަރ ލީގު ތަށްޓައް ކުރަމުން އައި އުމްމީދުތަކަށް މަޑު ޖެހުމެއް އަތުވެ، ތަށި ނެގުމުގެ އަމިއްލަ ބާރު މިވަނީ މެންޗެސްޓަރ ސިޓީއަށް ލިބިފައެވެ.

މިރޭ މެޗަށް ނުކުތްއިރު މުބާރާތުގައި އާސެނަލް ކުޅެން އޮތީ 7 މެޗެވެ. މި މިރޭ ސައުތް ހަމްޕްޓަނާއި ދެކޮޅަށް ކުޅުނު މެޗު 3-3 އެއްވަރުވިއިރު އާސެނަލުން ވަނީ ދެ ހާފުގަވެސް މޮޅު ކުޅުމެއް ދައްކާފައެވެ. 3-1 އިން މެޗުން ބަލިވަމުން ދަނިކޮށް އާސެނަލަށް އެއްވަރުކުރި ދެ ލަނޑުވެސް ޖެހީ މެޗުގެ ފަހުވަގުތުގައެވެ. މި ނަތީޖާއަކީ ހިތްހަމަޖެހޭ ނަތީޖާއަކަށް ނުވިޔައަސް، ޕޮއިންޓަކުން މެޗު ނިންމާލުމުގެ ހިތްހަމަޖެހުން އާސެނަލަށް ލިބޭނެއެވެ.

އިޝްތިހާރު Below Header ad

ކުރިއަށް އާސެނަލަށް ވަރުގަދަ މެޗްތަކެއް އޮތްކަމަކު، މެންޗެސްޓަރ ސިޓީއަށް އޮތީ އާސެނަލާއި އަޅާކިޔާ އިރު ފަސޭހަ މެޒު ތަކެކެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މުބާރާތުގެ ތަށި ކަނޑައެޅިގެންދާނެ މެޗަކީ 27 އޭޕްރިލް ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާއި އާސެނަލް ކުލޭ މެޗުންނެވެ. މި ދެ ޓީމު ކުރިން ކުޅުނު މެޗު 3-1 އިން ކާމިޔާބު ކުރީ މެންޗެސްޓަރ ސިޓީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.