ފަލަސްތީން ކަޝްމީރު އަދި އެންމެހާ މުސްލިމުންގެ ކިބައިން މުފްތީ މެންކު މާފަށް އެދިވަޑައިންފި

ފަލަސްތީނާއި ކަޝްމީރު އަދި އެންމެހާ މުސްލިމުންގެ ކިބައިން ޒިމްބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު މާފަށް އެދިވަޑައިގެންފިއެވެ. މެންކު މާފަށް އެދިވަޑައިގެންފައި ވަނީ މި ރަމަޟާން މަހު ޔޫނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް ރޯދަ ވީއްލުމެއްގައި ބައިވެރިވެ، ޒަޔަނިސްޓް ފާދިރީއަކާއެކު ނަގާފައިވާ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ، އެކަމާއި އެތައް ހާސް މުސްލިމުންނެވެ ނުރުހުން ފާޅުކޮށް، ފާޑުކިޔުން ކުރިމަތިވުމާއި ގުޅިގެންނެވެ.

ފައިވް ޕިލާރސްގެ ފަރާތުން ޓްވިޓާއަށް އާންމު ކޮށްފައިވާ ވީޑިއޯއެއް ގައި މެންކު ބުނެފައި ވަނީ، ކަޝްމީރުގެ އަޚުންނާއި އުޚްތުން އަދި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނާއި އަފްޣާނިސްތާން އަދި އެނޫންވެސް އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން ހިތުގައި ޖެހި ކުޑައިމީސްވާނެ ފަދަ ބަހެއް ބުނެވި ނުވަތަ ކަމެއް ކުރެވިފައިވާ ނަމަ، އަދި އޭނާއަށް ކުރެވިފައިވާ ކަމަކުން މުސްލިމް އުންމަތަށް އޮޅުވާލެވިފައިވާ ކަމަށް ހީވެފައިވާނަމަ އެކަމާ ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

ހަމަ އެއާއެކު އެދުވަހުގެ ހަފްލާއަށް ހާޒިރުވި ޒަޔަނިސްޓް ފާދިރީއަކީ ކާކުކަމާއި އޭނާގެ ވަނަވަރު ކުރިން އެނގިފައިވިނަމަ އެހަފްލާގައި އެއްގޮތަކަށް ވެސް ބައިވެރި ނުވީސް ކަމަށް ވެސް މެންކު ބުނެފައިވެއެވެ.

ވީޑިއޯ

މީގެ އިތުރުން އޭނާއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނާއިއެކު ހުންނަ ފަރާތެއް ކަމަށާއި، އޭނާއަކީ އެކްޓިވިސްޓެއް ނޫންނަމަވެސް އޭނާއަކީ މުސްލިމެއް ކަމަށާއި، އެހެންކަމުން މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ފާޅުގައި އެތައް ފަހަރަކު ބަސްބުނެފައި ހުންނާނެ ކަމަށެވެ. އަދި މިފަދަ މުސްލިމުންނަށް އެހީތެރި ވުމަށް ވެސް އެތައް ކަމެއް ކޮށްފައިވާ ކަމަށާއި މިހާރުވެސް ކުރަމުން ގެންދާ ކަމަށް މެންކު ބުނެފައިވެއެވެ. އޭގެ ތެރެއިން ގިނަ ކަންތައް ތަކަކީ މީޑިއާއަށް ވެސް ނޭނގޭ ގޮތަށް ސިއްރިއްޔާރުގައި ވެދީފައިވާ އެހީ ކަމަށް ވެސް ބުނެފައިވެއެވެ.

މެންކްއަކީ އެކްޓިވިސްޓެއް ނޫން ނަމަވެސް މުސްލިމް އުންމަތަށް ވިސްނާ މީހެއް ކަމަށާއި އެހެންނަމަވެސް މިފަހަރު މިގޮތަށް ކަންތައް ދިމާވީ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިދިމާވި ކަންތަކަކީ އެއްގޮތަކަށް ވެސް އެނގިގެން ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ވަޢުދު ވެފައިވެއެވެ. އެދުވަހުގެ ހަފްލާގައި އެތައް ހާސް ބަޔަކު ތިބި ކަމަށާއި އެހެންނަމަވެސް މިއަދު މެންކްއަށް އެނގިފައިވި އެއްޗެއް އެދުވަހު އެނގިފައިވި ނަމަ އަދި ފޮޓޯގައި މެންކްއާއި އެކު ފެންނަން ހުރި މީހާއަކީ ކާކު ކަމާއި އޭނާގެ ވަނަވަރު ކުރިން އެނގިފައިވި ނަމަ މުޅި އެ ޙަފްލާގައި ވެސް ބައިވެރި ނުވީސް ކަމަށް އަސަރާއެކު ބުންޏެވެ.

mufti menk

މައްސަލަ ހޫނުވެ އެތައް މުސްލިމުންނެއްގެ ނުރުހުން މުފްތީ މެންކްއަށް އަމާޒުވެފައި ވަނީ ޔޫ.އޭ.އީގައި އޮތް ރޯދަވީއްލުމުގެ ޙަފްލާއެއްގައި މުސްލިމުން ނައްތާލުމަށް ގޮވަމުންދާ ޒަޔަނިސްޓު ފާދިރީއެއް ކަމަށްވާ ލިވައި ޑަޗްމަންއާއެކު ސަލާމްކުރާ މަންޒަރާއި އެއްސުފުރާއެއްގައި ބައިވެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯ މީޑިއާގައި އާންމުވުމުންނެވެ. މިފޮޓޯއަށް ފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ މިއީ ފަލަސްތީނަށް އިޒްރާއީލުން ޙަމަލާތައް ދެމުންދާ މިފަދަ ދަނޑިވަޅެއްގައި މެންކުގެ ފަރާތުން ފެނުނު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މިއީ އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުންނަށް ކުރި މަލާމާތެއް ކަމުގައެވެ.

އަދި މިއީ ސައުދީއާއި ޔޫއޭއީއިން އިޒްރާއީލާއި ގުޅުން ބަދަހުކުރުމަށް ކުރަމުންދާ ކަންތައްތަކަށް މެންކުގެ ރުހުން އޮތްކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް އެތައް ބަޔަކު ސިފަކުރިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.