އޯގަސްޓު މަހު ރާއްޖެ އިމްޕޯޓުކުރި %80 އިތުރުވެއްޖެ

ފާއިތުވި އޯގަސްޓް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 8% އިތުރުވެއްޖެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

އެ އިދާރާއިން ހާމަކުރި ތަފާސް ހިސާބުގައިވާގޮތުބް މިދިޔަ އަހަރުގެ އޯގަސްޓް މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އޯގަސްޓް މަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިޝްތިހާރު Below Header ad

އަދި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު ހުސްވި އޯގަސްޓް މަހު %7 ދަށްވެފައެވެ. ފާއިތުވި އޯގަސްޓް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 209.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ލިބިފައިވަނީ 224.4 މިލިއަން ރުފިޔާ ކަމަށާއި އިމްޕޯޓްކުރި މިންވަރު އިތުރުވެފައިވީނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު ޢަދަދު ދަށްވެފައިވަނީ ޑިއުޓީ ނަގާ މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ދަށްވެފައިވާތީ ކަމަށް އެ އިދާރާއިން ބުނެއެވެ.

ފާއިތުވި އޯގަސްޓް މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 18 އިންސައްތަ ދަށަށް ގޮސްފައިވާ އިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހު 210 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ.

އަދި މި އަހަރުގެ އޯގަސްޓް މަހު މި ޢަދަދު 172  މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށާއި މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވެފައިވީނަމަވެސް މިދިޔަ ޖޫން އަދި ޖުލައި މަހާ އަޅާބަލާއިރު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އޯގަސްޓްމަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަން  ކަސްޓަމްސްގެ ތަފާސް ހިސާބުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޯގަސްޓްމަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ މިންވަރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.