ރައީސް ނަޝީދަށް ޙަމަލާދިނީ ހޯމް މޭޑް އައިއީޑީ އެއް ބޭނުންކޮށްގެން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުޙައްމަދު ނަޝީދަށް ރޭ ދިން ޙަމަލާގައި ބޭނުން ކޮށްފައިވަނީ “ހޯމް މޭޑް އައިއީޑީ” އެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެބަައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މިއީ އަމިއްލައަށް ތައްޔާރުކޮށް ރިމޯޓްކޮންޓްރޯލް ބޭނުންކޮށްގެން ގޮއްވާލާގޮތަށް ހަދާފައި އޮތް އެއްޗެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މި އައިއީޑީއަކީ ސަލްޓަމްޕާކުގައި 2007ގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ނުރައްކާތެރި އަދި އެތައް ގުނައެއް ބާރުބޮޑު އެއްޗެއް ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މި އައިއީޑީގެ ހެދުމުގައި ގިނަ ޢަދަދެއްގެ ރޭޒާފުއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެގޮވުމާއެކު ރޭޒާފުއްތައް ބުރައިގެން ދިއުމުން ވަރަށްނުރައްކާވާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.