ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އެހާ ކާމިޔާބުވީ ކީއްވެ؟

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ މީގެ ނުވަ އަހަރު ކުރިން އެންމެ ސަތާރަ ކުދިންނާ އެކު ފެށި ފެސްޓިވަލެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ކޮންމެ އަހަރަކު ދިރާގުން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ހަތަރު ޖަމްޢިއްޔާއަކާއި ސާދަ ސްކޫލެއްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުންވެސް މިއަހަރު މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
މި ފެސްޓިވަލްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދީން ކުޅިވަރަށް އަހުލުވެރިވެ މުޖުތަމަޢުގައި މިކުދިންގެ ޙިއްޞާ އިތުރަށް ފުޅާވެގެން ދެއެވެ.
މި ފެސްޓިވަލުގެ ސަބަބުން ކުދިންނަށް އެކިކަހަލަ ތެރަޕީތައް ވެސް ލިބިގެން ދާކަމީ ކޮންމެހެންވެސް ފާހަގަ ކުރަންޖެހޭ ކަމެކެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސްގައި ކޮންމެ އަހަރަކުވެސް މުޅިން އައު ކުޅިވަރެއް ތަޢާރަފު ކުރެއެވެ.
72784969 2680094975375849 3966886387914899456 n
އެގޮތުން މިފަހަރު ރާއްޖެއަށް މުޅިން އަލަށް ބައިނަލްއަގުވާމީ ކުޅިވަރެއްކަމުގައިވާ “ބޮޝީ” ވަނީ ތަޢާރަފު ކޮށްފައެވެ. ޢާންމުކޮށް ދެކެވޭ ވާހަކަ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ކަންކަމުގައި ފަރުވާ ކުޑަވާ ވާހަކައެވެ.
viber image 2019 10 26 22 51 47
ނަމަވެސް ދިރާގު ފެސްޓިވަލް ރާއްޖޭގެ ނާއިބު ރައީސް ޝަރަފުވެރި ކޮށްދެއްވުމަކީ މިކުދިންނަށްޓަކައި ދިރާގުން ގެންގުޅޭ ސިޔާސަތު ވަރަށް ފުރިހަމަ އަށް ހާމަވެގެންދިޔަ ކަމެކެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޅާލުމަކީ އޮޕްޝަނެއް ނޫން ކަމަށާއި އެކުދިންގެ ކަންކަން
އެންމެ ފުރިހަމައަށް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވާ މުޖްތަމަޢަށް ވަރަށް މުހިންމު މެސެޖުތަކެއް ވަނީދީފައެވެ. މި އަހަރުގެ ފެސްޓިވަލުގައި 450 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.
މީގެތެރޭގައި ކުރިން އަހަރުތަކުގައި މި ފެސްޓީވަލުގެ ކުޅީވަރުތަކުގައި ބައިވެރިވި ބައެއް ކުދިން މިފަހަރު ވޮލެންޓިއަރުންގެ ގޮތުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ،
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލުގައި ފެނިގެން ދިޔަ ގިނަކުދިންތަކެއް ބައިނަލްއަޤްވާމީ އެކި އެކި މުބާރާތްތަކުން ރާއްޖެ ރަން ވަނަތަކެއް ހޯދައިދީފައިވާކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.