އަހަރެން އިސްލާމްވީ ޞަލާޙުގެ އަދަބުވެރިކަން ފެނިފަ

މަޝްހޫރު ފުޓުބޯޅަޓީމު ލިވާރޕޫލްގެ ސަޕޯރޓަރުން ކިޔަމުން ދިޔަލަވައެއްގައި އަހަރެންވެސް ބައިވެރިވީމެވެ. ދަނޑުމަތީގައި ފޯރިނަގާފައި ކިޔަމުން ދަނީ “އޭނަ އަދި އިތުރަށް ލަނޑު ޖަހައިފިނަމަ، އަހަރެންވެސް އިސްލާމްވާނަން” މިހެންނެވެ. “އަހަރެން އެ މީހުންނާއެކު ކިިޔަމުންދިޔައީ ހަމައެކަނި ދުލަކުންނޫނެވެ. އަހަރެން އެހެން ގޮވަމުން ދިޔައީ ހިތުގެ އަޑިންނެވެ.” ބެން ބާރޑް ބުންޏެވެ.

ބެން ބާރޑް އަކީ ފުޓުބޯޅައިގެ ދުނިޔޭގަ ނަންވިދާލާފައިވާ ކުޅުންތެރިޔާ މުޙައްމަދު ޞާލިޙްގެ ސަޕޯޓަރެކެވެ. ޞަލާޙުގެ އުޅުމާ ގުޅުންފެނި ބާރޑް ވަނީ އިސްލާމްވެފައެވެ.

އިޝްތިހާރު Below Header ad

“އަހަރެން މިހެންބުނަން ޖެހިލުންވޭ، އަހަރެންގެ ވިސްނުން އިސްލާމުންނާ ދޭތެރޭ ހުންނަގޮތަކީ، އެއީ ވަރަށް ނާތަހުޒީބު ބައެއް. މުސްލިމުންނާއި އެމީހުންގެ ޘަޤާފަތަކީ ވަރަށް އިހުޒަމާނުގެ ގޮތްގަނޑެއް. އަދި އެމީހުންނަކީ ފަހުގެ ގޮތްތަކަށް އުޅެ، ކުރިއަރާދާން ބޭނުންވާ ބައެއްނޫން.” މީ ބިން ބާރޑް “ދަ ގާޑިއަން” ނޫހައް ދިން އިންޓަވީއެއްގައި ބުނި ވާހަކައެކެވެ.

ބާރޑް ބުނާގޮތުން އޭނާއަށް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފުރަތަމަ ލިބުނީ އިނގިރޭސި ވިލާތުގެ “ލީޑްސް ޔުނިވަރސިޓީ”ގައި “މިޑިލް އީސްޓަރން ސްޓަޑީސް” ކިޔަވަން ފެއްޓުމުންނެވެ. “ޔުނިވާރސިޓީއިން ވަރަށްގިނައިން ފުރުޞަތު ހޯދައިދޭނެ ސައުދީ ކުދިންނާ ބައްދަލުކުރަން. ފުރަތަމަ އަހަރެން ވަރަށްޖެހިލުންވި، ބޭނުމެއްނުމެއްވެސްނުވި. އަހަރެން ހިތަށް އަރަނީ އެއީ ވަރަށް ނުބައިބައެކޭ، އެމީހުން އަންނާނީ ކަނޑި ހިފައިގެންނޭ. އެކަމު އެއީ މިހާތަނަށް އަހަންނާ ބައްދަލުވި އެންމެ ރަނގަޅުމީހުން، އޭގެސަބަބުން ޢަރަބިންނާއި ދޭތެރޭ އަހަރެން ގެންގުޅޭ ތަސައްވުރު މުޅިން ބަދަލުވެގެން ހިނގައްޖެ” ބާރޑް ބުންޏެވެ.

“ދެން ލިވާރޕޫލް ސަޕޯޓަރުންގެ ހިތްތައް ފަތަޙަކޮށްފައިވާ މުޙައްމަދު ޞަލާޙް އެއީ އަހަންނަށް ވަރަށްބޮޑަށް ބެލެވުނު ޝަޚްޞިއްޔަތެއް، އޭނަގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، މީހުންނާ މުޢާމަލާތް ކުރާގޮތް،” ބާރޑް ކިޔައިދިނެވެ. “ޞަލާޙް ދެއްކި ނަމޫނާއަކީ، ތިބާ އިސްލާމަކަށް ވިޔަސް މުޖްތަމަޢުގެ އެހެން މުސްލިމުންނެކޭ އެއްގޮތަށް އުޅެވިދާނެކަން”.

ބިން ބާރޑް އިސްލާމްވާން މެދުވެރިވި ސަބަބަކީ ޞަލާޙުގެ ރީތި ދިރިއުޅުމެވެ. ބިން ބާރޑަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާދޭވެ.

ޞަލާޙުގެ ބައެއް ކާމިޔާބީ
މުޙައްމަދު ޞަލާޙަކީ މިވަގުތު ދުނިޔޭގަހުރި އެންމެ މަޝްހޫރު މުސްލިމް ކުޅުންތެރިޔާއެވެ. ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ޖެހުމަށް މަޝްހޫރު ޞަލާޙަކީ ވަރަށް ތަޤުވާވެރިއެއްވެސް މެއެވެ.

ލިވަރޕޫލް ޓިމަށް ޞަލާޙު ހޯދައިދެމުން އަންނަ ކާމިޔާބީތަކުގެ ސަބަބުން މިލިޔަނުން މީހުންއަންނަނީ އޭނާއަށް ސަޕޯޓުކުރަމުންނެވެ. އަދި “ފުޓްބޯލް އަގެއިނސްޓް ރޭސިޒަމް އިން ޔޫރަޕް” [ Football Against Racism in Europe (Fare)] އިން ނެރުނު ރިޕޯރޓެއްގައި ބުނެފައިވަނީ މުސްލިމް ފުޓުބޯޅަ ތަރި ޞަލާހުގެ ސަބަބުން “އިންގްލިޝް ޕްރިމިޔާ ލީގުގައި އުފެދިގެން އުޅޭ ނަސްލު ތަފާތުކުރުމުގެ މައްސަލަތައް ވަރަށް މަދުވެއްޖެކަމަށެވެ.

މުސްލިމުންނަކީ އެމީހުންވީ ކޮންމެ ތަނެއްގައި އެހެން މީހުންނަށް ރީތި ނަމޫނާ ދައްކަންޖެހޭ ބައެކެވެ. މީހުންނާއި މުޢާމަލާތް ކުރުމުގައި އޯގާތެރިވާންޖެހޭ ބައެކެވެ. އެހެން ވެއްޖެނަމަ ހިތްތައް ފަތަޙަ ކޮށްލުމަކީ އެމީހުުންނަށް އުނދަގޫ ކަމެއްނޫނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.