މިސްކިތެއްގައި ޞިއްޙީ ކްލިނިކެއް، ޚިދުމަތް މުޅިން ހިލޭ

އެމެރިކާގެ އޮހާޔޯ ސްޓޭޓްގައި ހުންނަ މިސްކިތެއްގައި ޢާއްމުކޮށް ބޭނުންނުކޮށް ހުންނަ ކޮޓަރިތައް ހިރަފުސް އަރުވަން ނުބަހަށްޓާ، ސިއްހީ ޚިދުމަތްދޭ ކްލިނިކެއްގެ ގޮތުގައި އެތަން ހަމަޖައްސައިފިއެވެ. މިއީ މިސަރަހައްދުގައި ހިލޭ ސިއްޙީ ޚިދުމަތް ދޭންފެށި ފުރަތަމަ ތަނެވެ.

ކޮލީވްލަންޑް އިބުނު ސީނާ ހޮސްޕިޓަލް ހުންނަނީ އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ކޮލީވްލަންޑް އޭކިޔުނު ޤައުމުގެ ޕަރމަރ ސިޓީގެ އިސްލާމިކް ސެންޓަރުގައެވެ. މިޚިދުމަތް ރާވާ ހިންގަނީ ވިއްސަކަށް މުސްލިމް ޑޮކްޓަރުން ކަމުގައިވިޔަސް، ހުރިހާ ދީނެއްގެ މީހުންނަށްވެސް މިކްލިނިކްގެ ދޮރު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ. އެއްވެސް އިންޝުއަރެންސް ކުންފުންޏަކުން ސިއްޙީ ޚިދުމަތް ނުހޯދާ މީހުންނަަށް ޚިދުމަތް ދެއްވުމަށް އެކިއެކި ބަލިބައްޔަށް ޚާއްޞަ ޑޮކްޓަރުން ތިއްބަވައެވެ.

އިޝްތިހާރު Below Header ad

މި ކްލިނިކްގެ އެންމެ ޚާއްޞަ ކަމަކީ ޚިތުމަތް ހިލޭ ލިބުމެވެ. ބަލިމީހާ ފައިސާ ދައްކަންޖެހޭނީ ހަމައެކަނި އޭނާ ބޭނުންކުރަން ނަގާ ބޭހަށެވެ. އެނޫން އެހެން ހުރިހާ ކަމެއް އޮންނަނީ އެއްވެސް ފައިސާއެއް ނުނަގާ ހިލޭ ކުރެވޭ ގޮތަށެވެ. އޭގެތެރޭގައި އެކި އެކި އޮޕަރޭޝަންތައް ކުރުންވެސް ހިމެނެއެވެ. މިކަންކަމަށް މިސްކިތު ކްލިނިކުން ޚަރަދު ކުރަނީ ފަންޑް ރައިސް ކޮށްގެނާއި ދީލަތި ފަރާތްތަކުންދޭ އެހީ އިންނެވެ.

މިސްކިތު ކްލިނިކް ހުޅުވިފައި ހުންނަނީ ހަމައެކަނި ހަފްތާ ބަންދުގައެވެ. ހަފްތާ ބަންދުގައި އެކި ރަށްރަށުން ޑޮކްޑަރުން ކްލިނިކަށް އައިސް ހިލޭސާބަހަށް މަސައްކަތް ކުރެއެވެ. ކޮލީވްލަންޑް އިބުނު ސީނާ ހޮސްޕިޓަލުން ޢާއްމު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ނިދުމަށް އުދަގުވާ ބަލި (ސްލީޕް ޑިސްއޯޑަރ) އާއި ނޭވާހިއްލުމަށާއި، އެލާޖީއަށާއި، ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން، ސިކުންޑީގެ ބަލިތަކަށްވެސް ފަރުވާދެއެވެ.

މި ކްލިނިކްގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމުގައިވާ ޑރ. މަންސޫރު އަޙްމަދު އެހެންފަރާތްތަކަށް ހިތްވަރުދެއްވަމުން ވިދާޅުވީ، ތިމްނަނާމެންގެ ކިބައިގާ ޤާބިލުކަން އެބަހުރިކަމާ، ކުޅަދާނަކަން އެބަހުރިކަމާ، އަދި ވަޞީލަތްވެސް އެބަހުރިކަމެވެ. އެހެންމީހުންގެ ޙަޔާތަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންވަނީ ތިބާގެ އަގުބޮޑު ވަގުތުން މަދު އިރުކޮޅެއްކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.