މާބަނޑު ދުވަސްވަރު ކަސްރަތު ކުރުން

މާބަނޑު ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނަމަވެސް މިކަމަކީ ވަރަށް ގިނަ ހިޔާލު ތަފާތު ވުން ތަކާއި ދެބަސްވުން ތައް އާއްމުންގެ މެދުގައި ޒަމާނުއްސުރެން އުފެދިފައިވާ ކަންކަމެވެ.

ބައެއް ހީކުރުން ތަކަކީ މުޅިން ގޯސް ހީކުރުން ތަކަށް ނުވި ކަމުގައި ވިޔަސް ބައެއް ހީކުރުން ތަކުގެ ސަބަބުން މާބަނޑު ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރަސް އެޅެއެވެ. އެހެން ކަމުން މި ލިޔުން ކޮޅު ހާއްސަ ކުރެވިފައި ވާނީ މިފަދަ ކުށް ހީ ތަކުގެ މައްޗަށް ބަރޯސާ ވުމުގެ ބަދަލުގައި ކަމާގުޅޭ މާހިރުންނާއި ޑޮކްޓަރުން ގެ ލަފާ އިރުޝާދުގެ މަތިން އަމަލު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށެވެ

އިޝްތިހާރު Below Header ad

ކަސްރަތު ކުރުން

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ވާނެކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެއެވެ. އެހެން ނަމަވެސް މައްސަލަ ތައް ހުންނަ މާބަނޑުވުމެއްގައި ނަމަ ކަސްރަތު ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް، 1000 އަށް ވުރެ ގިނަ މާބަނޑު މީހުން ވިއްސާފައިވާ ނިއުޔޯކް ގެ ގައިނޮކޮލޮޖިސްޓެއް ކަމަށްވާ ޑޮކްޓަރ އެލިސާ ޑްވެކް އޭނާ ލިޔެފައިވާ “ދި ކޮމްޕޮލީޓް އޭ ޓު ޒެޑް ޓު ޔުއަރ ވީ” ފޮތުގައި ލިޔުއްވާފައިވެއެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ ފައިދާ ތަކުގެ ތެރޭގައި މާ ބޮޑަށް ބަރުދަން އިތުރުވުމާއި ފަލަ ވުން ކޮންޓްލޯ ކޮށްދިނުމާއި، ހަކުރު މައްޗަށް ދިއުން އަދި ހައިޕަރް ޓެންޝަން ފަދަ ކަންކަމުން ދުރުކޮށްދިނުމުގެ އިތުރުން ވިހެއުމަށް ހަށިގަނޑު ތައްޔާރު ކޮށްދީ، ސްޓްރެސް ވުން ދުރުކޮށްދީ ސިކުނޑި އަށް ލުއިކަން ލިއްބައި ދެނިވިކަމެއް ކަމަށް އޭނާ ލިޔެފައިވެއެވެ

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގެ މުހިއްމު ކމާބެހޭ ގޮތުން ވާހަކަ ދައްކާއިރު ބަނޑުގެ މަސްތަށް ވަރުގަދަ ކޮށްދޭ ބަނޑުގެ ކަސްރަތު ތައް ކުރުމަކީ ގެއްލުން ހުރިކަމެއް ކަމަށް އާއްމުކޮށް ވަރަށް ގިނަ ފަހަރަށް ހީވެފައި އޮވެއެވެ. އެހެން ނަމަވެސް މިފަދަ ކަސްރަތު ތަކަކީ މާބަނޑުގެ ބުރަހެލިކަން އިތުރު ވަމުން ދާ ވަރަކަށް ހަށިގަނޑ ސީދަލަށް ނެގެހެއްޓުމުގެ ބާރު ޖެއްސުމަޓާކައި މުޅި މާބަނޑު ދުވަސްވަރު އެއްކޮށްވެސް ކުރަމުން ދިއުން އެއްމެ ރަނަގަޅު ކަސްރަތު ތަކެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވާއިރު، މިފަދަ ބައެއް ކަސްރަތު ތަކުގެ ތެރޭގައި ހިމެނޭ “ކްރަންޗް، ސިޓް-އަޕްސް އަދި ޕްލޭންކްސް” ފަދަ ކަސްރަތު ކުރުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ބަނޑަށް 20 ހަފްތާ އަށް ފަހު އުޑުތިލަ މަތިން އޮތުމުން ހިތަށް ލޭ ދައުރު ކޮށްދޭ މައި ނާރު، ދުވަހުން ދުވަހަށް ބޮޑު ވަމުން ބަރު ވަމުން އަންނަ ރަހިމުގެ ބަރު ގެ ސަބަބުން ފިތޭ ގޮތް މެދުވެރި ވެ ބަނޑުގައި ވާ ދަރިފުޅާއި ގުޅިފައިވާ މަހަށް ލޭފޮނުވައި ދިނުން ހުއްޓި ދާނެ ކަމުގެ ބިރަށްޓަކައި މިގޮތށް އޮށޯވެ އޮތުމާއި ނިދުމުން ދުރުހެލި ވުމަށް ޑރ. ޑްވެކް އޭނާގެ ފޮތުގައި ލިޔުއްވާފައިވެއެވެ

ބަރު އުފުލުން

ހޮލީވުޑް ގެ މަޝްހޫރު ތަރިން ކަމުގައިވާ ހެލީ ބެރީ، ޖެސިކާ އަލްބާ، އެޝްލީ ސިމްޕްސަން ވިހެއުމާޢި ގުޅިގެން ބަރުދަން ލުއިކުރުމާއި ކުރިއެކޭ އެއްގޮތަށް ލޫޅާފަތި ހިކި ހަށިގަނޑަކަށް ރުޖޫއަ ވުމަށް އެހީތެރި ވެދީފައި ވާ ކުޅަދާނަ ފިޓްނަސް ޓްރެއިނަރ “ރަމޯނާ ބްރަގަންޒާ” ބުނެފައިވާ ގޮތުން މާބަނޑު ދުވަސްވަރުވެސް ބަރު އުފުލި ދާނެ އެވެ.

މިގޮތުން އިށީނދެ އިދެގެން މާބަރު ނޫން މެދުމިނުގެ ނުވަތަ ލުއި ބަރެއް ބޭނުން ކޮށްގެން ގިނަ ސެޓް ތަކެއް ތަކުރާރު ކުރުމުން ފައިގެ އަދި މަތި ހަށީގެ މަސްތަކުގެ ވަރު ޖައްސައި ދިނުމުގެ ސަބަބުން ވިހެއުމަށް ފަސޭހަ ވާކަމަށް އޭނާ ލަފާ ދެއްވައެވެ.

ކަސްރަތު ކުރިކަމުގައި ވިޔަށް ސަމާލު ކަން ދޭން ކޮންމެހެން ޖޭހޭ ކަންތައް ތަކުގެ ތެރޭގައި ޑޮްކްޓަރުގެ ހުއްދަ އާއި އެކަމަށް ހާއްސަ ޓްރެއިނަރ އެއްގެ އިރުޝާދު ގެ ދަށުން ކަސްރަތު ކުރުމާއި މާބަނޑު މީހުނަންނަށް ހާއްސަ ކޮށް ކުރިއަށް ގެންދެވޭ . ކްލާހެއްގައި ބައިވެރި ވުން ނުވަތަ އިންސްޓަރަކްޓަރަށް މާބަނޑު ކަން އެނގިފައި އޮތުން ހިމެނެއެވެ.

މީގެ އިތުރުން ވިންދު އަވަސްވާ މިންވަރު މޮނިޓަރ ކުރުމާއި، އެކަށީގެންވާ މިންވަރަށް ފެން ބުއިމާއި ހަށިގަނޑަށް އަންނަ ބަދަލު ތަކަށް ސަމާލުވެ ކަމެއް ގޯސްވާހެން ކުޑަކޮށް ހީވެއްޖެ ހިނދެއްގައިވެސް ހުއްޓާލާ އިންޓްރަކްޓރަށް އަންގަންވާނެ ކަމަށް ޑރ. ޑްވެކް ލަފާ ދެއްވައެވެ

ހަށިގަނޑުގެ ބަރުދަން

އާއްމު ގޮތެއްގައި އަޅުގަނޑު މެންނަށް ހީވެފައި އޮންނަނީ މާބަނޑު ދުވަސްވަރަކީ ބޭނުން ވަރަކަށް ކާން ލިބޭ ފުރުސަތެއް ކަމާއި ޖިމް އަދި ކަސްރަތު ކުރުމުން އެއްކިބާ ވުމަށް ލިބޭ ފުރުސަތެއް ނުވަތަ ބަހަނާ އެއް ކަމަށެވެ. އެހެން ނަމަވެސް ގިނަ ޑޮކްޓަރުން ބުނަނީ ބަރުދަން މާބޮޑަށް އިތުރުވުމަކީ ބުރަކަށީގައާއި ފައިގައި ރިއްސުމުގެ އިތުރުން ހަކުރު މައްޗަށް ދިއުމާއި، ނާރުތައް ފުއްޕުމަށްވެސް މަގު ފަހިކޮށްދޭ ކަމެއް ކަމުގައެވެ. މިގޮތުން މާބަނޑު ވުމާއި ގުޅިގެން ބަރުދަން އިތުރުވުން ހަ ކިލޯ އާއި ފަނަރަ ކިލޯގެ ދެމެދުގައި ހިފެއްހެއްޓުމަށް ގިނަ ޑޮކްޓަރުން ބާރު އަޅައެވެ

ވިހެއުމަށްފަހު ކަސްރަތު ކުރުން

އަޅުގަނޑު މެންނަށް ޒަމާނުއްސުރެން ބުނެދެވިފައި އޮންނަ ގޮތުން ނަމަ ވިހައިގެން އެއްމެ އަވަހަށްވެސް ކަސްރަތު ކުރަން ފެށޭނީ ވިހާތާ ހަ ހަފްތާ ފަހުންނެވެ. އެހެން ނަމަވެސް ފިޓްނަސް އިންސްޓްރަކްޓަރ “ރަމޯނާ ބްރަގަންޒާ” ބުނާ ގޮތުން ވިހައިގެން ދެ ހަފްތާ ފަހުން ވިހި މިނެޓްގެ ލުއި ނުވަތަ މެދު މިނުގެ ކަސްރަތެއް ކުރެވިދާނެއެވެ. އެހެން ނަމަވެސް ޑޮކްޓަރުގެ ހުއްދަ އާއި އިރުޝާދުގެ މަތިން ނޫނީ ޖިމް އަށް ދިއުން ނުވަތަ އެއްވެސް ބާވަތެއްގެ ކަސްރަތެއް ހަ ހަފްތާ ވުމުގެ ކުރިން ނުކުރުމަށް ވެސް “ރަމޯނާ ބްރަގަންޒާ” ބާރު އަޅުއްވައެވެ. ހާއްސަކޮށް ސިޒޭރިއަން ހަދާފައި ނަމަ ސަމާލުވުމަށް ވެސް ބާރު އަޅާފައިވެއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.