ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވި ޓީމުތައް ރާއްޖެ އަތުވެއްޖެ

ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވި ޓީމުތައް ރާއްޖެ އަތުވެއްޖެއެވެ.
މި ޓީމުތައް އައުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީގައި ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އިސްވެރިންނާއި އެތުލީޓުންގެ ޢާއިލާތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ގޮސްތިއްބެވެ.
އޭޝިއާ ބައްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ސްޕެޝަލް އޮލިމްކްސް އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ވަނީ ފުޓްބޯޅައިގާ ބައިވެރިވެފައެވެ.
އިންޑިއާގެ ޗެންނާއީގައި މި މަހުގެ 3 ން 6 ވަނަ ދުވަހަށް ބޭއްވި މި މުބާރާތުގައި 15 އަށް ވުރެ ގިނަ ޤައުމުން 250 އަށްވުރެ ގިނަ ސްޕެޝަލް އެތުލީޓުން ވާދަކުރި އިރު، ރާއްޖެއިންވެސް ވަނީ އަންހެން އަދި ފިރިހެން ޓީމެއް ބައިވެރިވެފައެވެ.
މި މުބާރާތުގައި ވާދަކުރި ފިރިހެން ޓީމު ރަޝިޔާ، ޖަރުމަނު އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކާ ވާދަކޮށް އެ ކެޓަގަރީން ލޯ މެޑަލް ހޯދި އިރު، އަންހެން ޓީމުވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ރާއްޖޭގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަހަކަށް އައިސް އަންނަނީ ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާ ހޯދަމުންނެވެ.
އެގޮތުން މިއަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖޭގެ މާޒިން ވަނީ ލޯފަން މީހުންގެ ކެޓަގަރީ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.