ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭގެ ފިރިހެން ޓީމު ބްރޯންޒު މެޑެލް ހޯދައިފި

ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭގެ ފިރިހެން ޓީމު ބްރޯންޒު މެޑެލް ހޯދައިފިއެވެ.
އެޓީމު ބްރޯންޒު މެޑެލް ހޯދީ ޗެންނާއީގެ ޖަވާހިރު ލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާ އާވަދަކޮށް ބަލިވިނަމަވެސް، ބައިކޮޅަށް ވަން ލަނޑު މަދުވުމުންނެވެ.
މިއަދުގެ މެޗުގައި އޮސްޓްރެލިއާއިން ދެލަނޑަށްވުރެ އިތުރަށް ޖެހިނަމަވެސް ރާއްޖެއަށް ބްރޯންޒް މެޑެލް ގެއްލޭ އިރު، ރާއްޖޭގެ ޓީމުން މިއަދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ.
ފިރިހެން ޓީމުގެ އޮފިޝަލެއްކަމަށްވާ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވީ މިއީ އެއްމަސްދުވަހުގެ ފަރިތަކުރުމާއެކު ލިބުނު ކާމިޔާބީއެއް ކަމަށާއި ދިގުމުއްދަތެއްގައި ފަރިތަކުރުންތައް ބޭއްވުނުނަމަ، މިއަށްވުރެ ރަނގަޅުވާނެ ކަމަށެވެ.
އޭޝިއާ ބައްރުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް އިންޓަރނޭޝަނަލް ފުރަތަމަ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު މިހޯދި ކާމިޔާބީއަކީ ޤައުމީ ފެންވަރުގެ ކާމިޔާބީއެކެވެ.
މިކާމިޔާބީއަށް އެޓޯލްނިއުސްގެ ފަރާތުން މަރުޙަބާކިޔަމެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.