ސްޕެޝަލް އޮލިމްޕިކްސްގައި އަންހެން ކެޓަގަރީގައި ރަޝިއާއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ސްޕެޝަލް އޮލިމްޕިކްސްގައި އަންހެން ކެޓަގަރީގައި ރަޝިއާއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
މި މެޗު ރަޝިއާއިން ކާޟިޔާބުކުރީ ރާއްޖޭގެ އެސްއޯ އަންހެން ޓީމާއިވާދަކޮށް 0-6 ލަނޑުންނެވެ.
މި މެޗުން ރާއްޖެ ބަލިވިޔަސް، ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެވެ.
އިންޑިއާގެ ޗެންނާއީގައި މި މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި އަންހެން 8 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މި ޓީމުތައް 2 ގްރޫޕަކަށް ވަނީ ބަހާލާފައެވެ.
އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ބާރަތް، މެލޭޝިއާ، ރަޝިއާ އަދި ރާއްޖެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، އިންޑޮނޭޝިއާ، ޕިލިޕިންސް އަދި ޔޫއޭއީއެވެ.
މި މުބާރާތް ކުރިއަށްދަނީ ޗެންނާއިގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައެވެ.
މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ފިރިހެން ޓީމެއްވެސް ވަނީ ބައިވެރިކޮށްފައެވެ.
ފިރިހެން ކެޓަގަރީގައި 12 ޓީމު ބައިވެރިވެފައިވާ އިރު، މި ޓީމުތައްވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ.
ގްރޫޕް އޭގައި ބާރަތް 1، އޮސްޓްރޭލިއާ، އިންޑޮނޭސިއާ އަދި މޯލްޑިވްސް އޮތް އިރު، ގްރޫޕް ބީގައި ވަނީ ބަންގްލަދޭޝް، ޗައިނާ، މެލޭޝިއާ އަދި މިޔަންމާއެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ބާރަތް 2، އިޖިޕްޓް، ކޮރެއާ، އަދި ޕާކިސްތާނެވެ.
ނަމަވެސް މި ކެޓަގަރީގައި ހިމެނޭ ޕާކިސްތާނު މުބާރާތުން ވަކިވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.