މާރެސް ޖަމިއްޔާއިން މޫދު ކަސްރަތު ޕްރޮގްރާމެއް ބާއްވައިފި

ބ. މާޅޮހު މާރެސް ޖަމިއްޔާއިން އިސްނަގައިގެން މޫދު ކަސްރަތު ޕްރޮގްރާމެއް ބާއްވައިފިއެވެ.
މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބުނީ މި ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތުގެ މުހިންމުކަން އަންގައިދިނުމުގެ މަޤުޞަދުގައި ބޭއްވި ޕްރޮގްރާމެއް ކަމަށެެވެ. އަދި ރާއްޖެއަކީ މޫދާއި ކަނޑުގެ އިންސައްތަ ބޮޑު ޤައުމަކަށްވާތީ، އެކަމަށް ހޭލުންތެރިކޮށް އަހުލުވެރިކުރުވުން ކަމަށެވެ.
މި ޕްރޮގްރާމުގައި 58 ކަނބަލުން ބައިވެރިވެފައިވާ އިރު، މިއީ ތިން ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މާރެސް ޖަމިއްޔާއިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވި ކަނބަލުން، ޕްރޮގްރާމު ނިންމާލި އިރު، ގިނަ ކަނބަލުންގެ 3 ނުވަތަ 4 ކިލޯ ލުއިވެފައިވާ ކަމަށާއި ބައެއް ކަނބަލުންގެ ގައިގަ ހުރި ރިހުމާއި ނާރުގެ ބައެއް މައްސަލަތަކަށްވެސް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށެވެ.
ކަރވްސް ފިޓްނެސް އެންޑް ބިއުޓީ އާގުޅިގެން ބޭއްވި މި ޕްރޮގްރާމުގައި އިރުޝާދުދެއްވީ އިންސްޓްރަކްޓަރ ފާތުމަތު ނީލަމްއެވެ.
މިފަދަ އިތުރު ޕްރޮގްރާމުތައް މުސްތަޤުބަލުގައިވެސް ބޭއްވުމުގެ ވިސްނުން އެބަހުރިކަމަށްވެސް މާރެސް ޖަމިއްޔާއިން ބުންޏެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.