ޑޮކްޓަރުން ބުނެނުދީ ހުންނަ ވާހަކަތައް: އަމިއްލަ އަށް މަރުވާ ހިތްވެއްޖެނަމަ އެކަން ނުފޮރުވާ ! (1)

އަމިއްލަ އަށްމަރުވުމަށް ނުވަތަ “ސޫސައިޑް” ވުމުގެ ޚިޔާލާއި ފިކުރު ބައެއްފަހަރަށް އިންސާނާގެ ސިކުނޑީގެ ތެރެއަށް ވެރިވާން މެދުވެރިވާ މައިގަނޑު ސަބަބު މިއަދާއި ހަމައަށް އާއިރުވެސް، ޑޮކްޓަރީ ޢިލްމުގެ ތެރެއިން އަދި ހޯދިފައެއްނުވެއެވެ. ބައެއް ސައިންސްވެރިން ޤަބޫލުކުރާގޮތުގައި އަމިއްލަ އަށް މަރުވުމުގެ ވިސްނުން އައުމުގައި ޖެނެޓިކް (ދަރިފަސްކޮޅުން ދެމިގެންއަންނަ) ގުޅުމެއްވެއެވެ. އެހެނަސް މިއީ އެއްވެސް ގޮތަކަށް ޔަޤީންވާދަރަޖައަށް ހޯދިފައިނުވާ ހީކުރުމެކެވެ. އެހެންކަމުން ހަޤީޤަތަކީ ހަމަކޮންމެމީހަކަށްވެސް މިބަލިމަޑުކަމާއި ކުރިމަތިލުމުގެ ފުރުޞަތު އޮވެދާނެކަމެވެ.
ހޯދުންތަކުންދައްކާގޮތުގައި އަމިއްލަ އަށް މަރުވާ ޚިޔާލު އަންނަ ކޮންމެމީހަކީ މަރުވުމަށް މަސައްކަތް ކުރާމީހެއްނޫނެވެ. އަދި ހަމައެހެންމެ އަމިއްލައަށް މަރުވުމަށް ކުރިމަތިލާ ކޮންމެ 25 މީހަކުން އެކަކުވަނީ އެކަމުގެސިކާރައަކަށްވެ ދުނިޔެދޫކޮށްފައެވެ. މިގޮތުން އަމިއްލައަށް މަރުވުމަކީ ނުވަވަނައަށް އެންމެގިނައިން މީހުންމަރުވާ ސަބަބެވެ. ކޮންމެ 40 ސިކުންތަކުން އެކަކު ދުނިޔެ ދޫކުރަމުންދަނީ އަމިއްލައަށް މަރުވެގެންނެވެ.
އަމިއްލައަށް މަރުވުމުގެ ޚިޔާލު އުފެދެންފެށުމާއިއެކު އޭގެ އަމިއްލަ ޒާތުގައި އަމިއްލަ ހަޔާތް ނެތިކޮށްލުމަށް ގޮތްތަކެއް ރާވަމުންދެއެވެ. މިފަދަ ފިކުރުތައް ބައެއްމީހުންނަށް އަންނަނީ ދިރިއުޅުމާއިމެދު އުއްމީދުގެއްލި މާޔޫސްވެ، ވޭތުކުރަމުންދާ ދިރުއުޅުން ތަހައްމަލު ނުކުރެވޭނެ ކަމަށް ދެކެވެންފެށުމުންނެވެ. ބައެއްފަހަރަށް އަމިއްލައަށް މަރުވުމުގެ ޚިޔާލު އައުމަށްފަހު ކުރުމުއްދަތެއްގެ ތެރޭގައި އެކަމުގެ އެންމެނުރައްކަލާއި ކުރިމަތިލައެވެ. ނުވަތަ އަމިއްލައަށް މަރުވެގެންދެއެވެ. ހަމައެހެންމެ އަމިއްލައަށް މަރުވުމުގެ ފިކުރު އަންނަ ގިނަމީހުން އަމިއްލައަށް މަރުވުމަށް މަސައްކަތްކުރަނީ އޭނާ އަމިއްލައަށް މަރުވާފަދަ ގޮތަކަށްނޫނެވެ. މިގޮތުން އަމިއްލައަށް މަރުވުމަށް މަސައްކަތްކުރާ ގިނަމީހުން މަރުވުމަށް މަސައްކަތް ކުރިނަމަވެސް، އަމިއްލައަށް މަރުވާން މަސައްކަތްކުރާ ކޮންމެ 25 މީހަކުން އެކަކު ވަނީ އަމިއްލައަށް މަރުވެގެން ގޮސްފައެވެ. އެމެރިކާގައި ދިހަވަނައަށް އެންމެ ގިނަމީހުން މަރުވާ ސަބަބަކީ އަމިއްލަ އަށް މަރުވުމުވެ. އަދި ހަމައެހެންމެ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދު މީހުން އެންމެގިނައަދަދަކަށް ތިންވަނަ އަށް މަރުވާ ސަބަބަކީ އަމިއްލައަށް މަރުވުމެވެ. އެހެންކަމުން އެއްވެސް މީހަކު އަމިއްލައަށް މަރުވާ ޚިޔާލު އަތުވެއްޖެނަމަ ނުވަތަ އެކަން ހިއްސާކޮށްފިނަމަވެސް އެއީ ނުހަނު ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. އެއްވެސްވަރަކަށް އެކަން ނުފޮރުވާ ފަރުވާ ކުރުން އަވަސްކުރަން ޖެހޭނޭ ކަމެކެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 3 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިސްލާމީ ތަޢުލީމު ކުދިންނަށް ފުރިހަމަ އަށް ދެވޭނަމަ ކުދިން ގޮތް ހުސްވެގެން ުޅޭކަށް ނުޖެހޭނެ . މިއަދު ދިވެހިރާއްޖެ އަށް ޖެހިފައިވާ ސިޔާސީ ވަބާގެ ސަބަބުން ކިތައްކުދިން ހަލާކުވަނީ ދެން ގޮތް ހުސް ވީމަ އަމިއްލައަށް މަރުވަނީ ވަރަށްދެރަ . މިކަހަލަ ލިޔުންތަށް ވީހާ ވެސް ގިނަ ކުރައްވާ އެޓިލް ނޮއުސްގެ މަސައްކަތުގައި ބަރަކާތް ލައްވާށި
    އާމީން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.