ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީގެ އޮފީސް ހުޅުވައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީގެ އޮފީސް ހުޅުވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ހުޅުވިގެންދިޔަ މިދެއޮފީސްހުންނަނީ ގަލޮޅު އެކޮމޮޑޭޝަން ބްލޮކުގައެވެ.

އިޝްތިހާރު Below Header ad

އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފުއެވެ. މަޙްލޫފުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ އަޙްމަދު ސަލީމް އާއި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލް މި ޙަފްލާގައި ބައިވެރިވެލެއްވިއެވެ.

photo: atoll news
photo: atoll news

މި ސަރުކާރުގެ ” ޝާމިލް ކުރަނިވި މުޖުތަމަޢު” ގެ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށްވެފައިވާ ވަޢުދު ވަރަށް ފުރިހަމައަށް ފުއްދަމުން އަންނަ އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޖަމްޢިއްޔާތަކުގެ އިސްނެންގެވުމުގެމަތިން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

މިއަދުގެ ސަރުކާރުން މިވަނީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވާ މި ދެކޮމިޓީއަށް އޮފީސް ހިންގާނެ ޖާގަދެއްވާ އިދާރީ ޚަރަދުވެސް ދެއްވާފައެވެ.

މިދެކޮމިޓީގެ މަސައްކަތްތަކަށް ބަލާލާއިރު ކުދިންނަށް އެކި އެކި ކުޅިވަރުތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންޓަރނޭޝަނަލް ކޯޗުންގެ އެހީގައި ރާއްޖޭގެ 20 ކޯޗުންވަނީ ތަމްރީނުކޮށްފައެވެ.

އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޖެނެރަލް ސެކެރެޓަރި ފާޠީމަތު ފައިރޫޒާ އާދަމް ވިދާޅުވީ އެތުލެޓިކްސް، ފުޓްބޯޅަ އަދި ބެޑްމިންޓަންގެ ޕޫލްތަކެއް ބޭއްވުމަށްފަހު ޓީމުތަކެއް އެކުލަވާލާ ފަރިތަކުރުންތައްވެސް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އިތުރު ކުޅިވަރުތައް ތަޢާރަފްކޮށް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައްވެސް  ކުރެވެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ފައިރު ވިދާޅުވީ ސްކޫލްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތައް މިހިނގާ ޖުލައިމަހުންފެށިގެން ކުރިއަށްދާ ކަމަށާއި އަތޮޅުތެރޭގައިވެސް ދެ ސަރަހައްދެއްގައި ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލީމްޕިކް ގޮފިތައް ހުޅުވިގެންދާނެކަމަށެވެ.

“ޔޫތު އެތުލެޓިކްސް ރެޕްރެޒެންޓޭޓިވް ހޮވާ އެތުލެޓިކްސް އެންގޭޖްމެންޓް މަސައްކަތް މިހާރު މިވަނީ ފެށިފަ، އަދި ފެމިލީ ސިބްލިންގްސް ލީޑަރޝިޕް ޓްރެއިނިންގ ފުރުޞަތުގެ ބެލެނިވެރިންނަށް ފަހިކޮށްދިނުމުގެގޮތުން ކޮމިޓިއެއް އެކުލަވާލެވި ޙަރަކާތްތައްވަނީ ފަށާފަ. މިގޮތުން ބެލެނިވެރިން ޓްރެއިން ކުރުމަށް ސިންގަޕޫރުން ލިބުނު ފުރުޞަތެއްގައި ފެމިލީ ސިބްލިންގ ކޮމިޓިގެ ބެލެނިވެޔަކުވަނީ އެތަމްރީނު ފުރިހަމަ ކުރައްވާފަ” ފައިރޫޒާ ވިދާޅުވިއެވެ.

މި ދެ އޮފީސް ހުުޫވުމަށް މިއަދުބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.