ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތް އިފްތިތާހުކޮށްފި

ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުން ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތް” އިފްތިތާހު ކޮށްފިއެވެ.

މުބާރާތް އިފްތިތާހު ކުރުމުގެ ގޮތުން ފ. އަތޮޅު ހޮސްޕިޓަލް ރިކްރިއޭޝަން ހޯލުގައި ބޭއްވި ބައްދަލުވުމުގައި އިފްތިތާހު ކޮށްދެއްވީ 2018 ވަނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ނިލަންދޫ ޓީމުގެ ކެޕްޓަން އަޙުމަދު ޢަލީ (ކޭޑީ)އެވެ.

އިޝްތިހާރު Below Header ad

މިބައްދަލުވުމުގައި ނިލަންދޫގައި ޢާންމުގޮތެއްގައި ޙަރަކާތްތެރިވާ ޓީމުތަކުގެ އޮފިޝަލުންނާއި ބައެއް ކުޅުންތެރިން ބައިވެރިވިއެވެ.

ޗެމްޕިއަންޓީމަށް 15000 ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ފަށާ މިމުބާރާތް ޚާއްޞަކޮށްފައިވަނީ ފ. އަތޮޅުގެ ރަށްތަކުގެ ޓީމުތަކަށެވެ.

އެހެން ނަމަވެސް ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 2 ކުޅުންތެރިޔަކު ހިމެނުމަށްވަނީ ފުރުޞަތު ދީފައެވެ.

މިމުބާރާތުގެ މައިގަނޑު މަޤްޞަދެއް ގޮތުގައި އިންތިޒާމު ކުރާފަރާތުން ފާހަގަކޮށްފައިވަނީ ނިލަންދޫއަކީ އަތޮޅުގެ އެންމެ ބޮޑު އާބާދީއަށްވެފައި ރަށުގެ ގިނަ ޒުވާނުންނަކީ ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ބަޔަކަށްވާތީ އެޒުވާނުންނަށް ރަށުގައި ތިބެގެން ވާދަވެރި މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ފ. އަތޮޅުގެ ރަށްތައް ތަމްޘީލުކުރާ ޓީމުތަކުގައި އެރަށްތަކަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ފ. އަތޮޅުގެ އެކިރަށްތަކުގައި އެކިދުވަސްތަކާ ދިމާކޮށް ފުޓްސަލް މުބާރާތްތަށް ރާވާ ހިންގަމުން ދިޔަނަމަވެސް މިފަހަކަށް އައިސް ނިލަންދޫގައި މުބާރާތްތަށް ބޭއްވެމުންދާ ނިސްބަތް މަދުވެފައިވާތީ މިއީ އާފެށުމެއްކަމަށް މުބާރާތް ރާވާ ހިންގާ ފަރާތުންވަނީ މަޢުލޫމާތު ދީފައެވެ.

ނިލަންދޫއަކީ މިހާރުވެސް ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން 2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބުންވަނީ އަތޮޅު މުބާރާތާއި ޒޯން 5 ގެ މުބާރާތް ކާމިޔާބުކޮށް ފައިނަލް ރައުންޑަށް ކޮލިފައިވެ ގަދަ 4 ޓީމުތެރޭގައި ހިމެނި 2018 ވަނަ އަހަރުގެ ޕްރެމިއަރ ލީގުގައި ވާދަކޮށްފައެވެ.

ޓީމުގައި 90އިންސައްތަ ނިލަންދޫ ކުޅުންތެރިން ހިމަނައިގެން ޕްރެމިއަރ ލީގުގައި ވާދަކުރި ޓީމުންވަނީ އެމުބާރާތުގައި އަތޮޅުތެރެއިން ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަކަށްވުމުގެ އިތުރުން އެމުބާރާތުގެ 6 ވަނަ މަޤާމު ޙާޞިލް ކޮށް 2019 ވަނަ އަހަރުގެވެސް ޕްރެމިއަރ ލީގަށް ކޮލިފައިވެފައެވެ.

މިއަހަރުގެ ޕްރެމިއަރ ލީގުގައިވެސް ނިލަންދޫ ސްޕޯރޓްސް ކްލަބުދަނީ ތަމްޘީލު ކުރަމުންނެވެ.

ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.