އުރީދޫ އިން އައްޑޫސިޓީގައި ބާއްވާ ކަލަރ ރަންގެ އެކްސްޕޯ ފަށައިފި

އުރީދޫ އިން އައްޑޫސިޓީގައި ބާއްވާ ކަލަރ ރަންގެ އެކްސްޕޯ ފަށައިފިއެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަސް އައްޑޫ ސިޓީ އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައި މިއަދު މެންދުރު 14:00ން ހަވީރު 18:00އަށް ކުރިއަށްދާ އިރު، ރޭގަނޑު 20:00ން 22:00އަށްވެސް ކުރިއަށްދާނެއެވެ. އަދި އެކްސްޕޯގެ ފަހު ދުވަސް ކަމަށްވާ މާދަމާ މި އެކްސްޕޯ އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ޔޫތް ސެންޓަރުގައި ހެނދުނު 10.00 އަކުން ހަވީރު 18:00އަށެވެ. އަދި ރޭގަނޑު 20:00ން 22:00އަށެވެ.

އިޝްތިހާރު Below Header ad

ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީކާޑު، އަދި ރެޖިސްޓަރ ކުރެއްވިކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި ކިޓްނެންގެވުމަށް، ކިޓް ހަވާލުވާފަރާތުގެ އައިޑީކާޑު، ރެޖިސްޓަރ ކުރެއްވިފަރާތުގެ އައިޑީކޮޕީ އަދި ރެޖިސްޓަރ ކުރެއްވިކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލްރަސީދު ބޭނުންވާނެއެވެ.

އައިޑީކާޑުގެ ބަދަލުގައި އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00ން 18:00އަށެވެ.

އެކުންފުނީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއް ކަން އަންގައިދިނުމެވެ.

އުރީދޫ ކަލަރ ރަންގެ އިތުރުން ހުކުރު ދުވަހު ހެނދުނު ކައިޓް ފެސްޓިވަލް އަދި ހޮނިހިރު ދުވަހު ޓްވިޓްސަރފްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.