ހައްދުންމަތީގައި ބާއްވާ ރިއަލް ބައިބަލާ ޗެލެންޖު މިއަހަރުވެސް ބާއްވަން ނިންމައިފި

ހައްދުންމަތި (ލ. އަތޮޅު)ގައި ކޮންމެ އަހަރެއްގެވެސް އަޟްހާ ޢީދާއިދިމާކޮށް ބާއްވަމުން އަންނަ ބައިބަލާ މުބާރާތް މިއަހަރުވެސް އޮންނާނެކަމަށް އެމުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މިއީ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ލ. ގަމު ރިއަލް އައިލެންޑް ސޮސައިޓީ ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އިޝްތިހާރު Below Header ad

މި މުބާރާތާއިބެހޭގޮތުން ރިއަލް އައިލެންޑް ސޮސައިޓީން ބުނީ މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ބޮޑުޢީދު ބަންދު ހަފްތާ ކަމަށްވާ އޮގަސްޓް މަހުގެ 11 އިން 15 އަށެވެ.

2017 ވަނަ އަހަރުން ފެށިގެން މުޅި ހައްދުންމައްޗަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މި މުބާރާތް ފުރަތަމަ އަހަރު “ސްނޯ އިންވެސްޓްމަންޓް ބައިބަލާ 2017” ގެ ނަމުގައި ބޭއްވިއިރު 2018 ވަނަ އަހަރުގެ މުބާރާތް ބޭއްވީ “ރިއަލް ބައިބަލާ ޗެލެންޖް ” ގެ ނަމުގައެވެ.

މި ދެ އަހަރުގެވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލ. ގަމު މުކުރިމަގު އަންޑަގްރައުންޑެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ ފާއިތުވި ދެއަހަރުވެސް މިމުބާރާތުގައި ހަމައެކަނި ގަމުގެ ޓީމުތައް ބައިވެރިވެފައިވާ އިރު، ފުރަތަމަ އަހަރުގެ މުބާރާތުގައި 8 ޓީމު، އަދި ޖެހިގެން އައި އަހަރު 6 ޓީމު ވާދަކޮށްފައިވާ ކަމަށާއި ނަމަވެސް މިއަހަރުގެ މުބާރާތުގައި މިޢަދަދު އިތުރު ވާނެކަމަށް ލަފާކުރާ ކަމަށެވެ.

މީގެއިތުރުން މިއަހަރުގެ މުބާރާތުގައި ލ. ފޮނަދޫއިން ޓީމެއް ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެސޯސިއޭޝަނާ މަޝްވަރާކޮށް 2010 ވަނަ އަހަރުން ފެށިގެން ރިއަލް އައިލެންޑް ސޮސައިޓީން ގަމުގައި އަވަށު މުބާރާތެއްގެ ގޮތުގައި ބާއްވަން ފެށި މިމުބާރާތް ރަސްމީ ސިފައެއްގައި ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ބާއްވާތާ މިއީ ތިންވަނަ އަހަރެވެ.

މިމުބާރާތުގެ ޤަވާއިދުގައިވާގޮތުން ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު އޮންނާނެއެވެ.

ބައިބަލާ އެސޯސިއޭޝަނުން މިހާރުއަންނަނީ ބައިބަލާގެ ދެ މުބާރާތް ބާއްވަމުންއެވެ. އެއީ ކޮންމެ އަހަރެއްގެ ފިތުރު ޢީދާއި ދިމާކޮށް މާލޭގައި ބާއްވާ ބައިބަލާ މުބާރާތާއި ލ. އަތޮޅުގައި ބާއްވާ މުބާރާތެކެވެ.

އެ އެސޯސިއޭޝަނުން ބުނީ ކުރިއަށްއޮތްތާނގައި މި ޢަދަދު އިތުރުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.