ޕެރޫއިން ބޮލީވިއާ ބަލިކުރި އިރު، ބްރެޒިލް އާއި ވެނެޒުއޭލާއަށް ހަމަހަމަ ނިމުމެއް..

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ޕެރޫ އާއި ބޮލީވިއާ ބައްދަލުކުރި މެޗު 1-3 އިން ޕެރޫ މޮޅުވިއިރު، ބްރެޒިލް އާއި ވެނެޒުއެލާ ބައްދަލުކުރި މެޗު އެއްވެސް ޓީމެއް މޮޅުނުވެ ނިމިއްޖެއެވެ.

ބްރެޒިލް ގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭ ގަޑިން ރޭ ދަންވަރު 02:30 ގައި ކުޅުނު ޕެރޫ އާއި ބޮލީވިއާ މެޗުގައި ލިބުނު ޕެނަލްޓީ އަކުން މާޓިންސް ޖަހައިދިން ލަނޑުން ލީޑުނެގީ ބޮލީވިއާއިންނެވެ.

އިޝްތިހާރު Below Header ad

ނަމަވެސް މި ލީޑުގައި ގާތްގަޑަކަށް 10 ވަރަކަށް މިނެޓު ހިފަހައްޓާލިތަނާ ޕެރޫގެ ގެރޭރޯ ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައެވެ.

ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ ޕެރޫގެ ފްލޮރެސް ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑުނަގައިދީފައެވެ. އަދި މެޗުގެ ފަހު ވަގުތު އެޑިސަން ފްލޯރެސް ވަނީ އިތުރު ލަނޑެއްޖަހާ މެޗުން މޮޅުވުމުގެ އުފާ ހާސިލުކޮށްފައެވެ.

ބްރެޒިލް އާއި ވެނެޒުއެލާ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

މި މެޗުގައި ދެޓީމުންވެސް ހަމަލާތައް އުފެއްދިނަމަވެސް މެޗު ނިމުނީ ނަތީޖާ ވަކިކޮޅަކަށް ބުރަނުވެއެވެ.

މި މުބާރާތުގައި މިރޭ ދަންވަރު ރާއްޖޭ ދަޑިން 02:30 ގައި ކުޅޭނީ ޤަތަރު އަދި ކޮލަމްބިއާ އެވެ. ފަތިހު 05:30 ގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ޕެރަގުއޭއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.