ކޮޕަ އެމެރިކާގެ އެންމެފަހުގެ ޗެމްޕިއަން ޗިލީން ފެށުން ރަނގަޅުކޮށްފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޗިލީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ބްރެޒިލްގައި ކުޅޭ މި މުބާރާތުގައި ރޭ ފަތިހު ކުޅުނު ފުރަތަމަ މެޗު ޗިލީއިން ކާމިޔާބުކުރީ ޖަޕާނާއި ވާދަކޮށް 0-4ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ސައުޕޯލޯގެ މޮރެމްބީ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް އެޓޭކިންގ ގޭމެއް ކުޅުނު އިރު، ޗިލީން ވަނީ ގިނަ ޙަމަލާތަކެއްވެސް ފއިދިކޮޅު ގޯލަށް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 41 ވަނަ މިނެޓުގައި ޖަހައިދިނީ މިޑްފީލްޑަރ އެރިކް ޕުލްގަރ އެވެ.

ދެވަނަ ހާފުގައިވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އަދި ޗިލީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ފަހު ހާފު ފެށިގެން 54 ވަނަ މިނެޓުގައެވެ. މި ލަނޑު ޗިލީއަށް ކާމިޔާބުކޮށްދިނީ ވާގާސްއެވެ.

ޗިލީގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ފޯވަރޑް އެލެކްސިލް ސަންޗޭޒް ޖަހައިދިން އިރު، 83 ވަނަމިނެޓުގައި ޗިލީގެ 4 ވަނަ ލަނޑު ޖެހީ ސަންޗޭޒްގެ ޕާހަކުން ވާގާސް އެވެ.

މި މުބާރާތް ދެފަހަރެއްގެ މަތިން ކާމިޔާބުވެސް ކޮށްފައިވާ ޗިލީ މިއީ މި މުބާރާތުގައި ވާދަކުރާ 39 ވަނަ ފަހަރެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބޮލީވިއާ އާއި ޕެރޫ ވާދަކުރާ އިރު، ދެވަނަ މެޗުގައި ވާދަކުރާނީ ބްރެޒިލް އާއި ވެނެޒުއޭލާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.