އުރުގުއޭ އިން އިކުއޭޑޯ ބަލިކުރި އިރު، ޕެރަގުއޭ އާއި ޤަތަރު މެޗު އެއްވަރު

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޕެރަގުއޭ އާއި ޤަތަރު ބައްދަލުކޮށް އެއްވެސް ޓީމަކަށް ކުރި ނުލިބި ނިމިއްޖެއެވެ.

ބްރެޒިލްގައި ކުޅޭ މި މުބާރާތުގައި ޕެރަގުއޭ އާއި ޤަތަރު ބައްދަލުކުރި މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ.

އިޝްތިހާރު Below Header ad

މެޗު ފެށިގެން 4 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހާ ލީޑުނެގީ ޕެރަގުއޭއެވެ. މި ލަނޑު ޖަހައިދިނީ އޮސްކާ ކާޑޮޒޯއެވެ. ފުރަތަމަ ހާފު މިނަތީޖާގައި ނިންމާލި އިރު، ދެޓީމުންވެސް ދިޔައީ ލަނޑުބޯޑުގައި އަކުރެއް އަޅުވާލެވޭތޯ މަސައްކަތްކުރަމުންނެވެ.

ދެވަނަ ހާފުގައި ޕެރަގުއޭގެ ޑެލިސް ގޮންޒަލްވިސް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އޭނާ މި ލަނޑުޖެހީ 56 ވަނަ މިނެޓުގައެވެ.

މި ލަނޑާއެކު މެޗު ޕެރަގުއޭކޮޅަށް ނިމިގެންދިޔައީކަމަށް ގިނަބަޔަކަށް އުއްމީދުކުރެވުނަސް، ޤަތަރުން ކުރަމުންދިޔަ މަސައްކަތަށް ހިތްވަރުލިބުނީ 68 ވަނަ މިނެޓުގައި ޤަތަރުގެ އަލްމޯސް އަލީ ޖަހައިދިން ލަނޑުންނެވެ. އަދި އެއަށްފަހު، ޤަތަރުގެ އެޓޭކުތައް ވަރުގަދަކޮށް ޕެރަގުއޭއަށް ހިތްދަތިކަން ގެނުވީ 77 ވަނަ މިނެޓުގައި ޖުއާން ރޮޑްރިގޯ ރޮޖަސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ރޭކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އުރުގުއޭ އާއި އިކުއޭޑޯއެވެ. މި މެޗު ފަސޭހަކަމާއެކު 0-4 ލަނޑުން ކާމިޔާބުކުރީ އުރުގުއޭ އިންނެވެ.

މި މެޗުގެ 6 ވަނަ މިނެޓުގައި ނިކޮލަސް ލޮޑްރިއޯ ލަނޑުޖަހާ ލީޑުނެގި އިރު، 33 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެކުރިން 44 ވަނަ މިނެޓުގައި އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ލުއިސް ސުވަރޭޒް ޖަހައިދިން ލަނޑުންނެވެ.

އުރުގުއޭގެ 4 ވަނަ ލަނޑު އަދި 4 ޕޮއިންޓު ޔަގީންކޮށްދިން ލަނޑަކީ 78 ވަނަ މިނެޓުގައި އިކުއޭޑޯގެ އަތުރޯ މިނާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މުބާރާތުގައި މިރޭ ފަތިހު 4 ޖަހާ އިރު ބައްދަލުކުރާނީ ގްރޫޕް ސީގެ ޖަޕާން އަދި ޗިލީއެވެ. މި މެޗު ކުޅޭނީ ސިސެރޯ ޕޮމްޕުއެ ޓޮލެޑޯ ސްޓޭޑިއަމްގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.