ކޮލަމްބިއާއިން ވަރުގަދަ އާޖެންޓީނާ ބަލިކުރި އިރު، ޕެރޫ އާއި ވެނެޒުއޭލާއަށް ހަމަހަމަނިމުމެއް

ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ އާޖެންޓީނާގެ މައްޗަށް 0-2 ލަނޑުން ކުރިހޯދާ ގިނަބަޔަކު ހައިރާންކޮށްލައިފިއެވެ.

ގްރޫޕް ބީގައި ހިމެނޭ މި ދެޓީމުގެ މެޗުގައި ފުރަތަމަ ހާފު ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ފޮންޓެ ނޯވާ އެރޭނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ  ރޮޖަރ މާޓިނޭޒްއެވެ. އަދި ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ޑްވާން ޒަޕަޓާއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ވެނެޒުއޭލާ އާއި ޕެރޫ އެވެ.

ބަލާހިތްވާ ކުޅުމެއް ފެނުނު މި މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތުތައްލިބުނުނަމަވެސް އެރޭނާ ޑެ ގްރެމިއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިރޭވެސް ދެމެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 12ޖަހާ އިރު، ބައްދަލުކުރާނީ ޕެރަގުއޭ އާއި ޤަތަރެވެ. އަދި ދަންވަރު 3 ޖަހާ އިރު ބައްދަލުކުރާނީ އުރުގުއޭ އާއި އިކުއޭޑޯއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.