ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލަށް ފަސޭހަ މޮޅެއް

ބްރެޒިލްގެ ސާއޯ ޕައުލޯގައި ރޭފެށި ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފަސޭހަކާމއެކު ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

އެޓީމުނ ްމި މެޗު ކާމިޔާބުކުރީ ބޮލީވިއާއާ ވާދަކޮށް 0-3 ލަނޑުންނެވެ.

އިޝްތިހާރު Below Header ad

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ބޮލީވިއާގެ ގޯލަށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާލިޔަސް ސްކޯއަށް ބަދަލެއް ގެނެވޭގޮތް ވަނީ ނުވެފައެވެ.

ރާއްޖޭގަޑިން ރޭ ފަތިހު 05:30ގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފަހު ހާފު ފެށިގެން ފުރަތަމަ 5 މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ފިލިޕޭ ކުޓީނިއޯއެވެ. އަދި އެއަށްފަހު ގިނައިރުތަކެއް ނުވެ ކުޓީނިއޯ ވަނީ ދެވަނަ ލަނޑު ޖަހާ ބްރެޒިލްއަށް ލީޑު ފުޅާކޮށްދީފައެވެ.

މިމެޗަކީ ކުޓީނިއޯ ބްރެޒިލްގެ ޤައުމީޓީމަށް ކުޅެދިން 50 ވަނަ މެޗެވެ. އަދި 16 ވަނަ ލަނޑެވެ.

ބްރެޒިލް ޖެހި ތިންވަނަ ލަނޑު އަދި 3 ޕޮއިންޓު ޔަގީންވި ލަނޑު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެވަޓަން ސޫސާ އެވެ. މިއީ އެވަޓަން ސޫސާ ބްރެޒިލްގެ ގައުމީޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި މުބާރާތުގައި މިރޭ ދަންވަރު 12:00 ގައި ބައްދަލުކުރާނީ ވެނެޒުއެލާ އާއި ޕެރޫއެވެ. އަދި ދަންވަރު 03:00 ގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.