# Atoll News > Most recent news ## Posts - [2023 ވަނަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: ބިގް ފިޝް](https://www.atollnews.com/30683/): 2023 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުންޏަކީ ބިގް ފިޝް މޯލްޑިވްސް އެވެ. ބިގް ފިޝް މޯލްޑިވްސް އަކީ ރާއްޖޭގެ މަސްވެރިން ބާނާ ބޮޑުކަންނެލި ޕްރޮސެސްކޮށް، ބޭރުގެ ބާޒާރަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި 2015 ގައި ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ޕްރޮސެސިންގ ފެސިލިޓީ ހުންނަނީ ކ. ހިންމަފުށީގައެވެ. ރަނގަޅު، ވާދަވެރި އަގެއްގައި ޕްރީމިއަމް ގްރޭޑްގެ ކަންނެލި ބާޒާރަށް ފޯރުކޮށްދިނުމަކީ ބިގްފިޝް އިން އެންމެ އިސްކަންދޭ އެއްކަންތަކެވެ. ކ. ހިންމަފުށީގެ ފެސިލިޓީގައި ދުވާލަކު 40 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ޤާއިމުކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ދުވާލަކު 55 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަމާއި، 300 ޓަނުގެ ގަނޑުކުރި މަސް ރައްކާރުކުރުމުގެ ގާބިލުކަމާއި، 17 ޓަނުގެ ބްލާސްޓް ފްރީޒިންގ ކެޕޭސިޓީ ފެސިލިޓީގައި ޤާއިމުކޮށްފައިވެ އެވެ. ބިގް ފިޝް މޯލްޑިވްސް އަކީ މަސް ގަނެ ޕްރޮސެސްކުރުމުގެ ޒަމާނީ އެކިއެކި އައު ވަސީލަތްތައް ތަޢާރުފްކޮށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކުގެ އެކްސްޕޯޓް … - [ބޭސް ފިހާރަތަކުން އާސަންދައަށް ބިލްކުރަނީ އެތައް ގުނައެއް ބޮޑުކޮށް - އޮޑިޓް ރިޕޯޓު](https://www.atollnews.com/30678/): ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާއިރު، ޢާއްމުކޮށް ބާޒާރުގައި ވިއްކާ އަގުތަކަށްވުރެ އެތައް ގުނަ ބޮޑުކޮށް އާސަންދައަށް ބިލްކުރާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައިވަނީ، ބާޒާރުން ލިބެން ހުންނަ އަގަށްވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، ރާއްޖެ އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް ބާޒާރުން ލިބެން ހުރި އަގަށްވުރެ ބޮޑުކޮށް އާސަންދަ ސްކީމުން ހަރަަދުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ބޭނުންކޮށް އުޅޭ 26 ބޭހެއް ބޭސްފިހާރަތަކުން ދޫކުރާ އެންމެ ކުޑަ އަގާއި އާސަންދައިން އެބޭސް ދޫކުރާ އަގާ އަޅާބެލިއިރު، 17 ބޭހެއްގެ އަގު ބާޒާރުން ވިއްކްާ އަގަށްވުރެ ބޮޑުކޮށް ސްކީމް މެދުވެރިކޮށް ދޫކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް ބޭސްވިއްކާ ތަންތަނުން ބޭސްވިއްކާ އެންމެ ކުޑަ އަގަށްވުރެ 63 އިންސައްތައާ ހަމަޔަށްވެސް ބޮޑުކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް ރިޕޯޓްގައި ބުނީ … - [ކެންޑިޑޭޓުންގެ އެޕްލިކޭޝަނަށް އީސީގެ ޕޯޓަލް ހުޅުވާލައިފި](https://www.atollnews.com/30675/): ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް ޕޯޓަލް ހުޅުވާލައިފި އެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށް، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނެ ވަގުތެއް ލިބި، ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ތައްޔާރުވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ އެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެއެވެ. ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް  ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް … - [އިންތިޚާބުގެ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންގެ ތަމްރީނު ޕްރޮގްރާމު ފަށައިފި](https://www.atollnews.com/30670/): މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ “ޓްރެއިނިންގ އޮފް ޓްރެއިނަރސް” (ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) މާލޭ ގައި، މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް … - [އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ޓްރަމްޕް ބުނެފި](https://www.atollnews.com/30667/): އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ. “ސުލްހަވެރިކަމާއެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ބަޑިޖަހާ އަނިޔާވެރިކަމާއެކު އަމަލުކޮށް މީހުން މަރާނަމަ އެމެރިކާއިން އެމީހުންގެ ސަލާމަތަށް ދާނެ. އަހަރެމެން މިތިބީ ދާން ތައްޔާރަށް” ރައީސް ޓްރަމްޕް ވަނީ ބުނެފައެވެ.  އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރުމަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ހިތްވަރުދީ ވާހަކަދައްކާފަ އެވެ. ޓްރަމްޕާއި ނަތަންޔާހޫގެ ވާހަކަތަކުގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އީރާނުގެ އެތެރޭގެ މައްސަލަތަކަށް ބޭރުގެ އެއްވެސް ނުފޫޒެއް ވަނުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، އީރާނުގެ މައްސަލަތައް އީރާނުން ހައްލުކުރާނެ ކަމަށެވެ. - [ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި](https://www.atollnews.com/30656/): ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުންގެ މީޑިއާއިން ހާމަކޮށްފިއެވެ. މީޑިއާތަކަށް އާންމުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ، މި 3 މީހުން ހައްޔަރުކޮށްފައި ވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށާއި، ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، ޢަބްދުﷲ ޙައްސާން (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، ޢަބްދުﷲ ޝާއިފް (25އ) އާއި ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުޙައްމަދު (21އ) ކަމަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތުގައެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އަނެއް … - [ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ރަޖިސްޓަރީކުރުމާއި ވަކިވުން އަވަސް ނިޒާމަކަށް ބަދަލުކޮށްފި](https://www.atollnews.com/30663/): ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން ޢަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ ޙަބަރުގައި މިކަމާއި ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ބުނެފައިވަނީ، މިހާރު އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީ ކުރުމާއި، ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން، އަދި ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުން ހިމެނޭ ކަމަށެވެ. ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުން އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެއެވެ. ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ … - [ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި](https://www.atollnews.com/30659/): އަސްކަރީ ހަމަލާ ދޭނެކަމަށްބުނެ ޓްރަމްޕް ދިން އިންޒާރަށް އީރާނުން ގޮންޖަހައިފި އެވެ އީރާނުން އަސްކަރީ ޤާބިލުކަން އިތުރުކޮށް، މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ ވަރުގަދަ އަސްކަރީ ހަމަލާތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށްބުނެ ޓްރަމްޕް ދިން ހަރުކަށި އިންޒާރަށް ރައްދުދީ އީރާނުން ޓްރަމްޕަށް ގޮންޖަަހައިފި އެވެ.  އީރާނުން ބުނެފައިވަނީ، ޓްރަމްޕްގެ އިންޒާރުގެ އަޑުއިވިއްޖެ ކަމަށާއި، އެފަދަ ހަމަލާއަކަށް އީރާނުން ދޭނީ އެމެރިކާ ހިތާމަކުރަންޖެހޭ ފަދަ ހަރުކަށި ޖަވާބެއް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑްޓްރަމްޕާއި އީރާނުގެ ލީޑަރުންނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހޫނު ހަމަލާތަކާއެކު މަޝްރަޙް ވަރަށް ބޮޑަށް ހޫނުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އީރާނުގެ މިސައިލް ޕްރޮގްރާމާމެދު މަޝްވަރާ ވެސް ނުކުރެވޭނެ ކަމަށާއި، އަސްކަރީ އެއްވެސް ހަމަލާއެއް ދީފިނަމަ މާހަރުކަށި ރައްދެއް ދޭނެކަމަށް  އީރާނުގެ ރައިސް ޕެޒެންސްކިއަން ވަނީ ވައުދުވެވަޑައިގެންފަ އެވެ. - [ރައީސުލްޖުމްހޫރިއްޔާ، ބޭރު ޤައުމުތަކުގެ އިސްވެރިންނަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް މީލާދީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި](https://www.atollnews.com/30646/): ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، ޤައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި‌‌‏ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ، މި ފެށޭ އައު އަހަރަކީ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދާނެ އަހަރަކަށް ވާނެކަމަށް، އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ، ‌‌‏ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް … - [ބ. ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި](https://www.atollnews.com/30653/): ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓައިކް (PV) ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާ (kWh) ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ގާއިމުކުރެވޭނެއެވެ. މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް (CO2) ގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް … - [ހުޅުމާލޭގައި 'ގްރީން ނާސަރީ' ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި](https://www.atollnews.com/30649/): ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ހުޅުމާލޭގައި ‘ގްރީން ނާސަރީ’ އެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުންނެވެ. ހުޅުމާލޭގައި މިފަދަ ނާސަރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ އިތުރަށް ފެހިކޮށް، ތިމާވެއްޓާ ރައްޓެހި މާޙައުލެއް ބިނާކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް ބެލެހެއްޓުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ނާސަރީ ތަރައްޤީވެގެން ދިޔުމާއެކު ހުޅުމާލޭގެ ހިތްގައިމުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް … - [މި އަހަރު ވާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރާނޭ އަހަރަކަށް: ރައީސުލްޖުމްހޫރިއްޔާ](https://www.atollnews.com/30644/): މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރައްވާނޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ޙާޞިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީޚުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ޤާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި … - [ސަރުކާރުން އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް މިންގަނޑުތަކެއް ކަނޑައަޅަނީ](https://www.atollnews.com/30640/): އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އަންނަ އަހަރު އެކި ދާއިރާތަކުން ތަފާތު އަމާޒުތަކަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިންގަނޑުތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ މަޤްޞަދެއްގައި ނިންމަވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަން ރައްޔިތުންނާ ހިއްސާކުރުމުގައި ދިވެހިރާއްޖޭގެ އަޑުފަދަ މީޑިއާތަކުގެ ދައުރު މުހިންމު ކަމަށެވެ. 2040 ވަނަ އަހަރަކީ ދިވެހި ރާއްޖެ ހުރިހާ މާނައެއްގައިވެސް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުން އެއީ މިއަދުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އިޤްތިޞާދީ ފުދުންތެރިކަން އޮތް މިންގަނޑަށް ބަލާއިރު ކޮންމެ ބޮލަކަށް ޖެހޭ އާންމަދަނީ ގާތްގަޑަކަށް ކޮންމެ އަހަރަކު އިޤްތިޞާދީ ކުރިއެރުން %5 އާއި %6ގެ … - [ޞިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް ސޮފްޓްވެއާރތައް ބޭނުންކުރަނީ](https://www.atollnews.com/30637/): ޞިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހަރުދާނާކުރުމަށް އަލަށް ބޭނުން ކުރަންފަށާ ސޮފްޓްވެއާރތައް ތަޢާރަފްކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޕްޓްވެއަރތައ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާމދަމް ޝަރީމް އުމަރެވެ. މިއަދު ލޯންޗް ކުރެއްވި ސްޕްޓްވެއަރތަކުގެ ތެރޭގައި ހިމެނެނީ، އެކި ކަންކަމާއި ގުޅިގެން ޓެކްނިކަލް ސަޕޯޓް ނުވަތަ އެހެނިހެން ސަޕޯޓް ހޯދުމަށް ޞިއްހީ ވުޒާރާއާއި ކުރެވޭ މުއާމަލާތްތައް ޑިޖިޓަލްކޮށް ޓްރެކް ކުރުމާއި، ހެލްތު ސެންޓަރު ތަކުގެ މެޑިކަލް ސްޓޮކް އަދި ބޭހުގެ ސްޓޮކް ޑިޖިޓަލްކޮށް ރިއަލް ޓައިމްގައި ބެލެހެއްޓުމާއި،އިންސާނީ ވަސީލަތްތައް މެނޭޖް ކުރުމަށް ބޭނުންވާ އެޗް.އާރު ސޮފްޓްވެއާއި، ޞިއްހީ ވުޒާރާއާ ހިއްސާ ކުރަންޖެހޭ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހިއްސާ ކުރުމަށާއި ޓްރެކް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްގެ އިތުރުންވެސް ޞިއްޙީ ޚިދުމަތް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ބޭނުންވާ އިތުރު ޓޫލްސްތައް ސޮފްޓްވެއާ ސޫޓްގެ ތެރޭގައިވެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތުގެ އިތުރުން ހެލްތު … - [މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި](https://www.atollnews.com/30633/): ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް ، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް”ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި އަންނަ ޖެނުއަރީ 24 އިން ފެބްރުއަރީ 05 އަށް ކުރިއަށ ްގެންދާ މި ކޯހުގައި ބައިވެރިވެވެނީ ޖުމްލަ 15 ފަރާތަކަށެވެ. އަދި 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯސް ކުރިއަށް ގެންދަނީ މި ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ (އެމްއެމްއާރުއައި) އާއި ގުޅިގެންނެވެ. 11 ޖެނުއަރީ 2026 ގެ ނިޔަލަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. https://www.gazette.gov.mv/iulaan/372837 ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ އެވެ. - ["ރަށުގެ ކުރިމަގު" ގެ ނަމުގައި އީ ސީ އިން ޓިކްޓޮކް މުބާރާތެއް](https://www.atollnews.com/30629/): ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމަށް ހުޅުވާލައިފި އެވެ. 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުމެވެ. މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، އޮންލައިން ފޯމު https://tinyurl.com/TikTokmubaaraaiyRegistration މެދުވެރިކޮށް ރަޖިސްޓަރކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން … - [ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހެޅުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކަށް މަޢުލޫމާތު ދިނުމަށް ބައްދަލުކޮށްފި](https://www.atollnews.com/30626/): ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކޮށް، އޭގެ މައުލޫމާތު ދިނުމަށް ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ. މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) ، ޢަދާލަތު ޕާޓީ (AP) ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި، my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމު ހުށަހަޅާނެ ގޮތާއި، ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި އިންތިޚާބާށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއި، މި ކޮމިޝަން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުން … - [ގުޅީފަޅުން 2751 ގޯތީގެ ރެޖިސްޓްރީ ހައްދައި ޙަވާލުކޮށްފި](https://www.atollnews.com/30623/): ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދީ ނިންމައިފި އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިންވެރިޔާ ސްކީމްގެ ދަށުން ކުރެވެމުންދާ ގުޅީފަޅުގެ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތްތަކުގެ އަދާއިހަމަ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ކުރިން ގިރާވަރުން ގޯތި ލިބިފައިތިބި 1114 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކުރެވިފައިވާއިރު ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް 12 ޖުލައި 2025 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވެ އެވެ. މި މަސައްކަތްތައް މެދުވެރިކޮށް މިހާތަނަށް 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދެވިފައިވާއިރު ބާކީ ތިބި މީހުންގެ ރެޖިސްޓްރީތައް ހަދައި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާނެ އެވެ. - [އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކޮށްފި](https://www.atollnews.com/30620/): އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މިއަދު އިފްތިތާޙްކުރެވުނު އެކްޝަން ޕްލޭނަކީ ވުޒާރާގެ އިން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަން ފާހަގަކޮށްލެވެ އެވެ. ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙަސިލްކުރެވޭނެ މަގުންނެވެ. މިއީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެކެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށްވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާއިރު، އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ … - [މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، އިސްލާމީ ސަޤާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން: ހުކުރު ޚުތުބާ](https://www.atollnews.com/30615/): މި ހަފްތާގެ ހުކުރު ޚުތުބާގައި ބަލާލާފައިވަނީ އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގެ މައްޗަށެވެ. އެގޮތުން އިސްލާމީ ހަޟާރަތަކީ ކޮންއެއްޗެއްކަން ބަޔާންކޮށްދެއްވައި ބުނެފައިވަނީ، އިސްލާމީ ޙަޟާރަތުގެ މާނައަކީ އިސްލާމީ ސަޤާފަތާއި، އުސޫލުތަކާއި، ހަމަތަކުގެމަތީގައި ތިބެ، ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން ހޯދައިފައިވާ ކުރިއެރުންތައް ކަމަށެވެ. އެއީ ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި ފަންނުވެރިކަމުގެ ގޮތުންވިޔަސް، މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތަކެވެ. އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޢަޤީދާއާއި، ޝަރުޢީ، ޙުކުމްތަކާއި، ރިވެތި އަޚްލާޤު ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބިން އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރި ކަމަށާއި، ނަތީޖާއަކީ، މުސްލިމުން ޢުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދުން ކަމަށް ވެސް ބުނެފައިވެއެވެ. މިފަދަ ކުރިއެރުންތަކުގެ މިސާލެއްގެ ގޮތުގައި … - [މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު އިޙުސާން](https://www.atollnews.com/30609/): މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވި ކަމަށެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިވަގުތުވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ … - [އިސްރާއީލުން ހަނގުރާމަ ފަށައިފިނަމަ ދުނިޔޭގެ ޗާޓުން އިސްރާއީލް ފޮހެލާނަން- އީރާން](https://www.atollnews.com/30612/): އީރާނާ ދެކޮޅަށް އިސްރާއީލުން އެއްވެސް ހަނގުރާމައެއް ފަށާނަމަ ދުނިޔޭގެ މެޕުން އިސްރާއީލު ފޮހެލަން ތައްޔާރަށް އޮތް ކަމަށް އީރާނުން ސާފުބަހުން އިއުލާން ކޮށްފި އެވެ. މިފަދަ ހަނގުރާމައެއް ދެން ފަށާނަމަ އީރާނުން ބަދަލުހިފުމުގެ އެންމެ ހަރުކަށި އަދަބު އިސްރާއީލަށް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.  އީރާނާ ދެކޮޅަށް ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.  މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަޙް އިތުރަށް ގޯސްވެ، ބަދަލު ހިފުމުގެ އިންޒާރު ތެހެރާނުން ވެސް ވަނީ ދީފަ އެވެ. - [ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި](https://www.atollnews.com/30606/): މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ. މި ދެ އޮޕަރޭޝަން ވެސް ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި ދެ އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ކުދީނާގެ، އަޔާޒު އާދަމް (26އ) އާއި ރ. ދުވާފަރު / އިހާ، އަބްދުﷲ ނިހާން (26އ) އެވެ. މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ. ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މެހެލް، އަބްދުﷲ ރަޝީދު (40އ) އެވެ. މީނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، ރަބަރު ޕެކެޓަކާއި ފަސް ވޭޕް ފެނިފައިވެއެވެ. މި ދެ މައްސަލައާ … - [ޒުވާނުންގެ ހުނަރު ދައްކާލަން 'ލިޓް ފެސްޓް' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި](https://www.atollnews.com/30603/): ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ ‘ލިޓް ފެސްޓް’ ހަފްތާ ބަންދު (25، 26 އަދި 27) ގައި އޮންނާނެއެވެ. 14-20 އާ ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައި ވެއެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނެއެވެ. މި ފެސްޓިވަލް އިންތިޒާމް ކުރާ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، ފެސްޓިވަލްގެ … - [ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ބައްދަލުކޮށްފި](https://www.atollnews.com/30600/): ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ބައްދަލުކޮށްފި އެވެ. ޕީ.ސީ.ބީ ގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުގައި، ބައިވެރިވަޑައިގެންނެވީ ޕީ.ސީބީގެ ރައީސް މުހައްމަދު އަނަސްއެވެ.އާސަންްދަ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ އެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ، އާސަންދަ ކުންފުނީގެ ނިޒާމުތައް ހަރުދަނާކުރުމާއި، ކުންފުނި ހިންގުމުގެ ކެޕޭސިޓީ ރަނގަޅުކޮށް މުޅި ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. - [މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި](https://www.atollnews.com/30596/): މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި އެ ބޭންކުގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ ( އެން.އެފް.އައި.އެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެން.އެސް.އެފް.އާރ) އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ. ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ … - [ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި](https://www.atollnews.com/30593/): އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ނައްތާލާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފައިވާ 81 ފުޅި ބަނގުރަލާއި 281 ދަޅު ބިޔަރެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެދަށުންނެވެ. - [މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް: ވަޒީރު](https://www.atollnews.com/30590/): މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ޒުވާނުންގެ ގައުމީ ކޮންފަރެންސްގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުންކަމަށާއި މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މުސްތަޤްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަމަށާއި އަދި މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާޢީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަޚްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި ޤައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް މި ވުޒާރާގެ ވަޒީރު ވިދާޅުވިއެވެ. ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ … - [ކ އަތޮޅުގަ އިބަމަ އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފި](https://www.atollnews.com/30587/): މާލެ އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށްދާނީ މާލޭގައެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ޢަމަލީ މަސައްކަތުގެ ބައި ކުރިއަށްދާނީ ކ. އަތޮޅުގެ އެކި ރަށްރަށުގައެވެ. މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތަކުގައި ވަނީ އިބަމައިގެ މެންބަރުންގެ ދައުރާއި، ހިފަހައްޓަންޖެހޭ އަސާސްތަކާއި، ރަނގަޅުގޮތުގައި މުވާސަލާތު ކުރުމާއި، އެކަން ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މުޖުތަމަޢުގައި އަށަގެންފައި ހުންނަ އާދަކާދަތަކާއި އަދި ޤަބޫލުކުރުންތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، މުޖުތަމަޢުގައިވާ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އިބަމަ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލައިފައިވެއެވެ. މި ޕްރޮގްރާމްގައި ކ. އަތޮޅުގެ 09 ރަށުންނާއި، ހުޅުމާލެ ނެއިބަހުޑް ޕޮލިސްއިން ޖުމްލަ 36 ފަރާތެއް ބައިވެރިވެފައިވެއެވެ. - [ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި](https://www.atollnews.com/30577/): ދ.ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ. ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ. - [މަތީ ސާނަވީ ދަރިވަރުންނަށް ތިމާވެށީގެ ދާއިރާގެ ފުރުޞަތުތަކާބެހޭ މައުލޫމާތު ދީފި](https://www.atollnews.com/30573/): ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން، ތިމާވެށީގެ ދާއިރާއިން ލިބިގެންދާ ވަޒީފާގެ ފުރުޞަތުތަކާއި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތަކާބެހޭ މައުލޫމާތު ދިނުމަށް، މާލޭގެ މަޝްހޫރު ދެ ސްކޫލެއް ކަމަށްވާ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން ސެޝަންތަކެއް ބާއްވައިފިއެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ހޭލުންތެރިކުރުވައި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. ވުޒާރާއިން ބޭއްވި މި ސެޝަންތަކުގައި، ތިމާވެށީގެ ދާއިރާގައި ހިމެނޭ އެކި ދިރާސާ ދާއިރާތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި، އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރެވޭނެ ގޮތްތަކާބެހޭ މުހިންމު މައުލޫމާތުތައް ހިއްސާކުރެވުނެވެ. މި ސެޝަންތަކުން ދަރިވަރުންނަށް، ތިމާވެށީގެ ދާއިރާއަކީ މިހާރު ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ އަދި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިފައިވާ ދާއިރާއެއްކަން އޮޅުންފިލައިގެން ދިޔަ އެވެ. ޚާއްސަކޮށް ރާއްޖެއަކީ ކަނޑުގެ ދިރުންތަކާއި ގުދުރަތީ ރީތިކަން މުއްސަނދި ޤައުމެއްކަމުން، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް … - [ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގުނު ޖޮބް ރެޑިނަސް ޕްރޮގްރާމްގެ 2 ވަނަ ބެޗް ކާމިޔާބުކަމާއެކު ނިންމާލާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި](https://www.atollnews.com/30582/): އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން 05 މެއި އިން 02 ނޮވެމްބަރ 2025 ގެނިޔަލަށް ހިންގުނު ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ގެ ދެވަނަ ބެޗް ކާމިޔާބުކަމާއިއެކު ފުރިހަމަކުރި 10 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ޖޮބް-ރެޑިނަސް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ލައިފް ސްކިލް (ޓިއަރ 1) އަދި ޖޮބް ސްކިލްސް (ޓިއަރ 2) ބޭނުންވާނެ ފަރާތްތައް ފާހަގަކޮށް ދެ ބަޔަށް ވަކިން ވަނީ ތަމްރީނު ފޯރުކޮށްދެއްވާފައެވެ. އަދި މި ޕްރޮގްރާމުގެ ބައިވެރިންނަށް މަސައްކަތުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި “އޮން ދަ ޖޮބް ޓްރެއިނިންގ” ގެ ބައެއް ވެސް ވަނީ ކުރިއަށްގެންދެވިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ހުނަރުތަކާއި، އެހެން މީހުންނާއި އެކު ގުޅިގެން އުޅުމާއި މުޢާމަލާތުކުރުމުގެ ހުނަރު ކުރިއަރާފައިވާ ކަމަށާއި، ކުރިއަށްގެންދެވުނު “އޮން ދަ ޖޮބް ޓްރެއިނިންގ” ގައި ބައިވެރިވުން … - [ގަން އެއަރޕޯޓްގައި މޫސުމީ ޚިދުމަތުގެ އާ އިމާރާތް އެޅުމަށް ވެމްކޯއާ އެއްބަސްވުމެއްގައި ސޮއިކޮށްފި](https://www.atollnews.com/30570/): މިއަދު ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މޯލްޑިވްސް މޫސުމާބެހޭ ޚިދުމަތް (މެޓްމޯލްޑިވްސް) ގެ އާ އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މެޓްމޯލްޑިވްސް އަށް ޚާއްސަ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވިފައިވަނީ، ދިވެހިރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގަ އެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ކުރިން އަންގަންޖެހޭ ކަންކަމުގެ ނިޒާމު (Early Warning Framework) އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބަޔެކެވެ. މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. - [ރަސްގެތީމުގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ](https://www.atollnews.com/30567/): ރ. ރަސްގެތީމުގައި 257 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 412 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރިޑްގެ ހަމަޖެހުން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މި ނިޒާމު ހިންގަން ފެށުމާއެކު، ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަހަރަކު 120,794 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި ކޮންމެ އަހަރަކު 296 ޓަނުގެ ކާބަން ޑައިއޮކްސައިޑް (އިމިޝަން) ވައިގެ ތެރެއަށް ބޭރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ވިޝަންގެ ތެރެއިން، 2028 ވަނަ އަހަރާ ހަމައަށް ކަރަންޓު އުފެއްދުމުގެ 33% އާންމުކޮށް އިޔާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި … - [ޢާންމުން ދިރިއުޅޭ ރަށްރަށަކީ ރިސޯޓު ނޫންކަން ދަންނަންވާނެ](https://www.atollnews.com/30564/): ޓޫރިޒަމަކީ މި ރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމުގައި މި ވަނީ ވެފަ އެވެ. މީހުން ނޫޅޭ ރަށްރަށުގައި ރިސޯޓުހަދައިގެން ކުރާން ފެށި މި ވިޔަފާރި، ލޯކަލް ޓޫރިޒަމުގެ ނަމުގައި މީހުން އުޅޭ ރަށްރަށާ ހަމައަށް ތަޢާރަފު ކޮށްދެވީ 2009ވަނަ އަހަރު ވެރިކަމުގައި ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އެވެ. ވަރަށް ގިނަ މީހުން ލޯކަލް ޓޫރިޒަމް ބަލައިގަތީ އާންމު ދިވެހި ރައްޔިތު މީހާއަށް ޓޫރިޒަމް ސެކްޓަރުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ހުޅުއްވައިދެއްވި ތަނަވަސް ދޮރެއްގެ ގޮތުގަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ހަމަހިމޭންކޮށް އޮތް  ކުދިކުދި ރަށްރަށުގައި ބޮޑެތި އުސް އިމާރާތްތައް އުފުލި ރަށު ޖީބުތަކަށް ޑޮލަރު ވަންނަން ފަށައިފިއެވެ. ކަޅާހުދުގެ އަގުމަތި ފައިސާއިން މުޅިރަށަށް ދިރުން ގެނެސްދިނެވެ. މަގުތަކާއި ބާޒާރުތަކުގައި ވިޔަފާރި ޖަގަހަތައް އުފެދި އެ ތަންތަނުގެ ޙަރަކާތްތައް އިތުރުވިއެވެ. ކެފޭ ރެސްޓޯރެންޓުތައް ގިނަވެ ދައުރުވާ ފައިސާގެ ބުރު އަވަސްވެ، އިޤްތިޞާދު ފުޅާވެއްޖެ އެވެ. ހަލުވި ދުވެލީގައި ލިބުނު … - [ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި](https://www.atollnews.com/30560/): މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި އެވެ. ފުވައްމުލަކުގައި ގާއިމް ކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިދެއްވީ އެކަމަށްޓަކާ ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ފެސިލިޓީން ފުވައްމުލައް ރައްޔިތުންނަށް މަސްގަނެ ޕްރޮސެސް ކުރަން ފަށާނެ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ. މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން … - [އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބާއްވާ 2ވަނަ ވޯކިން-އިންޓަރވިއު](https://www.atollnews.com/30556/): ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް 2 ވަނަ ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ޑިސެންބަރު 26 ވާ ހުކުރު ދުވަހު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4 އިން ރޭގަނޑު 10އަށް އަދި ޑިސެންބަރު 27 ވާ ހޮނިހިރު ދުވަހު، ކަލާފާނު ސްކޫލު ގައި ހަވީރު 4 އިން ރޭގަނޑު 10އަށް ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ. ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ. ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، … - [ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި](https://www.atollnews.com/30551/): ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފަ އެވެ. މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފަވާއިރު މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 73000 އަށްވުރެ ގިނަ ވޭޕްގެ ސާމާނާއި 24 މިލިއަން ރުފިޔާގެ ސިނގިރެޓް ސްޓިކް ވަނީ ހިފަހައްޓާފަ އެވެ. ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، … - [ވައިބަރ ހެކްކޮށްގެން ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި](https://www.atollnews.com/30548/): ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މިހާއާއެކު ޖުމްލަ 04 މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ވިދާޅުވީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް … - [ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ސީޕީ](https://www.atollnews.com/30545/): ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ. ސީޕީ މިފަދައިން ވިދާޅުވީ ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމާ ގުޅިގެންނެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެކެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެކެވެ. މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޖިނާއީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ގާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކުށްކުރާ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން އެއްވެސް ޖާގައެއް … - [ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު ޢާންމުކޮށްފި](https://www.atollnews.com/30554/): ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އަދި 41 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ދާއިމީ ރިޕޯޓު ޢާންމުކޮށްފި އެވެ. ދާއިމީ ރިޕޯޓު އާންމުކޮށްފައިވަނީ، މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ތެރޭގައި ލިބިފައިވާ ޝަކުވާތައް ޗެކްކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތަކާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ރަށްތަކުގެ އިންތިޚާބީ ދާއިރާތައް ބަހާފައިވާ ގޮތާއި، ރަށްތަކަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދާއި އަންހެނުންނަށް ޚާއްސަ ގޮނޑި … - [ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި](https://www.atollnews.com/30542/): ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދިޔަ ތަނަކުން ބިދޭސީއެއް ހައްޔަރުކޮށްފި އެވެ. ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް”ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފަ އެވެ. އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް … - [އަދަބީ ހުނަރުތައް ޤައުމާ އެއްކޮޅަށް ބޭނުންކުރުމަށް އިލްތިމާސްކުރައްވައިފި](https://www.atollnews.com/30539/): ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކޮންމެ ކުއްޖަކު ވެސް އެކުދިންނަށް ލިބިފައިވާ އަދަބީ ހުނަރުތައް ދިވެހި ޤައުމާ އެއްކޮޅަށް، ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. މި ޖަލްސާ ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ޞަލާޙުއްދީނު އިސްކޫލުގަ އެވެ. ޖަލްސާގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންގެ މަޒުމޫނު ލިޔުމާއި، ވާހަކަ ދެއްކުމާއި، ޅެންވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދީނީ އަދި ޤައުމީ މަސްލަޙަތު ހިމެނޭ ލިޔުންތައް ލިޔުމަށާއި، ފަސާދައަށް ނޫނެކޭ ބުނުމަށާއި، އުފެއްދުންތެރި ޚިޔާލުތައް އާއްމުކުރުމަށް ގޮވާލައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ނިންމާލައްވަމުން އެދިވަޑައިގަތީ، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔެ، ކޮންމެ ވާހަކައެއް ވެސް ޙަޤީގަތާއި މަސްލަޙަތާއި އެއްގޮތަށް ބުނުމަށެވެ. އަދި، ދަރިވަރުންގެ … - [ނެޝަނަލް ޔޫތު ކޮންފަރެންސް 2025 ފަށައިފި](https://www.atollnews.com/30536/): ނެޝަނަލް ޔޫތު ކޮންފަރެންސް 2025 މިއަދު ފަށައިފި އެވެ. ޔޫތު ހަބްގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައި ޔޫތު ކޮންފަރެންސް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި ދިގު މާޒީއަކަށްފަހު ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯރޑުން އިސްނަގައިގެން ގައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ. ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މި ވުޒާރާ ގުޅިގެން ބާއްވާ މިކޮންފަރެންސްކުރިއަށްދާނީ މިއަދާއި މާދަމާރޭގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގަ އެވެ. މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެ އެވެ. މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް … - [ރާއްޖޭގެ ވައިގެ ދަތުރުފަތުރު](https://www.atollnews.com/30533/): ދިވެހިރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދެއްގައި ރަށްތައް ބެހިފައިވާ ޖަޒީރާ ގައުމަކަށް ވުމުން، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި ވައިގެ ދަތުރުފަތުރަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެކެވެ. އަތޮޅުތަކުގެ މެދުގައި ހުރި ދުރުމިނާއި އެއްގަމު މަގުން ގުޅާލެވެން ނެތުމުގެ ސަބަބުން، ރަށްތަކާއި ފަތުރުވެރިކަމުގެ ސިނާއަތާއި ސިއްހީ ނިޒާމު ގުޅުވައިދޭ އެންމެ މުހިންމު ވަސީލަތަކީ ވައިގެ މަގެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ބިނާވެފައިވަނީ ބައިނަލްއަގުވާމީ އެއަރޕޯޓްތަކާއި، ސަރަހައްދީ އެއަރޕޯޓްތަކުގެ އިތުރުން އެތެރެވަރީގެ ދަތުރުތަކަށް ހާއްސަ ރަންވޭތަކުގެ މައްޗަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ މައި މަރުކަޒު ކަމުގައި ވީނަމަވެސް، އަތޮޅުތަކުގައި ހުރި އެއަރޕޯޓްތަކާއި ސީޕްލޭންގެ ހިދުމަތްތަކުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަކަން މުޅި ރާއްޖެއަށް ވަނީ ފެތުރިފަ އެވެ. އެތެރެވަރީގެ އެއަރލައިންތަކާއި ސީޕްލޭން އޮޕަރޭޓަރުންނަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި ފަތުރުވެރިން މަންޒިލްތަކަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. އާންމު ދަތުރުފަތުރުގެ އިތުރުން، ކުއްލި ސިއްހީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި، ގުދުރަތީ … - [ކޮށި ލޮނުމެދު ބޭސް](https://www.atollnews.com/30530/): ބޭނުންވާތަކެތި 85 ގްރާމް ލޮނުމެދު (ކުދިކޮށް ކޮށާފައި) 50 މިލިލީޓަރު ތެޔޮ(ކަރާސީނު ނުވަތަ ކުކިން އޮއިލް) 10 ލީޓަރު ދިޔާ ސައިބޯނި 950 މިލިލީޓަރު ފެން ބޭސްތައްޔާރު ކުރާނެ ގޮތް: ތެލުގެ ތެރެއަށް ކޮށާފައި ހުރި ލޮނުމެދުކޮޅު އަޅާފައި 24 ގަނޑިއިރު ބަހައްޓާށެވެ. އެއަށް ފަހު މީގެ ތެރެއަށް ފެނާއި ސައިބޯނި އަޅާފައި ގިރާލާށެވެ. ބޭނުންކުރާނެ ގޮތް ތައްޔާރު ކުރި ބޭހުގެ 50 މިލިލީޓަރަށް 950 މިލިލީޓަރުގެ ފެން އަޅައިގެން ސްޕްރޭ ކުރާށެވެ.(ނުވަތަ 1 މަތިގަނޑުގެ ބޭހާއި 9 މަތިގަނޑުގެ ފެން އެއްކުރާށެވެ) މި ބޭހުން ކޮންޓްރޯލް ކުރެވޭނީ އެމެރިކަން ބޮލްވޯމް އާރމީ ވޯމް ރޫޓް ނޮޓް ރެމަޓޯން ބެކްޓީރިއާގެ ބަލިތައް އެންތުރެކްނޯސް ޑަލްނީ މިލްޑިއު ނޯޓް: ގަސްތަކަށް ބޭސް ޖެހުމުގެ ކުރިން، ބޭސްޖަހާ ގަހުގައި ދޮންވެފައިހުރި މޭވާ ނުވަތަ ތަރުކާރީ ކަނޑަން ވާނެއެވެ. - [މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓްގައި އާ އެޕްރަން އިފްތިތާޙުކުރުމާއި ޓަރމިނަލް އިތުރުކުރުމުގެ މަސައްކަތް ފެށުން](https://www.atollnews.com/30527/): މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓްގައި އަލަށް ތަރައްޤީކުރި އެޕްރަން ރަސްމީކޮށް ހުޅުވައި، ޓަރމިނަލް އިތުރުކުރުމުގެ މަސައްކަތް ފެށުމަކީ ރާއްޖޭގެ ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށާއި، އެވިއޭޝަން ދާއިރާގެ އުމްރާނީ ތަރައްޤީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުން ލިބުނު މުހިންމު ކާމިޔާބީއެކެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އާއި، އެވިއޭޝަން ދާއިރާގެ އިސްވެރިންނާއި، ބައިވެރިވި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ. މި ތަރައްޤީތަކުން ދޭހަވަނީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ޚާއްޞަކޮށް ބޭރު އަތޮޅުތަކުގައި ދަތުރުފަތުރުގެ ނިޒާމުގެ ލުއިފަސޭހަކަމާއި، ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވަރުގަދަ ޤައުމީ ސިޔާސަތެވެ. އާކޮށް ހުޅުވުނު އެޕްރަންގެ ސަބަބުން މަތިންދާބޯޓުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެ، ބިމުގެ އޮޕަރޭޝަންތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ. އަދި ބޯޓުތައް އަނބުރާ ދަތުރު ފެށުމަށް ނަގާ ވަގުތު ކުރުވެ، މިހާރު ދިމާވެފައިވާ ޑޮމެސްޓިކް ދަތުރުތަކުގެ ބޮޑު ބޭނުމަށް އެހީތެރިވެދޭނެ އެވެ. މި ކުރިއެރުމުގެ … - [ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން](https://www.atollnews.com/30524/): ދިވެހިރާއްޖޭގެ ދިރިއުޅުމުގެ މައިގަނޑު އަސާސަކީ ކަނޑުގެ ދަތުރުފަތުރެވެ. ސަތޭކައަށްވުރެ ގިނަ ރަށްތަކުގައި ދިރިއުޅޭ މުޖުތަމަޢުތައް ގުޅުވައިދީ، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމަށް އެހީތެރިވެދެނީ މި ނިޒާމުންނެވެ. ފަސިންޖަރުން އުފުލާ ފެރީތަކުން ފެށިގެން މުދާ އުފުލާ އުޅަނދުފަހަރާއި ބަނދަރުގެ ޚިދުމަތްތަކާ ހަމައަށް، އަޅުގަނޑުމެންގެ މައިގަނޑު ދަތުރުފަތުރުގެ މަގެއްގެ ގޮތުގައި ކަނޑު ބޭނުންކުރެވެ އެވެ. އެހެންކަމުން، ޤައުމުގެ ކުރިއެރުމަށްޓަކައި ރައްކާތެރި، އިތުބާރު ހުރި، އަދި އެކަށީގެންވާ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަހަކަށް އައިސް، ރަށްރަށާ ދެމެދު ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމާއި، އިމާރާތްކުރުމުގެ މުހިއްމު ތަކެއްޗާއި އަސާސީ މުދަލަށް އޮންނަ ބޭނުން އިތުރުވުމުގެ ސަބަބުން ކަނޑުގެ ޚިދުމަތްތަކަށް ބާރު ބޮޑުވެފައިވެ އެވެ. މިކަމުގެ ސަބަބުން ކަނޑުމަތީގެ ރައްކާތެރިކަމާއި، އުޅަނދުފަހަރުގެ މިންގަނޑުތައް ރަނގަޅުކުރުމާއި، ބަނދަރުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، މަސައްކަތްކުރުމުގެ އުޞޫލުތައް އިތުރަށް ސާފުކުރުމުގެ މުހިންމުކަން ވަނީ ހާމަވެފައެވެ. މި ދާއިރާތައް ހަރުދަނާކުރުމަކީ ދަތުރުތަކުގައި ލަސްވުން ކުޑަކޮށް، ޚިދުމަތުގެ އިތުބާރު … - [އިމާމުންނާއި ވާޢިޡުންނަށް ތަމްރީންގެ ފުރުސަތު](https://www.atollnews.com/30521/): މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ކުރިއަށްގެންދާ އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޕްރޮގްރާމަކީ، 2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފަ އެވެ. މިސްރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ޢަރަބި ބަހުންނެވެ. އިމާމުންނާއި، ވާއިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް: އުމުރުން 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ޢަރަބި ބަހުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުން މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ބޭފުުޅުންނަށް އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ދަތުރުތައް މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހަމަޖއްސައިދޭނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ https://forms.gle/Wymw5GWLyVE7L4Xu6 މެދުވެރިކޮށެވެ. … - [ރ. އަނގޮޅިތީމުގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ](https://www.atollnews.com/30518/): ރ. އަނގޮޅިތީމުގައި 250 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ އާއި 412 ކިލޯވޮޓް އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް މިހާރު ދަނީ ޤާއިމުކުރަމުންނެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުގެ މަސައްކަތް ނިމި، އަމަލީކޮށް ބޭނުންކުރަން ފެށުމުން، ރ. އަނގޮޅިތީމު ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްލާނެއެވެ. ލަފާކުރެވޭ ގޮތުގައި މި ނިޒާމުގެ ސަބަބުން ކޮންމެ އަހަރަކު 117,697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރަސް އަށް ބޭރުވުން މަދުކުރެވޭނެކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަރައްޤީގެ ރޯޑްމެޕްގައި ހިމެނޭ، 2028 ވަނަ އަހަރުގެ … - [ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ޚިޔާލަށް އެދިއްޖެ](https://www.atollnews.com/30515/): ސަރުކާރުގެ ޚިދުމަތްދޭ ފަރާތަކުން، އެފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އަގުހުރި ހިޔާލުފުޅުތަކަށް އެދިއްޖެއެވެ. މި ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޚިޔާލު ހުށަހެޅުމަށް ޚާއްސަ އޮންލައިން ފޯމެއްވެސް ވަނީ ތައްޔާރުކުރެވިފަ އެވެ. މިކަމާ ގުޅިގެން އެފަރާތުން ބުނެފައިވަނީ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ރައްޔިތުންގެ އަގުހުރި ހިޔާލުފުޅުތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި ޚިދުމަތްތައް ހަރުދަނާކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި، ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އަކީ އެންމެ އިތުބާރުހުރި މަޢުލޫމާތު ކަމުގައި ވެސް އެފަރާތުން ހާމަކުރެއްވި އެވެ. ވީމާ، ޚިދުމަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށްޓަކައި، އެ ފަރާތުން ހުޅުވާލާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހުށަހަޅުއްވައި ދެއްވުން އެދިފައިވެއެވެ. މިފޯމު ފުރުމުގެ މުއްދަތެއް ކަނޑައަޅާފައި ނުވާކަމުން، ރައްޔިތުންނަށް ފަސޭހައިން މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލިބޭ ހިޔާލުތަކަށް ބިނާކޮށް ޚިދުމަތްތަކަށް ބޭނުންވާ ބަދަލުތައް ގެނެސް، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށް … - [ދެވަނަ ފިޔަވަހީގައި ބިނާކުރި "މަސްޖިދުލްއީމާން" ހުކުރު ދުވަހު ހުޅުވަނީ](https://www.atollnews.com/30512/): ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ، މަސްޖިދުލް އީމާން އެވެ. ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި، ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ އަހަރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްލެވެ އެވެ. - [ވެނެޒުއެލާ ކައިރިން ދެވަނަ ބޯޓް އެމެރިކާ ސިފައި ން ފޭރިގަނެފި](https://www.atollnews.com/30508/): ވެނެޒުއެލާ ކައިރިން އެމެރިކާއިން އަތުލައިގަތް ދެވަނަ ބޯޓަކީ ޗައިނާއަށް ނިސްބަތްވާ ބޯޓެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ބޯޓުން 1.8 މިލިއަން ފީފާގެ ވެނެޒުއެލާގެ އެންމެ މަތީ ގްރޭޑްގެ މެރީ 16 ސާފުނުކުރާ ތެޔޮ ހިމެނެ އެވެ. ބޯޓުގެ މިލްކުވެރި ފަރާތަކީ ޗައިނާކަން ކަށަވަރު ނުވި ނަމަވެސް ޗައިނާގެ ވިޔަފާރިވެރިންގެ މުދާ މިއުޅަނދުގައި ގި ަ ޢަދަކަށް ހިމެނެ އެވެ. - [ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން: ސީޕީ](https://www.atollnews.com/30505/): ޤަވާއިދާ ޚިލާފަށް ގެންނަ ކޮންޓްރާބޭންޑް އެންމެ ގިނައިން ގެންގުޅެނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކުށްކުރާ ކަމަށް ބެލެވޭ “ހޮޓް ސްޕޮޓް” ތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާ ކަމަށެވެ. އަދި މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި އޭގެެތެރޭގައި ގިނައީ ކުޑަކުދިންކަން ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ. މިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ އެފަދަ ތަންތަނުން ފެންނަ ކުޑަކުދިންގެ ކުށުގެ ރެކޯޑް ނެތުމުން ނަސޭހަތްދީ ފޮނުވާލާ ކަމަށާއި މިކަމުގައި މައިންބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވެ ދަރިން ގޮސްއުޅޭ ތަންތަން … - [ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި](https://www.atollnews.com/30502/): މިއަހަރުގެ ސްކޫލް ބަންދާއި އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މާލެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކާއި ޗުއްޓީއަށް މާލެ އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ. ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025 – ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް”ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްރެފިކް ޕޮލިސް އާއި އެންޓި ސްކޭމް ސެންޓަރާއި ކްރައިމް ޕްރިވެންޝަން ހިމެނޭހެން 400 ފުލުހުން ވަނީ އެއް ގަޑިއެއްގައި މަގުތަކަށް ނުކުމެ ވީހާވެސް ގިނަ އާންމުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ. މި ޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާލެ ޕޮލިސް އަދި މާލެ ފްރަންޓްލައިން ޕޮލިސިންގގެ އެކި ޑިޕާރޓްމަންޓްތަކުގެ ވެރިން … - [ޒަކާތު ޤާނޫނާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި މަޝްވަރާކޮށްފި](https://www.atollnews.com/30499/): ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޒަކާތު ޤާނޫނު ތަންފީޒު ކުރުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކަމާއި ބެހޭ އިދާރާތަކާއި ބައްދަލުކުރައްވައިފި އެވެ. މިގޮތުން ވަޒީރު ބައްދަލުކުރައްވާފައިވަނީ މޯލްޑިވްސް އިންލެންޑް ވެނިއު އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ އެވެ. މި ބައަދަލުކުރެއްވުން ތަކުގައި ވުޒާރާގެ އިސްވެރިންނާއި އެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފަ އެވެ. މި ބައްދަލުކުރެއްވުންތަކުގައި މި ޤާަނޫނޫ ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. - [ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތު ނަގައިފި](https://www.atollnews.com/30496/): ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ ގޮތުން ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު ގުރުއަތު ނަގައިފި އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ދެމެދު ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގަ އެވެ. ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު މިނިސްޓްރީންވަނީ ހަމަޖައްސާފަ އެވެ. މިހާރު މި މަސައްކަތްތައް ނިންމާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ އެވެ. ތިންވަނަ ފިޔަވަހިން 1650 އަކަފޫޓުގެ 181 ގޯތި އަދި 2050 އަކަފޫޓުގެ 242 ގޯތި ދޫކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި 2450 އަކަފޫޓުގެ 132 ގޯއްޗާއި 2850 އަކަފޫޓުގެ 62 ގޯތީގެ އިތުރުން 3250 އަކަފޫޓުގެ 41 ގޯތިވެސް ދޫކުރުމަށް ކަނޑައެޅިފައިވެ އެވެ. ދޫކުރުމަށް ކަނޑައެޅި ގޯތިތަކުގެ ތެރޭގައި 3650 އަކަފޫޓުގެ 16 … - [ޤައުމީ ތަރައްޤީގައި ދަތުރުފަތުރުގެ ދައުރު](https://www.atollnews.com/30493/): ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމުގައި ދަތުރުފަތުރުގެ ނިޒާމު އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. މި ނިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ގުޅުވައިދީ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދެ އެވެ. ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަޙައްދެއްގައި ރަށްތައް ބެހިފައިވާ ޤައުމަކަށް ވާތީ، ރަށްރަށާއި އަތޮޅުތަކާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކާއި، ފަތުރުވެރިކަމުގެ ހަރަކާތްތަކާއި، ޞިއްޙީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވުމާއި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި އިތުބާރު ހުރި ދަތުރުފަތުރުގެ ގުޅުންތައް ޤާއިމުކުރުން ވަރަށް ބޭނުންތެރި އެވެ. އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމުތަކުގެ ސަބަބުން މުދާ ބާޒާރުތަކަށް ވަގުތަށް ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، އަދި ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެހިގެންދެއެވެ. މީގެ އިތުރުން، މުޖުތަމަޢުތައް ގުޅިފައި ހުރުމަށް ވެސް އެހީތެރިވެދެއެވެ. އެއްގަމު ދަތުރުފަތުރު ނުވަތަ ކަނޑުދަތުރުފަތުރު ނުވަތަ ވައިގެ ދަތުރުފަތުރު ކަމުގައި ވިޔަސް، ރަނގަޅަށް ހިންގޭ ދަތުރުފަތުރުގެ ނެޓްވޯކްތަކަކީ ޤައުމުގެ އިޤްތިޞާދީ ހަރުދަނާކަމާއި ރައްޔިތުންގެ ލާބައަށް ސީދާގޮތެއްގައި އެހީތެރިވެދޭ މުހިންމު ބާރެކެވެ. … - [ށ ފޭދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކަމިޝަންކޮށްފި](https://www.atollnews.com/30490/): ށ. ފޭދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ އަމަލީމސައްކަތް ނިންމައި ޓެސްޓުކޮށް ކަމިޝަންކޮށްފި އެވެ. ށ. ފޭދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކްގެ ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުން އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް … - [އިންޑިއަން އާމީއާއި ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކުވެރިން" ނިންމާލައިފި](https://www.atollnews.com/30486/): އިންޑިއަން އާމީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، “އެކްސަސައިޒް އެކުވެރިން”ގެ 14ވަނަ އެޑިޝަން، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ “އެކްސަސައިޒް އެކުވެރިން”ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 2އިން 16އަށް، 14 ދުވަހުގެ މުއްދަތަށް އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވިއެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް، ޓްރޭނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ. މި އެކްސަސައިޒްގެ ތެރެއިން، ޑިސެންބަރު 13 އަދި 14ގައި ކުރިއަށްގެންދިޔަ ވެލިޑޭޝަން އެކްސަސައިޒްގައި ރެއިޑަކާއި ސީއޭއެސްއޯ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ޑްރޯން ފަދަ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައި ވެއެވެ. މި އެކްސަސައިޒްގެ ވެލިޑޭޝަން އެކްސަސައިޒް ބައްލަވާލެއްވުމަށް … - [ބަޙްރެއިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި](https://www.atollnews.com/30482/): ބަޙްރެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލްޒަޔާނީ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ. މިނިސްޓަރުގެ މެސެޖު: “ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ބަޙްރެއިން ސަރުކާރަށާއި ރައްޔިތުންނަށް، ޤައުމީ ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. ބަޙްރެއިން ގެ މި މުނާސަބާ ރަމްޒުކޮށްދެނީ ބަޙްރެއިންގެ ފަޚުރުވެރި ތާރީޚާއި، ޤައުމީ އެއްބައިވަންތަކަމާއި، ބަޙްރެއިންގެ ވިސްނުންތެރި ލީޑަޝިޕްގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކެވެ. އަދި ސަރަޙައްދީ ތަރައްޤީއާއި އެއްބާރުލުމަށް ބަޙްރެއިންއިން ދެމުން އަންނަ އަހަންމިއްޔަތުކަން ފާހަގަކުރަމެވެ. ބަޙްރެއިން އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ ކުރިއަރަމުން އައިސްފައިވާ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން އެ ގުޅުމުގެ އަގު ނުހަނު ވަޒަންކުރާ ގުޅުމެކެވެ. އަދި މިގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާ ވެގެންދާނޭކަމަށް އަޅުގަޑު ޔަޤީން ކުރަމެވެ. މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް … - [ކޮންޓެންޓް ތައްޔާރުކުރުމުގެ ކަންކަމުގައި މެނޭޖްމަންޓެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ދަސްވެއްޖެ: ވަޒީރު](https://www.atollnews.com/30480/): ކޮންޓެންޓް ތައްޔާރުކުރުމުގެ ކަންކަމުގައި މެނޭޖްމަންޓެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް މި ވަރކްޝޮޕުން ދަސްވެގެން ހިނގައްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެހީތެރިކަމާއެކު މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން، ސިޓީސް މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޑިޖިޓަލް ކޮމިއުނިކޭޝަން އަދި ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާބެހޭ ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ނިމުނު ތަމްރީނު ޕްރޮގުރާމުގެ ސަބަބުން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ފަތުރާ އާންމުކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. މިއަދު ހަވީރު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ … - [އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އޮވެގެން](https://www.atollnews.com/30477/): އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ “އެންޓްރީ ޕާސް” އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެ އެވެ. އީ-ވީޒާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތަކުގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް އިމިްގރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ “އެންޓްރީ ޕާސް” އެއް ލިބިފައިވާ ބިދޭސީއަކަށް ވާން ޖެހެ އެވެ. “އެންޓްރީ ޕާސް” ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ … - [އައިޑީ ކާޑުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި](https://www.atollnews.com/30474/): ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި އެވެ. އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައި.ޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ. ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ. ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާ އެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު … - [ޣައްޒާ އަލުން ބިނާކުރުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އިސްރާޢީލާއި ހަތިޔާރު ފޯރުކޮށްދިން ފަރާތްތަކުން](https://www.atollnews.com/30471/): ޣައްޒާ އަލުން ބިނާކުރުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އިސްރާޢީލާއި ހަތިޔާރު ފޯރުކޮށްދިން ފަރާތްތަކުން ކަމަށް އދ ގެ ފަރާތުން ފަލަސްތީނަށް ކަނޑައަޅާފަ ހުންނަވާ މަންދޫބު ވިދާޅުވެއްޖެ އެވެ. ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ލަންޑަނުގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ފްރާންސެސްކާ އަލްބަނީސް ވިދާޅުވީ، ޣައްޒާގައި ހިނގި ނަސްލު ނައްތާލުމުގައި ބައިވެރިވި މީހުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.  އެކަމަނާ ވިދާޅުވީ ޣައްޒާ އަލުން ބިނާކުރުމުގެ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ހަމައެކަނި އިސްރާއީލުން ނޫން ކަމަށާއި، އިސްރާޢީލަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކުން އެޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ޣައްޒާގެ ނަސްލު ނައްތާލުމަށް އެހީތެރިވެދިން ހުރިހާ ދައުލަތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހޭ ކަމަށެވެ. “ދައުލަތްތަކުން އިސްރާއީލާ ގުޅުން ކަނޑާލަން ޖެހޭ، ގާނޫނާ ހިލާފަށް އަޅުވެތިކަން ދަމަހައްޓާ ދައުލަތަކަށް އެހީތެރިވުން ހުއްޓާލަން ޖެހޭ. ޣައްޒާ އަލުން ބިނާކުރުމަށް އިސްރާއީލާއި، ހަތިޔާރު ފޯރުކޮށްދިން މައިގަނޑު … - [ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން: ހުކުރު ޚުތުބާ](https://www.atollnews.com/30456/): ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. ” މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!” މި މައުޟޫޢުއަށް ގެނެސްދީފައިވާ ޚުތުބާގައި ބުނެފައިވަނީ، ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށާއި، މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނަށް ވީހިންދު އެ ބޭބޭކަލުން ވެސް  މަސައްކަތް ކުރެއްވި ކަމަށެވެ. ޚުތުބާގައި ބުނެފައިވަނީ، އިންސާނުން ދިރިއުޅުމަށް ޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. މަސައްކަތްކުރުމަށް ގޮވައިލައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. “ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން … - [ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ](https://www.atollnews.com/30467/): ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ވަކިގަޑިއެއްގައި ހޭލުމާއި، ގަޑިން ގަޑިއަށް ވަކި ކަންތައްތަކެއް ކުރުމަކީ ހަރުދަނާ ސިފަތައް އަށަގަންނަކަމެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ވަޒީފާގެ … - [ޔޫ.އެން.އީ.އޭ 7 ގެ ހަވާސާގައި ސްޓޭޓް މިނިސްޓަރ ފާއިޒު، 30x30 އަމާޒާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި](https://www.atollnews.com/30464/): ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީ (ޔޫ.އެން.އީ.އޭ 7) ގެ ހަވާސާގައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު، ‘ކެމްޕޭން ފޯރ ނޭޗަރ’ ޖަމްޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ތިމާވެށީގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބޭނުމުގައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް (ކޭ.އެމް.ޖީ.ބީ.އެފް) ގެ 30×30 އަމާޒު ތަންފީޒުކުރުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ހޯދުމާ ގުޅޭގޮތުންނެވެ. ސްޓޭޓް މިނިސްޓަރ ފާއިޒު ވަނީ، ޤުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް ރާއްޖެއިން ދެމުންދާ ސަމާލުކަމާއި، މިކަމަށް ބޭނުންވާ ފައިނޭންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ދައުލަތެއްގެ ގޮތުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ކަނޑުގެ ދިރުންތަކާއި ބިމުގެ ވަށައިގެންވާ މާހައުލު ރައްކާތެރިކުރުން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. ‘ކެމްޕޭން ފޯރ ނޭޗަރ’ އަކީ ދުނިޔޭގެ ފެންވަރުގައި ޤުދުރަތީ މާޙައުލު ރައްކާތެރިކުރުމަށް … - [ޕްރައިމަރީ ތަޢުލީމާއި، ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި “އަރލީ ލާނިންގ” ޕްރޮގްރާމެއް ފަށައިފި!](https://www.atollnews.com/30461/): ޕްރައިމަރީ ތަޢުލީމު ވަރުގަދަކޮށް، ދަރިވަރުންގެ މެދުގައި ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި ބޮއިންގް ކުންފުންޏާއި ރޫމް ޓު ރީޑް ގުޅިގެން ރާއްޖޭގައި “އަރލީ ލާނިންގ” ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ބޮއިންގްގެ މާލީ އެހީތެރިކަމާއެކު، ރޫމް ޓު ރީޑް އާއި ނޭޝަނަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެން، 15 ކުޑަކުދިންގެ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ފޮތްތައް ޑިޖިޓަލްކޮށާއި، ޕްރިންޓްކޮށް، ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިބަސް ކުރިއެރުވުމަށާއި، ‘އަރލީ ގްރޭޑް ލަރނިންގ’ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޕްރޮގްރާމް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ފޮތް ކިޔުމުގެ ވަރުގަދަ ސަގާފަތެއް އުފެއްދުމަކީ ޤައުމީ ތަޢުލީމީ އިސްތިރާޖުގެ މުހިންމު ބައެއް ކަމަށާއި، ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ މި … - [ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުން- ރައީސް](https://www.atollnews.com/30458/): ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ލާމެހިފައިވާކަމަށެވެ. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށާ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް … - [ޙައްޖު ކޮންފަރެންސް 11 ޑިސެންބަރު 2025ގައި](https://www.atollnews.com/30452/): ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ މައުރަޒަކާވެސް އެކުގައެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެ،  އެ ކުންފުނިތަކުންދޭ ޚިދުމަތްތަކުގެ މަޢޫލޫމާތު ޢާއްމުންނާ ޙިއްސާކޮށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. މީގެ ބޭނުމަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަކީ ނުހަނު މާތް އަޅުކަމަކާ ގުޅުން ހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ. ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.   މި … - ["މަސްވެރިންގެ ގުންޒަރު" ފަށައިފި](https://www.atollnews.com/30447/): 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ.ދުވާފަރުގައި ފަށައިފި އެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބާއްވާ މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ. މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވި އެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވި އެވެ. މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް … - [އިލެކްޓްރޯނިކް ކުނީގެ ދިރާސާގެ ހޯދުންތައް އެމް.އެން.ޔޫ. ގައި ހުށަހަޅައިފި](https://www.atollnews.com/30443/): މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގައި ބޭއްވުނު ޚާއްސަ ސެޝަންއެއްގައި، އެފް.ސީ. ފްރިގޭޓަރ (FC Frigator) އިންވަނީ އިހަވަންދިއްޕޮޅުގެ އީ-ވޭސް (އިލެކްޓްރޯނިކް ކުނި) ގެ ބޭސްލައިން އެސެސްމަންޓް އަދި އީ-ވޭސް ރީސައިކަލް ކުރުމުގެ ބާޒާރު ދިރާސާގެ ހޯދުންތައް ހުށަހަޅުއްވާފަ އެވެ. މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ “އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮޖެކްޓް” ގެ ވެށި ކުދި ހިލޭ އެހީގެ ޕްރޮގްރާމުގެ އެހީއާއެކުގައެވެ. ދިރާސާގެ މަސައްކަތްތައް ހިންގާފައިވަނީ ހޯރަފުށި، އުލިގަން، މޮޅަދޫ އަދި ތުރާކުނުގަ އެވެ. އެމް.އެން.ޔޫ. ގައި ބޭއްވުނު މި ސެޝަންގައި، ރާއްޖޭގައި އީ-ވޭސްގެ މައްސަލަތައް ދިމާވާގޮތާއި، މިހާރު ކުނި ނައްތާލާގޮތުގެ އިތުރުން، މި މައްސަލަތައް ހައްލުކުރުމަށް މުޖުތަމަޢާއި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެ އެވެ. މި ދިރާސާއިން ލިބުނު ހޯދުންތަކުގެ ސަބަބުން، ރާއްޖޭގައި ނުރައްކާތެރި ކުނި މެނޭޖްކުރުން ރަނގަޅުކުރުމަށް ކުރިއަށްގެންދާ ގައުމީ މަސައްކަތްތަކަށް މުހިންމު މައުލޫމާތު ލިބިގެންދާނެ … - [މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް: ސްޓޭޓް](https://www.atollnews.com/30441/): ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުން ކުޑަ ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ. ސައިބަރ ހަމަލާތަކަށް ރައްކާތެރިވުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓީމުތަކަށް ތަމްރީނު ދިނުމަށާއި، ކުޑަކުދިން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހުލުވެރިކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އޮންލައިންކޮށް ދިމާވާ ނުރައްކާތަކުންނާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި، އިންޓަރނެޓު މެދުވެރިކޮށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބާރު އެކުދިންނަށް ދިނުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރުން މުހިންމު ކަމަށެވެ. ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އިންޓަނެޓަށް ވަންނައިރު މީގެ ކުރިން ނުދެކޭހާ ބާރު ދުވެއްޔެއްގައި ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނަމުންދާކަން ސްޓޭޓްގެ … - [މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ރ. ދުވާފަރަށް](https://www.atollnews.com/30438/): މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިން ރ. ދުވާފަރަށް ވަޑައިގަންނަވައިފި އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި އެކި އަތޮޅުތަކުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެ އެވެ. މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނަށް ދުވާފަރުން މަރުހަބާ ދެންނެވީ މަސްވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ދުވާފަރު ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްވެރިންނެވެ. މިއަހަރުގެ މަސްވެރިންގެ ގުންޒަރުގައި 20 ރަށަކުން 47 މަސްވެރިންނާ 3 މަސް ޕްރޮސެސްކުރާ ކުންފުންޔަކުން ބައިވެރިވެ އެވެ. - [ނ. މަނަދޫއިން 7 ބައިވެރިން ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް ފުރިހަމަކޮށްފި](https://www.atollnews.com/30435/): ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތަައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އެވެ. މަނަދޫގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް 7 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ. - [ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއެއް ހައްޔަރުކޮށް، އިތުރު 3 ބިދޭސީއަކަށް ނޯޓިސްދީފި](https://www.atollnews.com/30430/): ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއެއް ހައްޔަރުކޮށް، އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފި އެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު އެވެ. ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ. އެވުޒާރާއިން ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިހާރު ކުރިއަށްދާއިރު މި އޮޕަރޭޝަންގެ ތެރެއިން ރޭ ވަނީ ހުޅުމާލެ ފޭސް 1 އިން 4 ތަނެއް ބަލައި ފާސްކޮށްފަ އެވެެ. އަދި މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް … - [ޗައިނާގެ އިންޒާރެއް ޔޫރަޕަށް](https://www.atollnews.com/30426/): 📍ބްރޭކިންގ: ⚡️ރަޝިޔާގެ އެސެޓްތަކަށް އަރައިގަތުން ހުއްޓާލުމަށް އަންގާ ޗައިނާއިން ޔޫރަޕަށް އިންޒާރު ދީފި އެވެ. ޔޫކްރޭނަށް ފައިނޭންސް ކުރުމަށް ފްރީޒްކޮށްފައިވާ ރަޝިޔާގެ އެސެޓްތައް ބޭނުން ކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ހުށަހެޅި ހުށަހެޅުމަށް ޗައިނާއިން ހަރުކަށި ޖަވާބެއް ދީފިއެވެ.  ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ބުނެފައިވަނީ، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި ނުރައްކާތެރި ނަމޫނާއެއް ކަމަށެވެ. ޔޫރަޕުން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އޭގެ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ވެސް ޗައިނާއިން ވަނީ ދީފައެވެ. ލިން ވިދާޅުވީ، ޝައްކެއްވެސްނެތްގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ މާލީ އަދި ބޭންކިން ނިޒާމުގެ އިތުބާރު ގެއްލި، ބައިނަލްއަގްވާމީ ނިޒާމުގެ އިތުބާރު ވެސް ގެއްލިގެންދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ސަމާލުކަން ދޭން ޖެހޭނީ ސުލްހައިގެ މަޝްވަރާތަކަށް ފަހި ޝަރުތުތަކެއް ގާއިމްކޮށް ޓެންޝަންތައް ކުޑަކުރުމަށެވެ. ޔޫރަޕިއަން ކޮމިޝަންގެ ހުށަހެޅުމުގެ މަގުސަދަކީ ޔޫކްރޭނަށް އެހީތެރިވުމަށް ރަޝިޔާގެ ފްރީޒްކޮށްފައިވާ އެސެޓްތަކުގެ … - [ޙަމާސްގެ ހަތިޔާރު ނައްތައެއް ނުލާނަން- ޙަމާސްގެ ލީޑަރ](https://www.atollnews.com/30423/): ޙަމާސްގެ ހަތިޔާރުތައް ނައްތާނުލާނެ ކަމަށާއި ޙަމާސްގައި ބޭރުގެ އެއްވެސް ބާރަކުން ވެރިކަންކުރަން ފުރުސަތު ނުދޭނެ ކަމަށް ހަމާސްގެ ލީޑަރު ޚާލިދު މަޝާލް ވިދާޅުވެއްޖެއެވެ. “އަޅުގަނޑުމެންގެ ހަތިޔާރު ނައްތާލާ، ޣައްޒާގެ ކޮންޓްރޯލް ބޭރުގެ އެއްވެސް ފަރާތަކާ ހަވާލުކުރަން އެއްބަހެއް ނުވެވޭނެ” ޚާލިދު މަޝާލް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ، ޓްރަމްޕްގެ  ސުލްހައިގެ ޕްލޭނަށް ހަމާސް އިން ދެކޮޅު ހަދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ތުރުކީގެ އިސްތަންބޫލްގައި  “ޕްލެޖް ޓު ގުދުސް” ގެ ނަމުގައި ޙަމާސްގެ ލީޑަރު ޚާލިދު މަޝާލް ދެއްވި ޚިޠާބުގައި ވިދާޅުވީ، ޣައްޒާގެ ކޮންޓްރޯލް ބައިނަލްއަޤްވާމީ ބާރަކަށް ދޫކޮށްލުމާއި، ހަމާސްގެ ހަތިޔާރު ހަވާލުކުރުމަށް މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. - [ފަލަސްތީނު ރައްޔިތުން ޣައްޒާއިން ނެރެންކުރާ ކޮންމެ ކަމަކާ ދެކޮޅު - އިސްލާމީ ބައެއް ޤައުމުތައް](https://www.atollnews.com/30420/): ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެން ކުރާ ކަމަކާ ދެކޮޅު ކަމަށް އިސްލާމީ ބޮޑެތި ގައުމުތަކުން ބުނެފި އެވެ. މިސްރު، އުރުދުން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެން އިސްރާއީލުން ކުރާ ކޮންމެ މަސައްކަތަކަށް ދެކޮޅު ހަދައި، ރަފާހު ހުރަސްކުރުން ދެ ފަރާތުން ވެސް ހިންގަން ޖެހޭނެ ކަމަށާއި އެއްވެސް މީހަކަށް އެމީހެއްގެ ބިން ދޫކޮށްލަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އެގައުމުތަކުން ގޮވާލާފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ހަނގުރާމަ ހުއްޓާލުމާއި ޣައްޒާ ހަމައަކަށް އެޅުވުމާއި، އެހީތައް އެއްވެސް ހުރަހެއް ނެތި ވެއްދުމާއި، ޣައްޒާގައި ރިކަވަރީ އަދި ރިކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށެވެ. ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ކަމާގުޅޭ އދ ގެ ގަރާރުތައް ތަންފީޒުކޮށް، އިރުމަތީ ގުދުސް އެއީ ފަލަސްތީނުގެ މިނިވަން ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުތަކުގައި ފަލަސްތީނުގެ … - [އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި](https://www.atollnews.com/30416/): އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މީޑިއާ މައުރަޒު 2025، މިއަދު ހަވީރު ފަށައިފިއެވެ. މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލްއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ. މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ … - [ދުންފަތުގެ އިސްތިޢުމާލުކުރުމީ ބޮޑު އަނިޔާއެއް: ހުކުރު ޚުތުބާ](https://www.atollnews.com/30414/): ދުންފަތުގެ އިސްތިޢުމާލުކުރުމީ، ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެއްކަމަށްހުކުރުޚުތުބާގައިހާމަކޮށްފިއެވެ. މިހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުންތަކާއި ބެހޭގޮތުންނެވެ. އެތޮގުން ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާ ކަމަށާއި، އެހެންނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން، އެ ކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.  ދުންފަތުގެ ސަބަބުން ލިބޭ ސިއްޙީ ގެއްލުންތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައިވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށާއި، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި، ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެއް ކަމަށެވެ.  “އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު … - [ޔޫރަޕުން ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ މަޝްވަރާ ކުރާނެ ބަޔަކު ނުތިބޭނެ - ޕުޓިން](https://www.atollnews.com/30410/): ޔޫރަޕާއެކު ހަނގުރާމަ ކުރުމުގެ ވިސްނުމެއް ރަޝިޔާގައި ނެތް ކަމަށާއި، ނަމަވެސް ޔޫރަޕުން އިސްވެ ހަނގުރާމަ ފަށައިފިނަމަ، ޞުލްޙައިގެ މަޝްވަރާކުރާނެ ބަޔަކުނެތި މުޅި ޔޫރަޕް ފަނާވެދާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ. ހަނގުރާމަ ފަށައިފިނަމަ ރަޝިޔާއިން ނިއުކްލިއަރ ހަމަލާގައި ޔޫރަޕް ފޮހެލާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އިނގިރޭސިވިލާތާއި ފްރާންސަށް ވެސް ނިއުކްލިއާ ހަތިޔާރު ލިބިފައިވާކަން ޕޫޓިން ހަނދާންނެތިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ. އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 225 ވޯހެޑްގެ ނިއުކްލިއާ ސްޓޮކްޕައިލްއެއް ހުރިއިރު، އެބޭނުންކުރާނީ އެގައުމުގެ ޓްރައިޑެންޓް ސަބްމެރިން އިން ފޮނުވާލާ ބެލިސްޓިކް މިސައިލްތަކުގަ އެވެ. ފްރާންސްގައި ގާތްގަނޑަކަށް 290 ވޯހެޑްގެ ސްޓޭބަލް ސްޓޮކްޕައިލްއެއް އޮތްއިރު، އެ ވޯހެޑްތައް ބޭނުންކުރަނީ ސަބްމެރިން އިން ފޮނުވާލާ ބެލިސްޓިކް މިސައިލްތަކާއި ވައިގެ މަގުން ފޮނުވާލާ ކްރޫޒް މިސައިލް މެދުވެރިކޮށެވެ. - [ވެނެޒުއެލާގެ ރައީސް ޤައުމު ދޫކޮށް ދިއުމަށް އެމެރިކާއިން މުހުލަތުދީފި](https://www.atollnews.com/30407/): ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއިލާއާއެކު ވެނެޒުއެލާ ދޫކޮށްލުމަށް ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޓްރަމްޕް މުހުލަތު ދީފި އެވެ. އެގޮތަށް އަމަލުކޮށްފިނަމަ މަޑޫރޯއަށް ރައްކާތެރިކަން ދޭނެކަމަށް ވަނީ ހުށަހަޅާފަ އެވެ. ވެނެޒުއެލާ އާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށައެޅި ޝަރުތުތަކަށް މަޑޫރޯ ވަނީ ދެކޮޅު ހައްދަވާފައެވެ. މިކަމުގެ ސަބަބުން ޓެންޝަންތައް އިތުރުވެ، ޓްރަމްޕް ވަނީ ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދުކަން އިއުލާން ކޮށްފަ އެވެ. އެމެރިކާގެ ޕްރެޝަރާއި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާއިރު، ރައީސް މަޑޫރޯގެ ސްޓޭންޑް ވަނީ ވަރުގަދަވެފައެވެ. އެމެރިކާގެ ބިރުދެއްކުންތަކަށް ބެލުމެއްނެތި ވެނެޒުއެލާގެ ދިފާޢުގަ ފަހުވަގުތާއި ހަމައަށް އަސްކަރީ ކޮމާންޑަރުގެ ގޮތުގައި ދެމިހުންނާނެ ކަމަށް ވަނީ ވަޢުދުވެފަ އެވެ. - [އެމެރިކާގެ އެކުވެރިއަކަށް ވުމަކީ ސަލާމަތް ވެވެންއޮތް ސަބަބެއް ނޫން- އީރާނުގެ ސްޕްރީމް ލީޑަރ](https://www.atollnews.com/30402/): އެމެރިކާގެ އެކުވެރިއަކަށް ވުމަކީ ސަލާމަތް ވެވެންއޮތް ސަބަބެއް ނޫންކަމަށް ވިދާޅުވެއްޖެ އެވެ. އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ އެކުވެރިއަކަށް ވެގެން އެއްވެސް ގައުމަކަށް ސަލާމަތް ވުމަކީ ވާނެކަމެއް ނޫންކަމަށާއި، އެކަން ދުނިޔެ ދަނީ ތަޖުރިބާ ކުރަމުން ކަމަށެވެ.  އެގޮތަށް ސަލާމަތް ވެވޭނެނަމަ މިއަދު އޮންނާނީ ޔޫކްރެއިން ސަލާމަތްވެފައި ކަމަށެވެ. “އެމެރިކާއާ އެކުވެރިކަމުގެ ތެރެއިން ގައުމުތައް ސަލާމަތްވިނަމަ ޔޫކްރޭން މާކުރިން އޮންނާނީ ސަލާމަތްވެފަ” އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ ވިދާޅުވިއެވެ. ސްޕްރީމްލީޑަރ އިތުރަށް ވިދާޅުވީ، އެމެރިކާގެ އެކުވެރިކަމުގެ ތެރެއިން ގައުމެއް ނައްތާލެވުނުނަމަ އީރާން އޮންނާނީ މީގެ އެތައް އަހަރެއް ކުރިން ނިމިގެން ގޮސް ކަމަށެވެ. - [ޣައްޒާގައި އެކުލަވާލާ ބައިނަލްއަޤްވާމީ ފޯސްގައި ބައިވެރިވާން ޝައުޤުވެރިވާ ކަމަށް ޕާކިސްތާނުން ބުނެފި.](https://www.atollnews.com/30398/): ޣައްޒާގައި ޤާއިމްކުރާ ބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްގައި ބައިވެރިވާން ތައްޔާރުކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އިސްހާގު ދާރު ވިދާޅުވެއްޖެ އެވެ. ޕްރައިމް މިނިސްޓަރ ވަނީ، ޣައްޒާގައި ސުލްހަ ގާއިމް ކުރުމުގެ މަސައްކަތްތަކުގައި ޕާކިސްތާނުން ބައިވާން ތައްޔާރު ނަމަވެސް، ހަމާސްގެ ހަތިޔާރު ނައްތާލުމުގައި ޕާކިސްތާނުގެ ސިފައިން ބައިވެރި ނުވާނެ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ.  ނިންމުންތައް ބިނާވެފައި އޮންނާނީ އެ ފޯސްގެ މެންޑޭޓަށް ކަމަށްވާއިރު، އިންޑޮނޭޝިއާ އިން ވެސް ވަނީ، ޞުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިވި ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަތިޔާރު ނައްތާލުމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ. - [އިސްރާއީލުގެ އެތައްހާސް ބަޔަކު ޕޯޗގަލްގެ ރައްވެހިކަމަށްއެދި ހުށައަޅަމުންދަނީ](https://www.atollnews.com/30395/): އިސްރާއީލު ދޫކޮށް އެތައްހާސް ބަޔަކު ޕޯޗްގަލްގެ ރައްވެހިކަން ހޯދުމަށްއެދި ހުށައަޅަމުންދާ ކަމަށް  ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފިއެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައެމަށް މައްސަލަތަކެއް ކުރިމަތިވުމުން، ޓެލް އަވީވްގައި ހުންނަ ޕޯޗުގަލް އެމްބަސީ ކުރިމަތީގައި އެތައްހާސް ބަޔަކު އިއްޔެވަނީ ދިގު ސަފުތަކެއް ހަދާފައެވެ. “ފޯމު ހުށައެޅުމަށް ހެނދުނުން ފެށިގެން އެމްބަސީ ކުރިމަތީގައި ވަނީ ދިގު ލައިންތައް ހަދާފަ. އޮންލައިން ބުކިން ސިސްޓަމްގައި މައްސަލަތަކެއްޖެހުނީ. އެޕޮއިންޓްމަންޓް ހޯދުމަށްއެދި އެމްބަސީގެ އެންޓްރެންސް އިން ފެށިގެން ބިމުގެ އަޑީގައިވާ ޕާކިން އޭރިއާ އަށް ވަނީ ލައިންތައް ހަދާފަ” ޓައިމްސް އޮފް އިސްރާއީލުން ވަނީ ބުނެފައެވެ. - [އިންޑޮނީޝިއާގައި ފެންބޮޑުވެ 303 މީހުން މަރުވެއްޖެ](https://www.atollnews.com/30392/): އިންޑޮނީޝިއާގެ ސުމަޓްރާގައި މޫސުން ގޯސްވެ ފެންބޮޑު ވުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ފާއިތުވި ހަފްތާގައި އެޤައުމަށް އެރި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އިތުރުން ފަރުބަދަ ކަނޑައިގެންގޮސް ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން އަސަރުކޮށްފައިވާ ހިސާބުތަކުން މީހުން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.  އެޤައުމުގެ ޑިސާސްޓަރ މެނޭޖްމަންޓު ސެންތަރުން ބައިނަލްއަޤްވާމީ ނޫސްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ތޫފާނުގެ ސަބަބުން މަރުވިމީހުންގެ އަދަދު 303 އަށް އަރާފައިވިނަމަވެސް، މިއަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތޫފާނުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތާއި، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.  ފަރުބަދަމަތިން ފޭބި ވެއްޔާއި ކިސަޑުގެ ދަށުވެ އަދި ފެންބޮޑު ވުމުގެ ސަބަބަބުން 500 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް … - [ހުޅުމާލެ 3 ސުކޫލެއްގެ މުދައްރިސުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި](https://www.atollnews.com/30388/): ރެހެންދި ސްކޫލް، މުޙައްމަދު ޤާސިމް ޕްރީސްކޫލް, އަދި ޣާޒީ ސްކޫލްގެ މުދައްރިސުންނާ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ. މުދައްރިސުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވި ޖަލްސާގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާ، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ. ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. - [އަރަބި ބަހާއި ގުޅޭ މުބާރާތްތަކެއް އައި.ޔޫ.އެމް އިން ބާއްވައިފި](https://www.atollnews.com/30385/): ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން އެކި އުމުރުފުރައިގެ ދަރިވަރުންނާއިއެކު އަރަބި ބަހާއި ގުޅޭ މުބާރަތްތަކެއް ބާއްވައިފިއެވެ. މި ނޮވެންބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު ޕްރައިމަރީ، ސެކަންޑަރީ ސްކޫލް ދަރިވަރުން އަދ ޔުނިވާސިޓީ ދަރިވަރުން ހިމެނޭހެން އަރަބި ބަހާއި ގުޅޭ ތަފާތު މުބާރަތްތަކެއް ވަނީ ބޭއްވިފައެވެ. މި މުބާރަތްތަކުގައި، އަރަބި ބަހުން ޚިތާބު ދިނުން، މަދަކިޔުން، ވާހަކަ ކިޔުން، އަތުލިޔުން އަދި ޕޯސްޓަރާއި މެގަޒިންތައް ތައްޔާރުކުރުން ފަދަ އެކި ހަރަކާތްތައް ހިމެނޭހެން ދަރިވަރުންގެ މެދުގައި ވަނީ ވާދަކުރެވިފައެވެ. ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްކަށް މިފަދަ މުބާރަތްތަކުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެގޮތުން، އައި.ޔޫ.އެމްގެ ފަރާތުން ކުރިއަށްގެންދިޔަ މި މުބާރާތުގެ ސަބަބުން ދަރިވަރުންނަށް އަރަބި ބަސް ދަސްކުރުމަށް ފަސޭހަވުމާއެކު، މި ބަސް އުނގެނުމަށް ޝައުގުވެރިކަން އުފެދިގެންދިޔުމުގެ އިތުރުން އަރަބި ބަސް އުނގެނުމާއި އުގަންނައިދިނުމުގައި މަސައްކަތްކުރާ ދިވެހިންގެ … - [ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި](https://www.atollnews.com/30382/): މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.   މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މާލެ / ހުޅުމާލެ ފްލެޓް، 03-2-161، މުޙައްމަދު ޝައިޙާން (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެން މިމަހުގެ 29 ވަނަ ދުވަހުއެވެ.   މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.   ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. - [ލޭބަރ އެކޮމޮޑޭޝަންއަކާއި ގައު އެޅުމުގެ މަސައްކަތްކުރަމުންދާ ތަނަކުން 9 މީހުން ހައްޔަރުކޮށްފި](https://www.atollnews.com/30378/): ލޭބަރ އެކޮމޮޑޭޝަންއަކާއި ގައު އެޅުމުގެ މަސައްކަތްކުރަމުންދާ ތަނެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 9 މީހުން ހައްޔަރުކޮށްފިއެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްދާ މަސައްކަތުގައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. އަދި މި އޮޕަރޭޝަނުގައި 9 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަވާއިރު ރޭ ހިންގި އޮޕަރޭޝަނުގައި ލޭބަރ އެކޮމޮޑޭޝަންއަކާއި ގައު އެޅުމުގެ މަސައްކަތްކުރަމުންދާ ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު … - [ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ](https://www.atollnews.com/30375/): ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފި އެވެ. ފުލުހުންގެ ފަރާތުން މީޑީއާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު /  ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ކަމަށެވެ. އަދި 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށާއި، ކުއްޖާ ގެއްލިފައިވާކަން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ފަރާތުން ވަނީ ފަށާފަ އެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައެއް ނުވެއެވެ. އެހެންކަމުން، ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް  އިންވެސްޓިގޭޝަންގެ ނަންބަރު 9113900 … - [ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.](https://www.atollnews.com/30372/): ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. މި ހާދިސާގެ ރިޕޯޓް ރޭ 22:35 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ. - [ކާފު ފޯރަމް 2025 ގައި ދަނޑުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ކުރިޔަށް ގެންގޮސްފި](https://www.atollnews.com/30368/): ކ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތުލުސްދޫގައި ބޭއްވި ކާފު ފޯރަމްގައި، ނޮވެމްބަރު 29 ވަނަ ދުވަހު ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަންފަޅީގައި، ކާފު އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް، ވަނީ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ހިންގާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި ‘ދަނޑުވެރިޔާ ޕޯޓަލް’ ބޭނުންކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ގޭގައި ގަސްހެއްދުމާއި ހައިޑްރޮޕޮނިކްސްއާ ގުޅޭގޮތުން ވެސް ކުރުކޮށް މަޢުލޫމާތު ވަނީ ދީފައެވެ. މި ސެޝަންއަކީ ކ އަތޮޅު ކައުންސސިލުން، ކާފު ފޯރަމް 2025 ގެ ބައެއްގެ ގޮތުގައި “ދަނޑުވެރިކަމާއި ގުޅޭ ” ސެޝަން އެއް ގެންގޮސްދެއްވުމަށް މި ވުޒާރާގައި އެދުމުން ކުރިޔަށް ގެންދިޔަ ދަންފަޅި އެކެވެެ. - [ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާ ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި](https://www.atollnews.com/30364/): ‘ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާ ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ. މި ޑޮކިއުމެންޓަރީއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިންމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބަުން ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބުނު ގޮތް ދައްކުވައިދޭ ޑޮކިއުމެންޓަރީއެކެވެ. މި ޑޮކިއުމެންޓަރީގައި މީގެ ކުރީން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެ ރަށު ކައުންސިލުން ކުރާން ޖެހުނު ޚަރަދާއި އުފުލި ބުރައާއި، މި ކަމުގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާ އެކު ވުޒާރާއިން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބުނު ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާކުރެއެވެ. އަދި އެ ރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް ހިމެނިފައިވާނެއެވެ. ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި … - [ފަލަސްޠީނުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި](https://www.atollnews.com/30361/): ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާއިރު، މި އެއްބައިވަންތަކަން ޙަޤީޤީ އަދި މާނަވީ ޢަމަލުތަކަކަށް ބަދަލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ. 1982 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އައި ނަމަވެސް، މިއަދު މި މުނާސަބާ ވަށާލެވިފައިވަނީ ހިތާމައިގެ އަސަރުތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. އިޒްރޭލުގެ އަނިޔާވެރިކަމާއި، އާބާދު ފުޅާކުރުމުގެ ޣައިރުޤާނޫނީ ޖަރީމާ ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ހާލަތު ދޭހަކޮށްދެނީ ހަމަނުޖެހުންތަކަށް ކުރު މުއްދަތެއްގެ މެދުކެނޑުމަކުން ދާއިމީ ރައްކާތެރިކަމެއް ނުދެވޭނެކަން ކަމުގައި ފާހަގަކުރައްވާފައެވެ. ފަލަސްޠީނުގެ ބިމުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން، ފުރާނަ ގެއްލިދިއުމާއި ގެދޮރު ސުންނާފަތިވެދިއުމުގެ ނުތަނަވަސްކަމަކީ، ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރިމަތިލާ ތަކުލީފުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިފަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޞުލްޙަވެރިކަމަކީ ހަމައެކަނި ހަމަނުޖެހުންތައް ނެތިގެން ދިއުމެއް ނޫންކަމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި … - [ފެންބޮޑު ވުމުގެ ސަބަބުން ސްރީލަންކާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ](https://www.atollnews.com/30357/): ސްރީލަންކާގެ ސައިފަތް ދަނޑުތައް ހިމެނޭ ފަރުބަދަމަތީ ހިސާބެއްކަމަށްވާ ބަޑުއްލާ އަދި ނުވަރައެލިޔާއަށް އެރި ތޫފާން ޑިތުވާގެ ސަބަބުން އެސަރަހައްދުގައި ފެންބޮޑުވެ ފަރުބަދަ ކަނޑައިގެން ދިއުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.  ޚަބަރުތައް ބުނާގޮތުގައި މި ތޫފާނުގެ ސަބަބުން 56 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ. އަދި ފަރުބަދަ ކަނޑައިގެންގޮސް ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، މުދަލާއި ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.  ތޫފާން ޑިތުވާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނި ހުކުރު ދުވަހު ހެނދުނު އިރުމަތި އަދި މެދުތެރޭގެ ސަރަހައްދުތަކަށެވެ. އަދި މި ތޫފާނުގައި ގަޑިއަކު 65 ކިލޯމީޓަރު (ގަޑިއަކު 40 މޭލު) ބާރުމިނުގައި ވައި ޖެހިފައިވެ އެވެ. އެއާއެކު ބޯކޮށް ވާރޭވެހި، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހާއި ދެމެދު 300 މމ ގެ ވާރޭވެހި، 11.8 އިންޗިއަށް ފެންބޯޑުވެފައިވެ އެވެ. ފަރުބަދަތަކުން … - [ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް](https://www.atollnews.com/30354/): ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއް: ހުކުރު ޚުތުބާ  މި ހަފްތާގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ފާހިޝް އަމަލުތަކާއި ދުރުހެލިވުމާއި ބެހޭގޮތުންނެވެ. މި މަޢުޟޫޢުއަށް ބަލާލައި ޙުތުބާގައި ބުނެފައި ވަނީ، الله سُبْحَانَهُ وَتَعَالَى ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށް އަހަރެމެންނަށް އަމުރުކުރައްވާފައި ކަމަށާއި، އަދި އެފަދަ ކަންކަމާ ކައިރި ވެސް ނުވުމަށް އަންގަވައި އަމުރުކުރައްވައިފައިވާ ކަމަށެވެ.  ” އިސްލާމްދީންވަނީ އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވައިފައެވެ. އަދި އެ ފަދަ ކަންކަން ޙަރާމްކުރައްވައިފައެވެ.” ޚުތުބާގައި ވެއެވެ. މިކަމާއި ގުޅޭގޮތުން ވަޙީބަސްފުޅެއްގެ މާނައިގައި ވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވައިފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللهއަށް … - [ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި](https://www.atollnews.com/30351/): ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގައެވެ. ރާއްޖޭގައި ޤާއިމުކުރާ މި ފަދަ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވާފައިވަނީ 2025 ނޮވެންބަރު 20 ވަނަ ދުވަހުއެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި … ## Pages - [Cookie Policy (EU)](https://www.atollnews.com/cookie-policy-eu/) - [Coming Soon](https://www.atollnews.com/coming-soon/) - [ފުރަތަމަ ޞަފްޙާ](https://www.atollnews.com/) - [Sample Page](https://www.atollnews.com/sample-page/): This is an example page. It’s different from a blog post because it will stay in one place and will show up in your site navigation (in most themes). Most people start with an About page that introduces them to potential site visitors. It might say something like this: Hi there! I’m a bike messenger by day, aspiring actor by night, and this is my website. I live in Los Angeles, have a great dog named Jack, and I like piña coladas. (And gettin’ caught in the rain.) …or something like this: The XYZ Doohickey Company was founded in 1971, … - [Homepage](https://www.atollnews.com/home-atoll-news/) - [Front page copy](https://www.atollnews.com/front-page-copy/): [vc_row][vc_column][jnews_hero_13 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0,1″ unique_content=”unique1″][/vc_column][/vc_row] [vc_row][vc_column][jnews_element_header compatible_column_notice=”” header_background=”#dd3333″ first_title=”ޚަބަރު”][/vc_column][/vc_row][vc_row][vc_column] [jnews_element_header compatible_column_notice=”” first_title=”ކޮލަމް” header_line_color=”#f2f2f2″ header_background=”#dd3333″] [/vc_column][/vc_row][vc_row][vc_column][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”78″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ދީން” header_line_color=”#f2f2f2″ header_background=”#dd3333″][/vc_column][/vc_row][vc_row][vc_column][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”8″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ކުޅިވަރު” header_background=”#dd3333″][/vc_column][/vc_row][vc_row][vc_column][jnews_hero_5 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0″ include_category=”30″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”އަދަބިއްޔާތު” header_background=”#dd3333″][/vc_column][/vc_row][vc_row][vc_column][jnews_block_22 compatible_column_notice=”” number_post=”4″ post_offset=”0″ include_category=”17″][/vc_column][/vc_row][vc_column][vc_row_inner][vc_column_inner][/vc_column_inner][/vc_row_inner][/vc_column - [ދީނުގެ މަގު](https://www.atollnews.com/%de%8b%de%a9%de%82%de%aa%de%8e%de%ac-%de%89%de%a6%de%8e%de%aa/): ޢަދަދު 09 ޢަދަދު 08 ޢަދަދު 07 ޢަދަދު 06 ޢަދަދު 05 ޢަދަދު 04 ޢަދަދު 03 ޢަދަދު 02 ޢަދަދު 01 - [](https://www.atollnews.com/index/): [vc_row][vc_column][jnews_hero_13 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0″][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” header_background=”#dd3333″ first_title=”ޚަބަރު”][jnews_block_22 compatible_column_notice=”” number_post=”8″ post_offset=”0″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ކޮލަމް” header_line_color=”#f2f2f2″ header_background=”#dd3333″][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”78″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ދީން” header_line_color=”#f2f2f2″ header_background=”#dd3333″][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”8″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ކުޅިވަރު” header_background=”#dd3333″][jnews_hero_5 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0″ include_category=”30″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”އަދަބިއްޔާތު” header_background=”#dd3333″][jnews_block_22 compatible_column_notice=”” number_post=”4″ post_offset=”0″ include_category=”17″][/vc_column][/vc_row][vc_column][vc_row_inner][vc_column_inner][/vc_column_inner][/vc_row_inner][/vc_column] - [](https://www.atollnews.com/index-2/): [vc_row][vc_column][jnews_hero_13 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0″][/vc_column][/vc_row][vc_row][vc_column][vc_column_text] [/vc_column_text][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” header_background=”#dd3333″ first_title=”ޚަބަރު”][jnews_block_22 compatible_column_notice=”” number_post=”8″ post_offset=”0″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ކޮލަމް” header_line_color=”#f2f2f2″ header_background=”#dd3333″][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”78″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ދީން” header_line_color=”#f2f2f2″ header_background=”#dd3333″][jnews_carousel_1 compatible_column_notice=”” number_item=”3″ margin=”20″ number_post=”5″ post_offset=”0″ include_category=”8″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”ކުޅިވަރު” header_background=”#dd3333″][jnews_hero_5 compatible_column_notice=”” hero_margin=”0″ content_filter_number_alert=”” post_offset=”0″ include_category=”30″][/vc_column][/vc_row][vc_row][vc_column][jnews_element_header compatible_column_notice=”” first_title=”އަދަބިއްޔާތު” header_background=”#dd3333″][jnews_block_22 compatible_column_notice=”” number_post=”4″ post_offset=”0″ include_category=”17″][/vc_column][/vc_row][vc_column][vc_row_inner][vc_column_inner][/vc_column_inner][/vc_row_inner][/vc_column] - [https://web.facebook.com/atollnews](https://www.atollnews.com/https-web-facebook-com-atollnews/): [ultimate-faqs] - [viber](https://www.atollnews.com/viber/) - [ގުޅުއްވާ](https://www.atollnews.com/contactus/): Contact 7239333 [comment]: # (Generated by Hostinger Tools Plugin)