ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ގެޒެޓް ކޮށްފިއެވެ.

ފުލުހުންގެ “ޕޮލިސް ރެކްރޫޓް” ގެ މަޤާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިޝްތިހާރު Below Header ad

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ސާނަވީ ތައުލީމުގެ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނު އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވުމާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވައިވާ ފަރާތަކަށް ވާންޖެހެއެވެ. އެގޮތުން މި ޝަރުތު ހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 3 އިންޗި އަދި އަންހެން ނަމަ 5 ފޫޓް އިސްކޮޅުގައި ހަމަވާންޖެހެއެވެ.

ހަމައެއާއެކު ޖީ.ސީ.އީ އޯލެވަލް އިމްތިހާނުގެ ހަތަރު މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވުން ނުވަތަ އެޗް.އެސް.ސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލް ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިޝަރުތުތައް ހަވަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 1 އިންޗި ހަމަވުމާއި އަންހެން ނަމަ 4 ފޫޓް 8 އިންޗި އިސްކޮޅުގައި ހަމަވާންޖެހެއެވެ.

މީގެއިތުރުން ސާނަވީ ތައުލީމު ފުރިހަމަކުރުމާއެކު ފިޒިކަލް ފިޓްނެސް އެފަރާތެއްގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ހާއްސަގޮތެއްގައި ބެލެވޭ މިންގަނޑުގެ ތެރެއިން ފާސްވުމާއެކު ފިރިހެނުން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެނުން އިސްކޮޅުގައި 5 ފޫޓް  3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައި ވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކުރާ ރެކްރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

cops

މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންކަމުގެ ތެރޭގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކާއި މީހުން ހޮވުމުގައި ކުރިއަށް ގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ގާނޫނީ ގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި  ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނާއި ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި ފުލުހުންގެ މުއައްސަސާގެ ހިދުމަތް އަލަށް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެސެސްމަންޓް ނުވަތަ ޓެސްޓުތަކުން ފާސްވާންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތާއެކު 2022 މެއި 22 ދުވަހު 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުންގެ ފަރާތުން ވަނީ އެދިފައެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށް ކަމަށް ވެސް އެފަރާތުން ހާމަކޮށްފައި ވެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.