ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލު ކޮށްފި

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީސީސީ) އާއި މިއަދު ހަވާލު ކޮށްފިއެވެ.

މިކަމަށް ޓަކައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްތްރަކްޗަރ ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމް.ޓީ.ސީ.ސީގެ ފަރާތުން އެގްރިމެންޓުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޝިލް އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނެންޓް ސެކެޓްރީ އަލްފާޟިލާ ޒީނިޔާ އަހްމަދު ޙަމީދެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫޢުގެ ދަށުން ، ބަނދަރު ފުންކުރުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 162 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 65 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، އަދި 36.1663 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން، އަދި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 12.45 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައި ވަނީ 420 ދުވަހުގެ ތެރޭގައެވެ.

mtcc 5

މީގެ އިތުރުން ރ. ކިނޮޅަސް ބަނދަރުގެ ނެރުމައްޗަށް ފަސްއަރައި އުޅަނދު ފަހަރަށް ވަދެނިކުތުމަށް ދަތިވާވަރަށް ނެރު ބެދިފައިވުމުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމާއެކު، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، 10 އޮކްޓޯބަރ 2021ގައި އެމް.ޓީ.ސީ.ސީގެ ޓީމް، މެޝިނަރީޒް އާއެކު ރ. ކިނޮޅަހަށް މޮބިލައިޒް ކޮށް، ކިނޮޅަސް ބަނދަރާއި ނެރު ވަނީ ފުންކޮށްފައެވެ. އަދި ބަނދަރު ތެރެއަށާއި ނެރުމައްޗަށް ވެލި އެރުން ކުޑަކުރުމަށްޓަކައި އެސަރަހައްދުގައި ގްރޮއިން ޖަހައި އެ މައްސަލައަށް ވަގުތީހައްލެއް ހޯދައިދިނުމުގެ މަސައްކަތް 27 އޮކްޓޯބަރ 2021 ގައި ވަނީ ނިންމާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.