ކޮޕް26ގެ ވަށްމޭޒު ބައްދަލުވުމުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

ކޮޕް26ގެ ހަވާސާގައި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައިވެރިވެވަޑައިގެންފި އެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ ‘ކްލައިމެޓް ފައިނޭންސިންގ ‘ އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އަދި އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކުދި ޖަޒީރާ ރަށްތަކުން އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއްގޮތަށް ފާހަގަކުރައްވާ އެކަން ޙައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން މިބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަންކަމާއިމެދުވެސް މަޝްވަރާކުރައްވާފަ އެވެ.

އިޝްތިހާރު Below Header ad

ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީންބައިވެރިވެވަޑައިގެންނެވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.