ޒަމާން ތަކަކަށް ފަހު ނޮވެމްބަރ 3 ގެ ޝަހީދުންގެ ޤަބުރުސްތާން ސާފުކޮށްފި

އެތައް ޒަމާނެއް ވަންދެން އަޅާނުލާ އޮތުމަށް ފަހު ނޮވެމްބަރ 3 ގެ އުދުވާނީ ނިރުބަވެރި ހަމަލާގައި ޝަހީދުވި ހިތްވަރުގަދަ ބަތަލުންގެ މަހާނަތައް ސިޓީ ކައުންސިލުން މިއަދު ސާފުކޮށްފި އެވެ.

މިކަން ހާމާކުރައްވާއި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ،” ނޮވެމްބަރ 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ، ވީރާނާވެފައިވާތީ، އެތަން ސާފުކޮށް ރީތިކުރުން ކުރިޔަށްދަނީ.” ކަމަށެވެ.

އިޝްތިހާރު Below Header ad

wqaburu

އެގޮތުން ސިޓީ ކައުންސިލުން ވަނީ ޝަހީދުންގެ ޤަބުރުސްތާނުގައި އައު ވެލި ލާފަ އެވެ. އަދި މަހާނަތަކާއި ވަށައިގެންވާ ފާރުބުރީގައި ކުލަވެސް ލާފަ އެވެ.

ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލައި ވެރިކަމަށް އިސްވުމަށް ތަމަޅަ ޓައިގަރުންގެ 80 މީހުންނާއެކު ބާޣީ އަބްދުﷲ ލުތުފީ އިސްވެހުރެ ރާއްޖެއަށް ހަމަލާ ދީފައިވަނީ 3 ނޮވެމްބަރ 1988 ގަ އެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ 11 މީހުން ޝަހީދު ކޮށްލައި، 39 މީހުން ޒަޚަމް ކޮށްލާފައިވެއެވެ. ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ދިވެހި ދިފާއީ ބާރުގެ 8 ބޭފުޅުން ހިމެނެ އެވެ.

މީގެ އިތުރުން އެދުވަހުގެ ބާޣީން ވަނީ 27 މީހުން ރަހީނުކޮށް ކަނޑުމަގުން ފިލަން ވެސް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ދެފަރާތުން ހަމަލާ ބަދަލު ކުރަން ފެށުމުން ބާޣީން ވަނީ އަމާންދީފައެވެ. އެދުވަހު ރަހީނު ކުރި މީހުންގެތެރޭއިން 20 މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.

ނޮވެމްބަރ 3 ގެ އުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތް ކޮށްފައިވަނީ އިންޑިޔާގެ އެހީއާއެކުއެވެ. ޙަމަލާދޭން ފެށުމުން އެކި ޤައުމުތަކުން އެހީއަށް އެދުމުން، އެންމެ އަވަހަށް އެހީ ފޯރުކޮށްދީފައި ވަނީ އަވައްޓެރި އިންޑިޔާއިންނެވެ.

މި ޙަމަލާއަށް ފަހު ހައްޔަރުކުރި ދިވެހިންގެ ގިނަ މީހުން މިހާރުވަނީ ޖަލު ހުކުމްގެ މުއްދަތު ހަމަވުމުން މިނިވަންވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.