ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް އިލްތިމާޒް ކޮށްފި

މާލޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އާންމުން ނުދިއުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސް ކޮށްފި އެވެ.
އެ މިނިސްޓްރީއިން އެދިފައި ވަނީ، އާންމު ފަރުދުންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި، މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށެވެ.
މިގެ އިތުރުން ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ އަންގާފައެވެ.
އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް، ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް މިނިސްޓްރީގެ ޓްވީޓްގައި ވަނީ ބުނެފައެވެ.
އާންމުންގެ ރައްކާތެރިކަމަށް ޓަކައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ނުދިއުމަށް ހެލްތުން އަންގާފައިވާއިރު، އާލިފާނގަނޑު މިހާރު ނިއްވާލާފައި ާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.